ވިލިމާލޭގެ އެއްވެސް ރައްޔިތަކު ލައްވާ ކައުންސިލަރަކަށް ބިރެއް ދައްކާފައި ނުވާނެ ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭއަށް ދިޔަ ކައުންސިލަރުންތަކަކަށް ނަހުލާ ބުނެގެން މީހަކު ބިރުދައްކާފައިވާ ކަމަށް ވާހަކަތަކެއް ދެކެވެމުން އަންނަނަ ދަނޑިވަޅެއްގައެވެ.

އެގޮތުން ނަހުލާ ވިދާޅުވީ، ކައުންސިލަތުންތަކެއް ވިލިމާލޭއަށް ދިޔަ ދުވަހު އޭނާ ހުރީ ސަލާމުގައި ކަން ރިކޯޑުތަކުން ދައްކާނެ ކަމަށާއި ކައުންސިލަރުންތައް ވިލިމާލޭއަށް ވަޑައިގަންނަވާކަން މޭޔަރު އަންގާފައެއް ވެސް ނުވާނެ ކަމަށެވެ.

"އެހެން ކަމުން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކައުންސިލަރ އިންތަކެއް ވަޑައިގަންނަވާކަން ވެސް އެންގިފައެއް ނުވޭ"

ނަހުލާ ވިދާޅުވީ، ދާއިރާގެ ރައްޔިތަކު ލައްވާ އޭނާ އެއްވެސް މީހަކަށް ބިރު ދައްކާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ދާއިރާގެ ރައްޔިތުަކު ހިންގާފާނެ ކަމެއް ވެސް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، އޭނާ އަކީ ޕީޕީއެމްގެ ކައުންސިލަރަކަށް ވިއަސް މޭޔަރު އަދި އެއްވެސް ކައުންސިލަރަކާއި ގުޅޭގޮތުން މީޑިއާއަކަށް ކަމާ ބެހޭ އެއްވެސް މައުލުމާތެއް މި ވަގުތު ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މުވައްސަސާއަކަށް އޭނާ ހާޒިރުކޮށްފިނަމަ، ޖަވާބުދާރީ ވާނީ އަދި މީޑިއާތަކަށް ވެސް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.