އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދީފައިވާ ބިންތައް ނަގާފައިވަނީ ރައްޔިތުން ނިކަމެތި ކުރުމުގެ ގޮތުން ކަމަށް އެސިޓީގެ ރައްޔިތުން ބުނެފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ކައުންސިލުން އެގޮތަށް ނިންމާފައިވަނީ އޭއީއެޗް ހިމެނޭ ސަރަހައްދަކީ އެސިޓީގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމުން ހޮސްޕިޓަލްގެ ބޭނުމަށާއި އާއްމު އެހެން ބޭނުންތަކަށް ބިން ބޭނުންވާކަން ފާހަގަ ކުރައްވައެވެ.
ކައުންސިލުން ބުނެފައިވަނީ، އެސަރަހައްދުގައި ހުރި އާއްމު ރައްޔިތުންގެ ބިން އެހެން ތަނަކަށް ބަދަލު ކުރެވޭނެ ކަމަށާއި އެހެން ކަމުން ބަދަލުގައި ދެވޭ ގޯތިތައް ވަގުތުން އެގޯތީގެ ވެރި ފަރާތާއި ހަވާލު ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލުން މިފަދަ ނިންމުމެއް ރައްޔިތުންނާއި މަޝްވަރާ ނުކޮށް ނިންމާފައިވާތީ އެރަށުގެ ރައްޔިތުން ވަނީ ކައުންސިލާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެފަދަ ނިންމުމެއް ކައުންސިލުން ނިންމާފައިވަނީ ރައްޔިތުން ނިކަމެތިކޮށްލުމަށް ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން އެސިޓީން ވާހަކަ ދެއްކި، އެސަރަހައްދުން ބިމެއް ލިބިފައިވާ މީހަކު ބުނީ، އިމާރާތްތައް އަޅާ އެތަނަށް މީހުން ވަންނަ ހިސާބަތް ދިއުމުން ކޮންމެ ވެސް ބަހަނާއެއް ދައްކަން އާއްމު ރައްޔިތުން ކޮށްފައިވާ ބުރަ މަސައްކަތް ފެނަށް ދުއްވާލަން ކައުންސިލުން ނިންމި ނިންމުން ކުއްވެރި ކުރާ ކަމަށެވެ.
އެކަމާއި ގުޅިގެން މިވަގުތު ކައުންސިލްގައި ތިބި މެމްބަރުންނާއި ވާހަކަ ދެއްކުން އަޑު އިވިގެން ދިޔައީ އުއްމީދު ނުކުރާ ކަހަލަ ވާހަކައެއް ކަމެއް އޭނާ ވަނީ ބުނެފައެވެ.
"ގުޅީމާ ބުނީ، ކުރީގެ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށް އެއީ. ސިފަ ކުރެއްވީ ކުރީގެ ކައުންސިލުން ބާރުގެ ބޭނުންކޮށް، ހިންގި ކޮރަޕްޝަންގެ އަމަލެއް ކަމަށް. އެހެން ކަމުން އެކަން މި ކައުންސިލުން ރަނގަޅު ކުރަނީ ކަމަށް."
އޭނާ ބުނީ، މިހާރު ކައުންސިލާއި ހަވާލުވެގެން ތިބި މެމްބަރުން އެގޮތަށް ބުނެފައިވަނީ އެމީހުންގެ ބޮލުން އެކަން ފައްސާލަން ކަމަށާއި އެގޮތަށް ބުނުމުން ރައްޔިތުން ހެއްލި ކުރީގެ ކައުންސިލް ކުއްވެރި ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ އެކަން ހިނގާދިޔަ ގޮތް ނޫން ކަން އެފަރާތްތަކުން ވަނީ ބުނެފައެވެ.
"ވަގުތު" އަށް ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެމައްސަލާގައި ސިޓީގެ ރައްޔިތުން އަޑުގަދަ ކުރަމުން އަންނައިރު، މިވަގުތު ރައްޔިތުންގެ މަޖިލީހަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް އެމައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށާއި ރައްޔިތުންނަށް ބިން ލިބެންއޮތް ގޮތަކަށް އެމަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރު އެސިޓިގެ ރައްޔިތުން ވަނީ ކައުންސިލްގެ މެމްބަރުންނާއި މޭޔަރު ޒިންމާދާރު ކުރުމަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އޭއީއެޗް ވަށައިގެން ހުރި ހުރިހާ ބިންތައް ކައުންސިލަށް ނަގަން ނިންމި ކަމަށް ކައުންސިލުން ބުނެފައިވީނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލްގެ ދެކުނަށް ހުންނަ އިމަޖެންސީ ފަޅީގައި ހުރި ގާޑިޔާތަކާއި ބިންތައް ކައުންސިލަށް ނުނެގުމަށް ވަނީ ނިންމާފައެވެ.
އެގޮތަށް ނިންމާފައިވަނީ އެތަންތަނަކީ އެއީ ކައުންސިލުގައި ތިބި ބައެއް މެމްބަރުންނާއި ގާތްތިމާގެ ރަހުމަތްތެރިންގެ ތަންތަނަށްވާތީ އެފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީއެވެ.
"ސީދާ އަޅުގަނޑު ގުޅީމަ ނިޒާރު ބުނީ، އެތަންތަން ނުނަގާނޭ. އަނެއް ދެފަޅިން ކަމަށް ނަގާނީ. އަނެއް ދެފަޅީގައި އެތިބީ ނިކަމެތި ރައްޔިތުންނަށް 2016 ވަނަ އަހަރު ލިބުނު ބިންތައް. އެތަންތަނުން ވެސް ބައެއް ބިންތައް ނަގާނެ ކަމަށް ބުނީ. އެކަމަކު އިއުލާނުގައި ހުރީ ހުރިހާ ބިމެއް ނަގާނެއޭ. އެތަންތަން ނަގައި ދެކުނަށް އޮންނަ ފަޅީގައި ހުރި ބިންތައް ނުނަގަނީ ސީދާ އެމީހުންގެ ގާތްތިމާގެ ރަހުމަތްތެރިންގެ ތަންތަން ވީމަ"
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހޮސްޕިޓަލް ސަރަހައްދު ވެގެން ދަނީ ވަރަށް ބާރުބޮޑު ސަރަހައްދަކަށް ކަމަށާއި އެތަނުގައި އިމާރާތްތަށް އަޅަން ފަށައިފިނަމަ، ކަންކަން މަތިން އަނބުރާލާއިރު ނުފެންނާނެ ކަމަށެވެ.
އަދި އެތަނުން ބިންދީފައިވާ ބައެއް ފަރާތްތަކުން އެތަނުގައި އަޅާފައި އޮންނަ ޕޭވްމެންޓް ނަގައި ބިން ހަމަކުރަން މަސައްކަތް ކުރާކަން ވެސް ނިޒާރު ވަނީ ފާހަގަ ކޮށްފައެވެ.
ނިޒާރު ވިދާޅުވީ، ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ކުރަން ބަލާއިރު، ވަށައިގެން އެކަން ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ކުރިން ކައުންސިލް ބިން ދޫކޮށްފައިވަނީ އެއްވެސް ޖާގައެއް ނެތް ގޮތަކަށް ކަމަށެވެ.
ބަލަ އެއީ ހަމަ ތިބުނާ އައްޑޫ ރައްޔަތުން މެޖޯރިޓީ ދީފައިވާ ކައުންސިލް އެކޭ. ދެން މިއަދު ކީކޭ ކިޔާކަށް . ދެން ތިބެލާ އައްޑޫ ރައްޔަތުން ގުނބޯ ހެދިފަ.
އައްޑޫ މީހުން ރޯނެ ކަމެއްނެތް!! ތިމީހަކު ހޮވީ ހަމަ އައޑޫ މީހުން!! އެމްޑީޕީތަ؟ ދުވަހަކުވެސް ރަގަނޅެއްނުވާނެ!! އަދިވެސް ހުރިހާ ގެއެއްގެ ފާރުގަައި ރީނދޫ ކުލަ ލައިގެންތިބޭ!! ރޯނެ ކަމެއްނެތް!! ތިމީހާއަކީ ތިޔަތަނުގައި އެންބަސީ އަޅަންއުޅޭ ގައުމުގެ އެޖެންޓެއް!! ކޮޅު ގޮހޮރަށް ލައްޑޫ ކާންދީފަ އެހުންނަނީ ބަހައްޓާފަ!! ތިތާ ތިބޭ ގެރިމޯދީގެ ސިފައިން އައްޑޫ ބާރުވެރިފަރާތްތަކަށް ލައްޑޫ ކާންދެމުންދާކަން އެނގޭ! އެކަންކުރަނީ އެމީހުން ބޭނުންވާ ކަންކަން އައްޑޫގައި ކުރުމަށް ފަސޭހައަށް!! މިރީނދޫ ލައިގެން ވެރިލަން ކުރާ އެންމެންވަނީ ގައުމަށް ޣައްދާރުވެފަ! 2023 ގައިވެސް ރީދޫ ގުޅިން ފެންވަރައިގެން ފަހުން ރޯންތިބޭތި!! ސިކުނޑިން ވިސްނަބަލަ އައްޑޫ މީހުންވެސް!! ރީނދުލާއި ދުރަށްދިޔައީމަ ކާމިޔާބުވާނީ!! ތީ ހަމަހަލާކު!!
ވައްކަން ކުރެވޭތޯ ބަލަނީ ، މާއްލިޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !
އެމްއެމްޕީއަރުސީ މައްސަލައިގެ ލިސްޓްގައި ކުރީގައި އޮތް މީހުންނާއި ކޮރަޕްޝަން މައްސަލާގައި ކުރީގައި ވަޒީފާއިން ވަކިކޮށްފައި ތިބި ދެމީހުން އިސްކޮށް ތިބެގެން ނަޒާހަތްތެރި ލޭބަލް އަޅުވަން ވެގެން އުޅުނަސް ރައްޔަތުން ނޯޅޭނެ. މިދައުރު ނިމޭއިރު އެމްޓޭޝަން ފެމިލީއާއި ކައްބާބުގެ ފެލިމީ މިލިއަނަރުންނަށް ހެދުމުގެ ޕްލޭން. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހޮސްޕިޓަލް ވަށައިގެން މީހުން ދިރިއުޅޭ އިމާރާތްތައް ހެދިފައި ހުރޭ. އެތަންތަނުގައި އުޅޭ ރައްޔަތުން ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، ބޭސްފިހާރަތައް ހިންގާނީ. އެއީ ކައުންސިލްތަކުން ކުރާ ކަމެއް ނޫން. ތަނެއް ދޮރެއް ނޭގުނަސް މޮޅު ވާހަކަ ދެއްކޭތޯ ބަލާތި.
ރަނގަޅައް ހަމަ ކަންތައް ތިދަނީ އަދިވެސް މުޅި އަތޮޅުގަ ރީދޫ ލައިގެންތިބޭ ރާކަނިމަސް ކެވިފަ ހުންނާނީ ވަރައް ހައިބަތު ބޮޑު މީ ހެއް ތި ހިރީ މޭޔަރު ކަމައް ހޮވާފަ ހައްގުވާ މިންވަރު އަދިކިރިޔާ ލިބެން ތިފެށީ ދެން ހަމަ ކޮންމެ ދުވަ ހަކުވެސް އަންނާނީ އިތުރުވަމުން.
ހީވާގޮތުން މާބޮޑަށް އެއްކޮޅަށް ބުރަވެފަ މި އާޓިކަލް ލިޔެފަ މިހިރީ. އަނެއްކޮޅުވެސް ހޯދާލިނަމަ.