"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި އުފައްދަވާ ސިޔާސީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން ގުޅިވަޑައިގަންނަވާ ކަން ކަށަވަރު ކުރެވިއްޖެއެވެ.

މި ޕާޓީ އުފައްދަވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އަމިއްލަ މެންބަރު އުޝާމް ހުށަހެޅުއްވީ އޭނާއާ އާއިލީ ގުޅުމެއް އޮންނަ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީގެ ފޯމެވެ.

މި ސިޔާސީ ޕާޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދެވެ.

މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ މި ކަން ހާމަކުރައްވައިފައެވެ.

މީގެ ތެރެއިން ނާޒިމާއި ރިޔާޒް ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. މާމިގިލި ދާއިރާގެ މެންބަރު އަދި ވިޔަފާވެރިޔާ ގާސިމް އިބްރާހީމްގެ އެ ޕާޓީން މި ދެ މެންބަރުން ވަނީ ވަކިވެވަޑައިގެންފައެވެ.

ދެން ތިއްބެވި ތިން މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގެން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ތިއްބެވި މެންބަރުންނެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގައި ދެ މެންބަރުންނަށް ގިނަ މެންބަރުން ތިއްބަވާނަމަ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މަޖިލީހުގެ ދަފްރަތުގައި ވެސް ރަޖިސްޓްރީ ކުރާނެއެވެ. އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިމެނޭނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ތެދު

  ތިމީހުންގެމަޅީގަ ޖޭފޯ އަދި މޮންސްޓާވެސްޖެހުނީދޯ ސުބުހާނަﷲް..!!! ލާދީނީބިލައްވޯޓްލީމީހުންގެފަހަތައް...!؟!

  21
  • ކަމަނަ

   ނޮޅިވަރަމު ކޮއިފުޅު ބުނި ޕާޓީއަކަށް ނުވަންނާނަމޭ މިވީ ކިހިނެއް

 2. މޫސަ

  ތިޔައީ މާބޮޑުއެއްޗެއްނޫން ތިދާނީ ޗޮކުން ކަންޖަގީން

  8
  1
 3. ކާފަބޭ2020

  ޢެހެންޕާޓީޓިކެޓުގައިހޮވުނުމީހުންނާމެދު މިހާރުއޮތީކޮންގޮތެއްތޯ؟

 4. ސޯލާސިސްޓަމް

  ޢަންނިގެފުށުން ރާއްގެސަލާމަތްކޮއްދޭނެޕާޓީއެއްތީ
  އިންސާﷲ،...

 5. ހާމިދު ޝާހިދު

  މޮސްޓާ ވަކިޕާޓީއަކަށް ނުގުޅި އެކަމަކު ޕީޕީއެމްއަށް ވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު. ރައީސް ޔާމީން މިނިވަންކުރުމަށް އަޑުއުފުލާ މުޒާހަރާކުރި. އަދި މަޖްލިސް ތެރޭގައިވެސް އެވަރު ދައްކާލި. ކުއްލި މި ބަދަލަކީ ކޮންކަމެއްތޯ؟ ކިހާ ފައިސާއެއް މިމެމްބަރުންނަށް ނާޒިމް ގެ ފަރާތުން ލިބިފައިވޭތޯ ބަލަން އެބަޖެހޭ! މިގޮތައް ކޮންމެ ސަރުކާރެއް މެދުފެންޖެހޭއިރު، މަޖްލިސް ތެރެއިން ފެކްޝަންތައް ހަދާލައިގެން ޕާޓީ ހެދުމަކީ ޤާނޫނު އަސާސީއާ ހިލާފުކަމެއް. އެ މެމްބަރުން އިންތިހާބު ވީ އަމިއްލަ ގޮތުންކަމަށްވަނީނަމަ، އަމިއްލަ ގޮތުން އިންތިހާބު ވި މެމްބަރުންތަކެއް، ފްލޯ ކްރޮސް ކޮށް، އެހެންޕާޓީއެއް އުފެއްދޭގޮތައް އޮންނަމަ، ސިޔާސީ ހަމަޖެހުން މަދު ފައިސާކޮޅަކަށް ކޮންމެ ދަނޑިވަޅެއްގައިވެސް ކޮންމެފަދަ ގޮތަކަށްވެސް ބަދަލު ކޮށްލެވިދާނެ. އަމިއްލަގޮތުން ހޮވިފައިތިބިބަޔަކު ޕާޓީއަކާ ގުޅިއްޖެނަމަ، ގޮނޑި ގެއްލެން ޖެހޭނެ. ޖޭޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ހޮވިވަޑައިގެންފައި ތިއްބެވި، ރިޔާޒާއި ނާޒިމް އެހެން ސިޔާސީ ފިކުރެއް ހޯދައިފިނަމަވެސް ގޮނޑި ގެއްލެންޖެހޭނެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މިމެމްބަރުން މަޖްލިހުން ވަކިކުރުމަށްފަހު، އެގޮނޑިތައް ހުހައް ބެހެއްޓުން ދެންއަންނަ އިންތިހާބެއް އަންނެނަންދެކަށް. އެހެނީ، މެމްބަރުން ގަނެލި ފަދައިން، ރައްޔިތުންވެސް މިހާރު ގަނެލާފައި ވާނެތީވެ، މިވަގުތު ބައިއިލެކްޝަނެއްވެސް އެހާ އިންސާފުވެރި ނުވެދާނެތީ. ޝުޕްރީމް ކޯޓުން އަވަހަށް މިމައްސަލަ ވައްދައިގެން ކޮޅެއްގައި ޖެއްސުން އެދެމެވެ.
  ޝުކުރިއްޔާ!