ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް ފަހު، "ފަތުހުﷲ ބިލްޑިން" ނަމުގައި އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަރަށް ތަފާތު ކަމެއް ފެނިގެން ދިޔައެވެ. އެ ރަސްމިއްޔާތުގައި އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކުރެއްވި ފަތުހުﷲ ޖަމީލް ތުރު ކުރެއްވި ޓައިއެއް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވުމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މުއުތަސިމް ފޮރިން މިނިސްޓްރީގައި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ވަކިވެވަޑައިގެންނެވި ދުވަހު އެ މިނިސްޓްރީގެ މުވައްޒަފުން އެމަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީ ކަމަށެވެ. އެ ޓައީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލެވެ.

ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އެ ޓައި ތުރު ކުރައްވައިގެން ހުންނެވި އިރު އެއީ ކަޅު، ރަތްކުލައިގެ ޓައިއެކެވެ. ޓައީގެ ދެ ފަރާތަށް ވާގޮތަށް ހުރީ ރަތުގެ ދެ ކުލައަކުން ރޮނގުތަކެކެވެ.

"އެއީ ހާރިޖީ ޓީމަކީ، އެއީ ހާރިޖީ ފެމިލީ އަކީ،" އެ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވެވި ފަތުހުﷲ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިީމީ މިޝަންގެ މަންދޫބުކަން ކުރައްވަމުން ގެންދަވަނިކޮށް ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރުއެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް ހުންނެވީ ފަތުހުﷲއެވެ.

އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގައެވެ.

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ގެންގުޅެނީ ފަތުހުﷲ ޖަމީލްގެ ވަޒީރުކަމުގައި ވެސް އަމަލުކުރެއްވި ހާރިޖީ ސިޔާސަތު ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ބިކަވެ، ބާކީ ވެފައި ވަނިކޮށް، މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވެރިކަން ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ އުހަށް ރާއްޖެ ގެންގޮސް ދެއްވާފައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތެދު

    އެވެސްމޮޅުކަމެއްތޯ...ﷲއަށްޓަކާ ތެދުވެރިހުކުންކުރުން މުހިއްމީ.

    24
    1
    • އަހުމަދުކަ

      މުއުތަސިމް ދުވަހަކު ވެސް ދެދުވެރި ނޫން ހުކުމެއް ނުކުރައްވާނެއެވެ. އެމަނިކުފާނު މުޅި ހަޔާއްޕުޅުން ވެސް އެކަން ދަލީލު ކުރެއެވެ. މިއަދު އެމަގާމުގަ އެހުންނެވީ ވެސް ހަމަ އެހެން ހުކުން ކުރައްވާނެކަން މަޖިލިސް އަށާއި ވެރިންނަށް އެގިވަޑައިގަންނަވާތީއެވެ.

  2. މުރާސިލް

    ރާއްޖެ އިންޑިޔާއަށް ވިއްކާލައިގެން ތިބެގެން އަދިވެސް އެއްޗެހި ތިކިޔަނީ ޔާމީނާށެވެ. ކަލޭމެން ޔާމީނުގެ ޒިކުރާ ތިޔަވަރަށް ތި އާކުރަނީ ހާދަހާ ގިނަ ޚިދުމަތެއް ރައީސް ޔާމީނު މިޤަުމަށް ކޮށްދެއްވާފައިވާ ތީ ހިތައް އަރައެވެ. މުޅި ދުނިޔެ ރާއްޖެ ބަލައިގަނެ ދުނިޔޭގެ އެންމެ އުހަށް ރާއްޖެ މިސަރުކާރުން ގެންދިޔަ އިރަށްވުރެ، ރާމީގުރެ ސަރުކާރުގައި ރާއްޖެ ދުނިޔޭގައި ބާކީކޮށްލާފައި އޮތް އިރު މިޤައުމުގެ އިގުތިސާމު މާ ރަނގަޅުވެފައި ދިވެހިން އުޅޫނީ މާބޮޑަށްވެސް ފުދިގެން ވަރަށް އުފަލުންނެވެ. މިއަދު ދިވެޙިން މިތިބީ ނާށިގަޏޑު ހިފައިގެން ސަލާން ޖަހަން ނިކުމެއެވެ. އަދިވެސް "ކޕޓ ވގ'' މޮޅު ވާހަކަ ދައްކާށެވެ.

  3. ސަޓޯ

    އޭ ޝާހިދޫ ތީތި ކަޑަޔޭ ބުރޭ... އަންނި ރައީސް ޔާމިނުއަށް ޑީލު ހަދާ ދަނޑިވަޅެއްގައި ކަލޭމެން ޔާމިނުއަށް އެއްޗެހިކީމަ ދެނޯ ؟؟؟

  4. ސސ

    ރަދުންގެ ޒަނާނުގައި ފެންނަ ކަންކަން ފެނުނީމާ ހީވަނީ ކޮލިލީހެން ، ކޮންމެއަކަސް ރަދުންގެ ޒަމާން އައިސްފަތާ މިއޮތީ ؟

  5. ސަމީރު

    އޭ ހެލޯ!!! ރައްޔިތުން މިތިބީ ވ ބިކަ ވެފަ، މޮޅު ޓައި ގެ ވާހަކަ ކިޔާނެ ވަގުތެއް ނެތް! މުޅި ދައުލަތް ފެއިލް ވެފަ !!

  6. ކަނު

    ޢެހެންވެދޯ ދެއިރު ދެދަޅައައް އިންޑިޔަން ހައިކޮމިށަން އިން ރާއްޖޭގެ ކަންތައްތަކައް އުދުޅި ބާނަނީ

  7. ލޫޓުވާ

    ޝާހިދަށް މަތީ މަގާމް ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ލިބުނެއްކަމަކު، ރައްޔިތުން މިތިބީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތަހައްމަލްކުރި ވޭނުގައި. ދެރަކަމުގެ މައްޗަށް ދެރަކަންކަން. ގައުމުގެ ބޮޑެތިކަންކަން ނިންމަނީ އިންޑިޔާގެ ކެބިނެޓުން.