ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި އަމުރުތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ތ.މަޑިފުށި، އަސްރަފީގެ، އަޙްމަދު ތަޤިއްޔު (25އ) އާއި ޏ.ފުވައްމުލައް، ރޯޅި، އަޙްމަދު މުޙައްމަދު، (47އ) އާއި ބ.ދަރަވަންދޫ، އަކިރި، މުޙައްމަދު ޙާފިޘް (47އ) އަދި މާލެ، ދަފްތަރު ނަންބަރު 7275، ޢަބްދުﷲ ނަޞީރު (48އ) އެވެ.

މިތިން މީހުންގެ ތެރެއިން އަޙްމަދު ތަޤިއްޔު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 25 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަޙްމަދު މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 25 ވަނަ ދުވަހުގެ 13:45 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މީގެއިތުރުން މުޙައްމަދު ޙާފިޘް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 25 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަދި ޢަބްދުﷲ ނަޞީރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 25 ވަނަ ދުވަހުގެ 14:30 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ ހަތަރު މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.