އެމްޑީޕީ އާއި ޕީޕީއެމް އިއްތިހާދުވާ ސަރުކާރެއް އުފެއްދުމަކީ މިވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އާއިއެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވާފައިވާ ހިޔާލުފުޅާ ގުޅިގެން އެމްޑީޕީ މެންބަރުންނާއި އަދި ޕީޕީއެމް މެންބަރުންނަށް ވެސް އޮޅުންތައް އަރާކަމަށް ވިދާޅުވެ އެކަން ސާފުކޮށްދިނުމަށް މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.

މެސެޖްގައި ނަޝީދު ވިދާޅުވީ ޕީޕީއެމްއަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ.

"އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށްވެ، އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން. އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ދެކެމެވެ." ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ޕީޕީއެމް ނުވަތަ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރަން ނަޝީދު ޝައުގުވެރިވި ނަމަވެސް ޕީޕީއެމް އިން ބުނާ ގޮތުގައި އެޕާޓީގެ ސިޔާސީ ފިކުރާއި ނަޝީދުގެ ސިޔާސީ ފިކުރު "އުޑާއި ބިމާހާ ތަފާތެވެ." އެހެންކަމުން ނަޝީދާއި އެކުގައި މަސައްކަތް ކުރެވެން ނެތް ކަމަށް ޕީޕީއެމް އިން އަންނަނީ ބުނަމުންނެވެެ.

ނަޝީދާއިއެކު ޕީޕީއެމް މަސައްކަތް ކުރާނެ ޝަރުތުތަކެއް ނަޝީދު ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ އިންޑިއާ ސިފައިން ރާޢްޖެ ދޫކޮށް ދިއުމަށް ގޮވާލުން ހުއްޓާލުމެވެ. ޕީޕީއެމް އިން ރަސްމީ ބައްދަލުވުންތަކުގައި އިންޑިއާ އައުޓް ގޮވަމުން ނުދިޔަ ނަމަވެސް އެޕާޓީގެ ވެރިން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އެކި ފޯރަމްތަކުގައި ގޮވާލަމުންނެވެ. އެހެންކަމުން ޝަރުތައް ޕީޕީއެމްގެ ތާއިދު ހޯދަން ނަޝީދަށް ދަތިވާނެއެވެ.

ނަޝީދުގެ ދެވަނަ ޝަރުތަކީ ސަރުކާރުން ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް ޕީޕީއެމް އިން ތާއިދު ކުރުމެވެ. ނަމަވެސް ޕީޕީއެމް އިން ގެންދަނީ ތަކުރާރުކޮށް އެބިލާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. މިހާތަނަށް ދީނީ ކަންކަމުގައި ޕީޕީއެމް އިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ނަފްރަތުގެ ބިލަށް ޕީޕީއެމް އިން ތާއިދު ކުރާނެ ކަމަކަށް ވެސް ނުބެލެވެއެވެ.

ނަޝީދުގެ ތިން ވަނަ ޝަރުތަކީ މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ޕީޕީއެމް އިން ގަބޫލު ނުކުރުމެވެ. މިއުޒިކް ހަރާމް ވާނެ ކަމަކަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވިދާޅެއް ނުވެއެވެ. ނަމަވެސް މިއުޒިކް ހަރާމް ކަމަށް ރާއްޖޭގެ ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ނަޝީދު ޕީޕީއެމް އާއެކު މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރަމުން ދާއިރު ރައީސް ސޯލިހަށް ތާއިދުކުރާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ޕީޕީއެމް އާއިއެކު މަސައްކަތް ކުރަން އެމްޑީޕީ މެންބަރުން ބޭނުން ނުވާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ ނަޝީދު ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އެނިންމުމަކަށް ތާއިދު ކުރާނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ސޭފް

    މިސޮރު މިއުޅޭ ގޮތުން އަމާގެ ބޮލުގައިނުރިއްސާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ

    49
    3
    • Anonymous

      ޕޕމ ގަ ސިޔާސީ އިލްމާއި ހިލްމު ހުންނަން އެބަޖެހޭ. މޑޕ ގެ ސިޔާސީ ކޮންސަލްޓަންސީ ނަގަނީ އިންގްލެންޑުންނާއި އިންޑިޔާއިން.. މޯދީ ކައިރީ ގެންގުޅޭނެ އެނަލިސްޓެއް.. މިދިޔަ އިންތިހާބުގައި މޯދީއަށް މާބޮޑު ސަޕޯޓެއް ނެތި ވެރިކަން ކާމިޔާބުކޮށްދިނީ މި ބުނި ޕްރަސާންތް ކިސޯރުގެ މޮޅު ރޭވުމުގެ ދަށުން.
      އެހެންވީމަ، ޕީޕީއެމް ހޭއަރާ މޑޕ އާ ޖޭޕީއާއި ދުރުގަ ތިބެގެން ނޫނީ ރައްޔިތުންގެ ސަޕޯޓެއް ނުހިފެހެއްޓޭނެ..

    • Anonymous

      އަންނި ޖަހާހާ ބެރަކަށް ޕޕމ ނުނަށާތި.. މި ކަލޭގެ ކިޔާ އެއްޗަކަށް ރައްދު ނުދޭތި. މިއީ ހަމަ މޑޕ ގެ ނުބައި ރޭވުންގަނޑު. ސޯލިހާ ނަޝީދުއާއި މޯދީގެ މަކަރު މިފެންނަނީ... ނަމަނަމަ ޕޕމ މިމީހުންގެ އަވައިގަ ނުޖެހޭތި. މިހާކުރިން ފަށައިގެން މިއުޅެނީ ޕޕމ ހިލުވާލަން.
      މިނުބައި ޖާހިލު އިބިލީހާ ދުރުގައިތިބޭ. 2022 ފެށުމާއެކު ކެމްޕޭން ފަށަންވީ. ﷲ އިރާދަ ކުރެއްވިއްޔާ 2023 އަކީ ޕޕމ ގެ އަހަރު. ވެރިކަން ލިބޭނެ. ކޮންމެ މީހަކަށް ރިޔާސީ ޓިކެޓް ލިބުނަސް ހިންގަންވީ ރައީސް ޔާމީންގެ ސިޔާސަތު. އެމަނިކުފާނަކީ، ގައުމާ ރައްޔިތުންގެ ބައްޕަ.

  2. ހަނަމްޖެހީ

    ނޫން އެއީ ކަލޭގެ އަމިއްލައެދުން

    33
    2
    • Anonymous

      ޕޕމވަރުގެ ޕާޓީއެއް ނެތް. އެކަމަކު، މޑޕ ތި ކުޅޭ ކުޅިއަކީ، މޑޕ 2 ބަޔަށް ބެހި ޕޕމ އާއި ޖުމްހޫރީ ޕާޓީ ބައިކޮށްލަނީ.. މޑޕ އިން ތިކުޅެނީ ސްޓްރެޓެޖިކަލީ. 2 އަހަރު ތެރޭ ހުރިހާ ޕާޓީއެއް މޑޕ ގެ އަތްދަށުލުމުގެ ފެށުން ތިއީ.. ވިސްނުމެއް ހުރި މީޙަކަށް ވިއްޔާ އެނގޭނެ އެކުޅެނީ ވަރަށް ޑަރޓީ ގޭމެއްކަން. ނަޝީދުއާއި ޞާލިހަކީ ހަމަ އެކަކު. އެއީ ބޮޑު ސިއްކަ.. ރައްޔިތުން ބޮލަށް ޗިޕް ޖަހަން މަޖްލިހާ ސަރުކާރާ ޕާޓީ ބައިބައިވެފައިކަމަށް ދައްކައިގެން އެއުޅެނީ.. ބޭނުމަކީ، މިގައުމުގައި އެންމެ ޕާޓީއެއް އޮތުން. އެއީ މޑޕ. މިހާރު ކުޅެގެން ދެންހުރި ހުރިހާ ޕާޓީތަކަކަށް ފަނިވައްދައި އެޕާޓީތައް ހިސާރުކޮށް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްފަހު 2023 ގައި މޑޕ ބާރުގަދަކޮށް ވެރިކަމަށް ނުކުންނާނީ!!!

  3. ކަހުރަބު

    ނަޝީދާ ގުޅޭ ހިސާބުން ޕ ޕ އމ އެއްކޮށް ދޫކޮށްްްލާނަން

    62
    2
    • ޒަމީރު

      ރައީސް ޔާމީން ޖަލުން ސަލާމަތް ވުމަކީ އަހަރެމެންވެސް އެންމެ އެދޭގޮތް. އެކަމަކު، ތި މޑޕ އާއި ބޮޑު ސިއްކައާއި އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަކަރުގަ ޖެހިގެން ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުމަށްވުރެ، އެމަނިކުފާނަށާއި، އަދި، މިގައުމަށް ފައިދާ ބޮޑުވާނީ، ސިއްކަ އާއިލާއާއި، ކެރަފާ އާއިލާއާ، ބުރުމާއާ ދުރުގަ މަސައްކަތްކޮށް، 2023 ކާމިޔާބުކުރުން.. ޕޕމ އަށް ސަޕޯޓް އެބައޮތް. އަދިވެސް ސަޕޯޓް އިތުރުވާނެ. ކުރަންވީ ކަމަކީ، އިންޑިޔާގެ ނުބައި ރޭވުން ދިވެހިންނަށް އަންގައިދީ، ދިވެހި ރައްޔިތުން މިނުބައި ވެރިކަމުގެ އަނިޔާވެރިކަމުން ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުން.. ނަޝީދާ ޞާލިހާއި ބުރުމާ އެއީ ހަމަ ޕަޕެޓުން. ދޮލަނގަކަށް ލައިގެން ލަކުޑި ފޯއްޔަކުން އޭގަ ތެޅީމަ އެނބުރޭ ގުނބޯތައް އެނގެއެއްނު. ހަމަ އޭގެ އެއްޗެހިން.. އެމީޙުން ބޭނުންވިޔަސް ދެން ހަމަ ހިލާ ބީޖޭޕީގެ މަކަރުގެ ދަށުން އެމީހުންނަށް ސަލާމަތް ނުވެވޭނެ. އެތިބީ ނަފުސު ޑެވިލްއަށް ވިއްކާލައިގެން.

  4. ހަދަންވީއޭ

    ޕީޕީއެމް އާއި އެމްޑީޕީން ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ނޯންނާނެއޭ ހަމަ އެކަނި އޮންނާނެ ގޮތަކީ އެއީ މިހާރު މިއޮތް ކެބިނެޓް އުވާލާ ސަތޭކަ ޕަރސެންޓް ޕީޕީއެމްގެ ކެބިނެޓެއް ގެންނަންވީއޭ ދެން ރައީސް އިބޫ އިސްތިއުފާ ދީފައި ރައީސް ކަން މަމެން ޕިންކީން ނާއި ހަވާލު ކުރަންވީއޭ އެކަން ކުރެވޭނެއޭ ނައިބް ރައީސް ފައިސަލް މަޖްލީހުން ވޯޓެއް ނަގައިގެން ބޭރު ކޮށްލާ އެމަގާމް ރަައީސް ޔާމީނަށް ދޭތާ މަސްދުވަސް ތެރޭގައި ރައީސް އިބޫ އިސްތިއުފާ ދެއްވުމުން އެކަން ކުރެވޭނެއޭ އެކަން ކުރަން މަޖްލީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ރައީސް ނަޝީދު ދޭންވީއޭ މީއޭ މަމެންނަށް ހެދެން އޮތް ހަމަ އެކަނި ޑީލް އަކީ އެމްޑީޕީ އާއި އެކު...

    44
    4
  5. ވިސްނާލުމަށް އެދެމޭ

    ޔާމީންގެ އެހީ ބޭނުންނަމަ ފުރަތަ ޔާމީން މިނިވަންކުރޭ....އަދި އިބޫގެ ައޒަލްކުރޭ އަވަސް އިންތިޙާބެ ބާ އްވާ....ލާދީނީބިލް ބޭރުކުރޭ އިންޑިޔާ ސިފަ އިންބޭރުކުރޭ.....މިނޫންގޮތަކަށް އަހަރެމެންގެ ލޮބުވެތި ރަ އީސް ރޔާމީން ތިބަ އިގަޑާ ނުގުޅޭނެ.... އިބޫ އަށް ޕާޓީހަދާފަ އެޕާޓީ އަށް މީހުން އިތުރުކުރުމަށް ޕޕމ ފަޅިކުރަން އުޅޭނެކަމެނެތް..

    46
    2
  6. ސަކީނާ

    ތިޢުޅެނީ ޕީޕީޢެމް ހަލާކުކޮށްލާނޭ ގޮތެ އްނެތިގެން ދޯ؟؟؟ ކިހާބޮޑުވެ އްޖެ ކަމެ އްދޯ މި އީ........

    68
    1
  7. Happy 786

    ޥަރަށް ބޮޑު ތެދުފުޅެއް!

    13
    21
  8. ގަނޖ

    ނަށީދު އަކީ ވެސް ރާއްޖޭގެ ރައްޔިތުންނައް ހެޔޮ އެދޭ މީހަކައް ވާތީ ތާ އޭނަވެސް ޔާމީން އެހީއައް އެދޭ ވާހަކަ ދައްކަނީ ގައުމު މިއޮތީ އަތް ނޮފޯރާ ހިސާބައް ވެއްޓިފައި އެއްމެން އެކަތި ގަޑަކައް ނުވެ ކިހިނެތް މިހާލަތު ބަދަލުވާނީ

    19
    24
    • އަދުރޭ

      ކޮން ގޮތަކުން ނަޝީދު ރައްޔިތުންނަށް ހެޔޮ އެދެނީ؟ އިއްޔެ ބުނީ އިންޑިއާ އައުޓް ނުގޮވާ ލަވަޔާ މިއުޒިކް އޯކޭ ވާ ހަރުކަށި ފިކުރަށް ތާއީދު ނުކުރާ ލާދީނީ ބިލަށް ތާއީދުކުރާ ނަމަޔޯ ޕީޕީއާ ގުޅޭނީ. މިއީތަ ރައްޔިތުންނަށް ހެޔޮ އެދުމަކީ؟ މާދަން ނަޝީދު ޑިމާންޑް ކުރާނީ ނައިޓް ކްލަބްތަކާ ބާ ތަކާ ޗާޗްތަކާ ފައްޅިތަކާ އެއް ޖިންސުން ކައިވެނި ކުރުމާ ދީނީ މިނިވަންކަމާ ރާއްޖޭގެ އުތުރާ ދެކުނު އެއީ އިންޑިއާގެ ކޮންޓްރޯލްގެ ދަށުގަ އޮންނަން ޖެހޭނެ ކަމަށް. މިއީތަ ރައްޔިތުންނަށް ހެޔޮ އެދުމަކީ؟ މިވަރު މީހަކަށް ބައިއަތު ހިފުމަކީ ގައުމު ސުންނާފަތި ވެގެން ދިއުން.

      48
      3
  9. ސުއޫދު

    ނަސީދު ބޭނުންވަނީ އަންނަ ދަ އުރުންވެސް ސްލޮޓެ އް ޔަގީންކޮށްފަ އި ބާ އްވަން .. ވެރިކަމާ ހެދި ހަމަ މޮޔަވެފަ އި
    a

    37
  10. ޢަހު

    ޢަނެއް ޖަމީލު އުފެދުނީ

    16
    6
  11. ތަންޑާ

    ކުދިންނޭ ރަނގަޅަށް ވިސްނާ ހޭއަރާ ތިބޭތި. ޕީޕިޢެމްގެ ޒަމާން ދުއްވާލުމުގެ ނުބައި ހީލަތްތެރި ރޭވުން މިއީ. ކެނެރީގެ ނަޝީދަށް ގައުމުގެ އިސް މަގާމު ދީގެން ގައުމަށް ވި އެއއްވެސް ފައިދާއެއް ނެތް. ދީނާ ގައުމަށްޓަކާ ނަޝީދަށް ނޫނެކޭ ބުނަންޖެހެނީ.

    40
    2
  12. ބަހަނާ/ ވިލިގިލި

    އިރު އިރު ކޮޅާ އިންޑިޔާ އޭ ކިޔަނީ ވެރިކަމަށް ވަޑައިގަތުމަށް އިންޑިޔާގެ އެހީ ހޯދަން ކަމަށް ދިވެހިންކުރެ ގިނަބަޔަކު ދެކެއެވެ. މިއޮތް ހުރިހާ ޒަމާނަކު ރާއްޖެ އިންޑިޔާއާއެކު ގުޅުންތައް ބާއްވަމުން ރާއްޖެ ހިމާޔަތްކުރީ ދިވެހި ސިފައިންނެވެ. ނަމަވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން ގެނެސް ރާއްޖެ ވަށާލުމަށް ފުރުޞަތު ދީފައި ނުވާކަމަށް ބުނާތީ އިވެއެވެ.

    19
    2
  13. ފަހެކޮންކަމެއް

    ވެރިކަން ބޭނުންވިއަސް ފުކެއްބޮޑު. ސީދާފާޅުގައި ދިވެހިންނުރުހޭ ކަންތައްތަކައް ތާއިދުކުރުމަށްބާރު އަޅަނީ. ޙިތާމައިގެ ކޮޅެއްނެތް.

    29
    2
  14. މާނިއުމާނި

    ނަޝީދަށް ތިހިރީ ދިވެހިރާއްޖޭގަ ވެރިކަން ކުރެވޭނެވަރަށް ވެރިކަން ކުރެވިފަ އަމިއްލަ ޕާޓީގެ ރަހުމަތްތެރިޔާއާ ދެކޮޅަށް ތިނުކުތީ ވެރިކަމަށް ހާދަ ދަހިވެތިވީމައޭދޯ، ޖަމީލިބުނިހެން ނަޝީދު ދެން މިދިވެހިރާއްޖެއަކު ވެރިކަމެއް ނުކުރާނެ ފަހަރެއްގަ އިބޫ ކޮށްފާނެ

    14
    3
  15. ވަތަނީ

    ޕޕމ އިން ނަސީދާ އެކު ކޯލިޝަން ހަދަ އިފިނަމަ ޕޕމ ރޫޅި
    ވުޖޫދުން ފުހެވޭނެ އެވެ އެކަމުގެ ފުރިހަމަ ފަ އިދާ ނަސީދު
    ނަގާނެ އެވެ ސިޔާސީ ފަރާތްތަ އް އެކަހއެރިކޮށް އެފަރާތް
    ތަކަށް ލިބިފަ އިވާ ސިޔާސީ ސަޚްސި އްޔަތު ނިގުޅަ އި
    ގަތުމުގެ އުކުޅުތަ އް ބޭނުން ކޮށްގެން ރާ އްޖޭގެ ސިޔާސީ
    ކެރި އަރުތަ އް ދަނީ ނަ އްތާލަމުންނެވެ މޑޕ އާއ އި ޕޕމ
    ގުޅުވުމުގެ ބޭނުމަކީ ސީދާ އޭނާ އަށް މަސްލަހަތު އޮތް ކަމެކެވެ
    އަދި ޕޕމ ވުޖޫދުން ފުހެވޭނެ ކަމެ އްވެސް މެ އެވެ.

    22
    1
  16. އާނަ

    މީގެކުރީގާ ޕީޕީއެމް ގެ ރަނގަޅު ކަމެއް ނުފެނުން މީހަކައް މިއަދު ކޮންމޮޔައެއް ތިވަނީ ގަންޖާބޯ އާ ޕީޕީއެމް ގުޅިއްޖެނަމަ ކިތަންމެ ލޯބިވާ ޕާޓީ އަކަސް ތާއީދު ކުރުމެއްނެތް

    23
    1
  17. އިބްރާހިމް

    އިންޑިޔާ އައުޓް. އިންޑިއާ ސި ފައިން ޖެހޭނީ ހަމަ ފައިބަން މިޤައުމުން. ނަޝީދަކީ މިވަގުތު އިންޑިޔާގެ ޕަޕެޓެއް. އިންޑީޔާ ބޭނުންވަނީ މިޤައުމު ހި ފަން ދިވެހިން ރުއްސައިގެން. އެއްފަސްގަނޑުން ހިކިފައިއޮތް ޕާކިސްތާން ހިފިއްޔާ މާރަނގަޅުވާނެ. ބިންވެސް ބޮޑުވާނެ.

    22
    1
  18. ކޮވިޑް

    ނަޝީދު މީ މިހާރު ވެލިޒިނީ އެކޭ ނެތެއްނު ތަފާތެއް. މީނާ މިހާރު ނަފްސާނީ ޑޮކްޓަރ އަކަށް ދައްކަން ފެނޭ. ބަލަ ޕީޕީއެމް އިން އެބުނަނީ ގުޅޭކަށް ބޭނުން ނުވެޔޭ،ދިވެހި ބަހުން މީނާ މިހާރު ސައިކޯ ވީކަން ނޭގެ،

  19. ވަޒީރު

    ރައީސް ޔާމީން ހިޔެއްނުވޭ ރައްޔަތުން ގެ ލޯބި ދޫކޮށްފަ އަމިއްލަ އެދުން އިސްކޮށް ނަޝީދައް ބައިއަތު ހިފާފާނެހެނެއް. ރައީސް ޔާމީން އަށް އޮތީ ރައްޔަތުންގެ ލޯބި ނޫނީ އަމިއްލަ އެދުން ހިޔާރު ކުރާނީ ކޯއްޗެއްކަމެއް ނޭގޭ.؟

  20. އައްޑޫ މީހާ

    އަންނި ބޭނުންވާ ލާދީނީ އަދި ގައުމުގެ އިސްތިޤްލާލާއި މިނިވަންކަމަށް ބުރޫއަރާ ކަންކަމަށް ޔާމީނުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭނެ ، ނަމަވެސް ގައުމަށާއި ރައްޔިތުންނަށް ފައިދާހިރި އޮއްޓަރެއްހުރި ކަމެއްގައި ޔާމީނުގެ އެހީލިބޭނެ އެއީ ޝައްކެއްވެސް އޮތްކަމެއްނޫން އަދިވެސް އަންނި ތިޔަ އުޅެނީ އަމިއްލަ އެދުމުން ފޯވެ ޔާމީނުގެ ބޮލަށް ޗިޕްޖަހަން އިހްލާސަތެރިކަމެއް އޮވެއްޖެއިޔާމު ޔާމީން މިނިވަންކުރޭ އެއީ އިންސާފުން ބޭރުން ކޮށްފައޮތް ޝަރީއަތެއް އެހެންވީމަ އިންސާފް ގާއިމް ކޮށްދީފަ ދެން ރައްޔިތުންނަށް ދައްކަންވީ ތިމާމެންގެ އިހްލާސްތެރިކަމާއި ނިޔަތް ރަނގަޅުކަން އަބަދުވެސް ޕޕއމ ކަމުގައިވިޔަސް އަހަރެން ބުނާނީ ޔާމީނުގެ ސިޔާސީ ކުރިމަގަށް ވިސްނައިގެން ދައްކާ ވާހަކަތައްވެސް އަމަލުތައްވެސް ބަހައްޓާށޭ މިކަމުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް ވާނެކަން ކަށަވަރު

  21. Anonymous

    ޕޕމ އިން ނަމަނަމަ މި މޑޕ ގެ އަވައިގައި ނުޖެހޭތި.. ތިއުޅެނީ ނަޝީދާ ސޯލިހު ލައްވާ ޑްރާމަ ކުޅުވައިގެން ޕޕމ ހަލާކުކޮށް މިހާރު ޕޕމ އަށް އޮތް ތާއީދު ނައްތާލަން. ތިއީ ހަމަ ސިއްކަގެ މޮޅުރޭވުން. މޯދީ ޕާޓީގެ ރޭވުންތެރިންވެސް ތި ކުޅިގަނޑުގެ އަޑީގަ ތިބޭނެ.

  22. ހުސް އުނބު

    މޯދީ ތަޅުވާލަން ޖަހާ ސަކަރާތެއް. އަދި އެގުއިރޯނުގައި މޯދީޖެހި އިއްޔެގަ އިބޫއަށް އޭނާ ގުޅައިފި.
    އިބޫ ނުހުއްޓުވިއްޖެއްޔާ ތިމަންނަ އަރާނީ އިންޑިއާ ރާއްޖޭގައި ގާއިމުވެ ތިބުމާއި އެއްމެ ދެކޮޅުވެރި ލީޑަރުގެ ފަހަތަށްކަމަށް ވޯނިންގް ދިނީ.

  23. ފާރގަސަން

    ރޮނާލްޑޯ އާއި މެސީ އެއް ކުލަބަކަށް ކުޅުނީމަ ހަމަ ސަޅިވާނެ!

  24. އަހްމަދު

    ރައީސް ނަޝީދަކީ ގަވްމަށް ހެޔޮއެދޭ ބޭފުޅެކޭ ބުނާތީ ހަމަ ހައިރާންވޭ. ގަވްމުގެ ބޭރެމާލު ހުސްކޮށް ރަށްތަކާއި ގިރިތައް ވިއްކައި ލިބުނު ފައިސާތައް އމިއްލަ އެކަުންޓަށް އަޅައިގެން މިހާރުވެސް 5 އަހުގެ ޖަލުހުކުމެއްގަ ހުރި މީހެއްގެ ފަހަތުން ދުވަން ފެށީމައި އަޅުގަނޑު ދަންނަވާނީ ނަޝީދުއަކީ އަމިއްލަ އެދުމުން ފޯވެފަ ހުރިބޭފުޅެކޭ.

    1
    1
  25. ކެޔޮޅު

    މިހާލަތަކީ ފެނިފެނިހުރެގެން އައި ހާލަތެއް އެކަމަކު ސޯލިހުބުނަނީ ގައުމުހިނގަނީ ބަރާބަރައްކަމައް ފައިނޭންސްގެ އެއްވެސް ތާއްޓެއް ނާންނާކަމަށާ ރައްޔިތުން ކަންބޮޑުވާންނުޖެހޭނެކަމައްދޯ؟؟

  26. Anonymous

    މަކަރާޢި ހީޅަތުން ނަސީދު އެއުއުޅެނީ

  27. Anonymous

    ނަޝީދާ ގުޅިއްޖާ ޕޕމ އައް އިސްތިއުފާ.

  28. ނާދިރާ

    މިސޮރު ޓެސްޓް ކުރަންވެއްޖެ

  29. އެފެންޑީ

    ނަސީދު އަށް ހީވަނީތަ ބުރުމާ ގާސިމު ބޮލައް ޗިޕް ޖަހާހެން
    ޔާމީނު ބޮލައް ސަވާރުވެވިދާނެހެން…

  30. ރަބަރޭ

    ޔާމީން އެއ އީ ކު އްވެރި އެއ އއް އަށްހެނުން ނާހާނެ
    ދޫވެ އްސަ އއް ވަނީ ކިހިނެތް ވަތް ފަ އިސާ އެ އްތޯ

  31. އިންޑިއާ އައުޓް

    އެމްޑީޕީން އަބަދުވެސއް ބުނޭ ދިވެހިރާ އްޖޭގަ އި ޕޕއެމް އަކަށް ތާ އީދެ އްނެތޭ ސުވާލަކީ ރަ އްޔިތުންގެ ތާ އީދުނެތް ބަޔަކާ އެކު ތިހާވަރުން ކޯލިޝަން ނެހެދިގެން ތިތެޅިބާލަނީ ކީ އްވެހޭ އ؟ އަބަދުވެސއް އެމްޑީޕީ އަކީ އެންމެ މީހުންގިނަޕާޓީކަމަށް ދަޢުވާކުރާ ޕާޓީ އެހެންވީމަ ޕޕ އެމް އާ އި އެކު އެމްޑީޕީން ހަދަންޖެހޭ ކޯލިޝަނެ އއް ނޯންނާނެ؟

  32. ޑަރޯގާ

    އަނހަ. މިވަނީ ކިހިނެއް. އިއްޔެއަޑަށްބާރުލާފަ އިސްތިޢުފާދެއްވި ރައީސް ވިދާޅުވި މިއޮޑިއެއް ނުފެތޭނޭ. މިހާރު އެބައިނގޭ އޮޑިފެތެނީކަން. އަމިއްލައަށް ބަކަތަޅަންޖެހިއްޖެކަން. ލަދެއްވެސްނުގަނޭ. ހީކުރނީތަ. ދިވެހިންނަކީ ގަމާރުންކަމަށް. ތިޔާގުއިރޯނުގައި ޕީޕީއެމް ނުޖެހޭނެ. ޔާﷲމިނުބައި މުނާފިގުގެ ކިބައިން ދިވެހިން ސަލާމަތް ކުރައްވާންދޭވެ. އާމިން.

  33. އަމީރާ

    ބޮލަށް ލިބުނު ޒަހަމް ތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!

  34. ޒ

    ކަތުރު ބޮޑު ފަނި އަޅުވަން މިފަހަރު އެހެން އަދީބެއް ނުލިބިގެން ސީދާ ފާޅުގައި ނިކުތީ،