އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކީ އެމްޑީޕީގެ ސަރުކާރު ފެއިލްވުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަން އުފެއްދުން ކަމަށެވެ. އަދި ޔާމީންގެ އެހީއަށް އެދިވަޑައިގަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫހެއްގައި މިކަމާ ގުޅިގެން ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮވެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީންގެ އެހީއަށް އެދުމުން ދޭހަވެގެން ދަނީ މި ސަރުކާރު ފެއިލް ވެއްޖެ ކަމަށާއި އަދި އެކަން އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށެވެ.
"ސާރުކާރަށް ގާނޫނީ ޒިންމާ އަދާ ނުކުރެވޭއިރު، ސަރުކާރުން އެމްޑީޕީއަށް ވަކިވާން ކެރޭނެތޯ؟ ހިހޫ ތަނުން ކާން އުޅުމަކީ ރީތި ގޮތެއް ނޫން،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.
MDP ge sarukaareh oveme, RY ge ehee ah edhumun ves dheyha vanee sarukaaru fail vejjekan MDP in ves qabool kuraakan. Sarukaarah qaanoonee zimmaa adhaa nukureveyiru, sarukaarun MDP ah vakivaan kereynethoa? "Hihoothanun kaan" ulhumakee reethi gotheh noon! https://t.co/wgU1ESOpcX
— Adam Shareef Umar (@Adamshareefz) July 15, 2021
އެމްޑީޕީއާއި ޕީޕީއެމްގެ ކޯލިޝަނެއް އުފެއްދެވުމުގެ ޝައުގުވެރިކަން ނަަޝީދު ފާޅުކުރައްވާއިރު، އެ ކަމަށް ޓަކައި ބައެއް ޝަރުތުތައް ވެސް އެމަނިކުފާނު ދެއްވައެވެ. މި ގޮތުން "އިންޑިއާ އައުޓް" ނުގޮވުމާއި ނަފުރަތުގެ ބިލަށް ތާއީދު ކުރުން ހިމެނެއެވެ.
ނަޝީދުގެ އެ ފަލްސަފާއަކީ އިދިކޮޅު ކޯލިޝަންގެ ފަލްސަފާއާ މުޅިން ތަފާތު ވިސްނުމެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވަނީ އެމްޑީޕީއާއި ނަޝީދުއާ އެކު ކުރައްވާނެ މަސައްކަތެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ނަޝީދުއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ދެމެދު ޚިޔާލު ތަފާތުވުން ވަނީ ބޮޑުވެފައެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ބޭއްވި ވޯޓުގައި ނަޝީދުއާއި ޔާމީން ވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަަކަށެވެ. އެކަމަކު ޔާމީން މިހާރު ހުންނެވީ ރައްޔިތުންގެ އަޣުލަބިއްޔަތުން ކަނޑައެޅި ރިޔާސީ ނިޒާމު ގެންދަވަން ތާއީދު ކުރައްވައިގެން ކަމަށް އިދިކޮޅުގެ ލީޑާޝިޕް ވިދާޅުވެއެވެ.
ޝަރީފޫ އެއީލަދެއްހަޔާތެއްހުރިބައެއްނޫނޭ ވީމާ ކޮންމެފަދަކަމަކާވެސްވަހާހަކަދައްކާނެ އިޚްލާޞްތެރިކަމެއް އެއްކަމެއްގާވެސްނުހުންނާނެ! ލާދީނީ އިންޑިއާއަޓް ގޮވުން ހުއްޓާލާތޯހުރިހާގޮވެލިފައްޗެއްއެގޮވަނީ! ވެރިކަމުގެދަހިވެތިކަމުގަ ކޮށްފަނުކުރާނެކަމެއްނޯންނާނެ! ތިޔަބޭފުޅުންސާބިތުވެތިއްބަވާ!
ތީމަކަރުވެރި ހިޔަޅު ރޭވުމެއް. ޔަހޫދީނ ވަރަށް މޮޅުވާނެ. މަކަރުވެރިކަންކަން ކުރަން
ޕީޕީއެމް އަދި ޕީއެންސީގެ ވެރިންނާއި އަޅުގަނޑުމެންގެ ހިތްތަކުގެ ރަސްގެފާނު (ޔާމީން) ހިމެނޭ ގޮތަށް މަތިން އެންމެ ދަށަށް ބުނަންއޮތް ވާހަކަޔަކީ ހޯހޯ ނަޝީދު އެ އުޅުއްވަނީ މަކަރުވެރި ކަމާއި ހީލަތްތެރިކަމުން ސީދާ ރޭވިގެން މިދެޕާޓީ ހަލާކުކޮށްލުމެވެ. ނިކަން ހޭވެރިވާތި މީތެއް މިސަރުކާރުން މިއަދާ ހަމަޔަށް މިކުރަމުންއައި ހުރިހާ ނުލަފާކަން އެއީ ޔާމީން ވިދާޅުވެގެން ކުރިކަމެއްކަމަށް ﷲއަށް ގަންދީފަވެސް މީނާ ބުނާނެއެވެ. ރައްޔިތުންނަށް ދިންހާ އިނިޔާއާއި މަރުތަކާއި އެހެންގޮސް ހުރިހާކަމެއް އެމްޑީޕީން ކުރީ ޔާމީން މުގުލުގައި ހުރެގެން ކަމަށް ހަދާނެއެވެ. ރައްޔިތުންގެ ލޯބި ޔާމީންގެ އަތުން ނިގުޅައިގަތުމުގެ ރޭވުމެކެވެ. ނަޝީދަށް ރަގަނޅަށް އެގި ވަޑައި ގަނަންވައެވެ. ޔާމީން މިނިވަން ވާނެކަން އެހެންވެ އޭނަގެ ސަބަބުން ޔާމީން ސަލާމަތްވިކަން ހުރިހާ ރައްޔުން ޤަބޫލުކުރުވާ ލެވެލްއަށް މީނާގެ ހެޔޮކަން އޮއްސާލާނެއެވެ. ބޮޑު ރޭވުމެކެވެ. މީނާޔާއާއި ގުޅޭއިރަށް ސްޕްރީމްކޯޓުން ވަގުތުން މައްސަލަކިޔާ ވަގުތުން ވަގުތަށް ހުކުމް އިއްވާނީ ޔާމީންގެ ކުށެއް ނެތްކަމަށެވެ. އިބްރާމް މުހައްމަދު ސޯލިހު ކުރިކަމަށް ހަދާފައި ދެން ޖަހާމަޅީގައި ހުރިހާ އެންމެން ޖައްސާލާނެވެ.
މީ ހަމަ ހަޤީގަގަތެކެވެ. އަމިއްލަޔަށް އޮރިޔާންވާން ކާރިވެއްޖެއެވެ. ކެތްތެރިވޭ.
ޔާމީންނަން ކޮން އެހީތެރި ކަމެ އއް ވަދެވޭނީ
ދޫވެ އްސަށް ހުރިހާ ލާރި ވަ އްދާފަ އެބޭފުޅާ އެއ އޮތީ ޖަލުގަ އި
ތި ވިދާޅުވީ ވަރަށްވެސް ބޮޑު ތެދެއް. ޔާމިނަކީ ފެއިލްވެފަހުރި މީހެއް. ފެއިލްވެފަ ހުރި މީހެއްކައިރީގަ އެހހީއަށް އެދޭނީ އެއަށްވުރެ ބޮޑަށް ފެއިލްވެފަހުރި މީހެއް!