އައްޑޫސިޓީ މޭޔަރު ކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އެ ސިޓީގެ ކައުންސިލްގެ ހާލަތު ވަރަށް ގޯސް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި ވެސް ކައުންސިލްގެ މެމްބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަންކަން ކުރުމުގައި ގޮން ޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

އެގޮތުން ނިޒާރު ވިދާޅުވީ، އެ ބޭފުޅުން މަގާމާއި ހަވާލުވެ ވަޑައިގަތުގެ ކުރިން މުޅި އެސިޓީގެ ހުރިހާ ކަމެއް ބަލަހައްޓަން ހުންނަނީ އައިޓީ ކިޔަވައިގެން ހުރި އެންމެ ބޭފުޅެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށް އާ މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

ކައުންސިލްގެ އައިޓީގެ ހާލަތު ކިޔައިދެމުން ނިޒާރު ވިދާޅުވީ، އެބޭފުޅުން އައިއިރު، އެތަނުގައި ދިމާވާކަންކަން ހައްލު ކޮށްދެވޭނެ މުވައްޒަފަކު ނެތް ކަމަށާއި ކައުންސިލަރުންގެ އީމެއިލް ހަދާލުމަށްފަހު، ދެން އިތުރަށް ވަންނަ މުވައްޒަފެއްގެ އީމެއިލް ހަދާލެވޭނެ ފެންވަރު ވެސް ނެތް ކަމަށެވެ.

"މިކަންކަން ހާމަ ކުރުމުގައި ލަދު ގަންނާކަށް ނުޖެހޭ. މިއީ ރައްޔިތުންގެ ކައުންސިލް." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ކައުންސިލުން ބާއްވާ ބައްދަލުވުންތަކާއި އެހެނިހެން ކަންކަމުގެ ފޮޓޯތައް ވެސް ނަގަނީ މެމްބަރުން ކަމަށާއި ކައުންސިލްގެ ވެބްސައިޓުގައި އާއްމު ކުރަން ޖެހޭ މައުލޫމާތު ވެސް އާއްމު ކުރުން ލަސްވެގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ކަލޭގެ ފަސް އަހަރު ނިމޭއިރު އޮންނާނީ ޝަހާދަތްލާދޭން ޖޭހޭވަރަށް ހާލަތަށް ގޮސްފައި

    4
    1
  2. Abdulla

    Nuvi isthiufaa avaskurey