މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް އެތައް އަހަރެއް ވަންދެއް ހިދދުމަތްްކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިިޔާ ފަތުހުﷲ ޖަމީލްގެ ސިޔާސަތު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގެ އާ އިމާރާތް މިއަދު ހުޅުވާފައި ވާއިރު، ފަތުހުﷲ ޖަމީލް 27 އަހަރު ހާރިޖީ ދާއިރާއިން ސަރުކާރަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރެއްވުމަށް އެ އިމާރާތަށް ވަނީ އޭނާގެ ނަން ދެއްވައިފައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ހާރިިޖީ ގޮތުން ގައުމަށް އެތައް ކުރިއެރުމެއް ގެނެެސްދެއްވާފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ކުރިިން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހުންނެވި ފަސް އަހަރު ދުވަހު ރާއްޖެ ވަނީ ބިކަވެ ބާކީ ވެފައި ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް ނެރުއްވެވި ހާރިޖީ ސިޔާސަތަކީ ވަރުގަދަ ސިޔާސަތެއް ކަމަށާއިި، އެކަން ވަނީ ފެނިިވަޑައިިގެންފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެމަނިކުފާނު ބޭރު މީހުންނާ ބައްދަލުކުރައްވާ ކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. އެމަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތި ވަގުތުތަކުގައި ވެސް އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި. އަޅުގަނޑުމެންގެ މި ސަރުކާރުގައި ރައީސްގެ ސިޔާސަތަކީ ވެސް އެއީ،" ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ މާލަމްތަކަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ އަލްއަމީރު ހަސަން ފަރީދު މާލަމާއި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭފާނު އަދި އަލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަހުމަދު ޒަކީ އާއި ޑރ. އަބްދުއްސަމަދު އަބްދުﷲ އެވެ.
އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވެވި ފަތުހުﷲ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިީމީ މިޝަންގެ މަންދޫބުކަން ކުރައްވަމުން ގެންދަވަނިކޮށް ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރުއެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް ހުންނެވީ ފަތުހުﷲއެވެ.
އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގައެވެ.
އެހެންވީމާ މިސަރުކާރުގެ ސިޔާސަތަކީ މައުމޫނުގެ ސިޔާސަތުތާ. ވަރަށްސަލާން
އެމަކު ތަތުހުއްލޯ އުޅުނުއިރު ދައުލަތަކައް އެހާބުރަބޮޑުވެ ގެންނޫޅޭ ކަލޭ މިހާރު ހަރަދުކޮއްފި 20 ރަށުގެފެނާ ނަރުދަމާ އަދި ފަޅު ހަދާހާލާރި ވީކަމެއްހަތާމް ލިބުނީ ކާޕެޓެއް އެވެސްގެންދިޔައީ ގެއައް ގައުމްވިއްކާ
ފަތުހުﷲ ޖަ މީލް ކާޕެޓް ވަހަގައް ނެގިކަ މެއް ނުދެނަހުރިން އެކަން ކަލޭ ވަނީ ކާޕެޓް ދިރުވާލާފަ ލޮލް
ފަތުހުﷲ ޖަމީލް ނުގޮވަ އިންޑިއާ ސިފައިން ރާއްޖެ އަރާ ރާއްޖެ ހިފާކަށް