އައްޑޫން ބިން ދީފައިވާ ގޮތަށް ބަލާއިރު، އުމުރުން ދެ އަހަރުގެ ކުދިންނަށް ވެސް ބިން ދީފައި އެބަހުރި ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ދެ ގަޑިއިރުގެ މުއްދަތަކަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ފާއިތުވި 15 އަހަރުތެރޭ އުމުރުން ދެ އަހަރުގެ ކުޑަކުދިންނަށް ވެސް ބިން ދީފައި ހުރި ކަމަށާއި އެކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ.

ނިޒާރު ވިދާޅުވީ، ދެ އަހަރުގެ ކުދިންނަށް ބިން ދޫކޮށްފައިވާއިރު، އުމުރުން 15 އަހަރުގެ ކުއްޖަކަށް ބިން ދީފައިވާ މައްސަލައެއް އެބޭފުޅާ އެކަނި ތަހުގީގުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސަރަހައްދުގައި ރަޖިސްޓްރީ ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ތިން ބިން އެބަ އޮތް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"2007 ވަނަ އަހަރު ހިތަދޫ ބޮޑުކަތީބު ހަސަން ލަތީފު ސޮއިކުރެއްވި ފޭކު ޑޮކިއުމެންޓަކަށް. އެ ޑޮކިއުމެންޓުގެ ތިރީގައި ގުރުއަތުން ނަގާފައިވާ ގޯތިތަކުގައި ނަމްބަރު ޖަހައިގެން އެތައް ސަތޭކަ ބަޔަކަށް ގޯތި ދީގެން، އެ ގޯތިތަކުގެ މައްސަލާގައި އޭސީސީން އެ ލިޔެކިޔުންތަކާއި ހިތަދޫގެ ގޯތީގެ ދަފްތަރު ނަގައިގެން ގޮސްފައިވޭ. މި ބުނާ ލިޔެކިޔުންތަކުގެ މައްޗަށް ގޭގެ ރަޖިސްޓްރީ ހަދައިގެން މިހާރު ގެ އަޅާފައި އެބަހުރި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެފަދަ ގޮތަކަށް ހެދިފައި ތިބި ރަޖިސްޓްރީތަކުގެ މައްޗަށް އެބޭފުޅުންގެ ދައުރުގައި އަމަލު ކުރަން ފަށައިފިނަމަ ވެގެންދާނީ ޣައިރު ޤާނޫނީ ކަމެއް ކަމަށާއި އެފަދަ ގޮތަކަށް ހަދާފައިވާ ރަޖިސްޓްރީތައް ބާތިލު ކުރުމަށް ކޯޓުން ހުކުމް ވެސް ކޮށްފައިވާ ކަމަށެވެ.

"މިކައުންސިލުން އަޅުގަނޑުމެން ޔަގީންކަން މިދެނީ، ކައުންސިލްގެ މައްޗަށް އަޅުގަނޑު ހުރެގެން އައްޑޫގެ ބިމާ ގުޅުންހުރި އެއްވެސް ކަމަކާއ ޣައިރު ޤާނޫނީ ނޫނީ އަމިއްލަ ފައިދާ ހުރި އެއްވެސް ކަމެއް ނުހިގާނެ. އެޔަގީންކަން އައްޑޫގެ ރައްޔިތުންނަށް އަރުވަން" ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސސ

  އައްޑު އަތޮޅުތީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެ ތަނެއް!

  17
 2. ލލ

  އައްޑު އަތޮޅުން ޤަވާއިދުން ބިން ހޯދަން އުޅެއުޅެ ބިމެއް ނުލިބުނު، މިހާރު މިއެގުނީ ބިން ލިބެނީ ކޮރަޕްޓު ވެގެންކަން!

  15
  1
 3. ހާލުފޮޅި

  ސާބަހޭ.. އާއިލާގެ ކޮންމެ މެމްބަރަކަށް ގޯތި ހޯދާފަ ބޮޑުއަގުގައި އެތަން ކުއްޔަށްދީފައި ކޮންމެ މީހަކު މިއަންނަނީ މާލެ.. މާލެ އައިސް މިކިޔަނީ ފާފަޅޮލޭ، ދޮން ކުންނާރޭ.. ދެން ތެޅިގަންނަނީ ދޮގު މަޢުލޫމާތު ދީގެން ފްލެޓް ހޯދަން.. ލިޔެކިއުންތަކުން ފެންނަން ހުރިއްޔާ ވަގްތުން ވަގްތަށް ތިޔަ ގޯތިތަށް ސަރުކާރަށް ނަގާ…

  13
  1
 4. މާމިގިލީ މީހާ

  މާމިގިލީގަ ވެސް ބައެއް 2މަ ފިރިންނައް 2 ގޯތި ދީފަ އަދި އެމީހުންގެ ކޮންމެ ކުއްޖަކައް ގޯއްޗެއް ދީފަ އެބަހުރި.

 5. Anonymous

  އަޅުގަނޑުގެ މަންމަޔަކީ ވިހޭ ސުރެން ބިމެއް ހޯދަން މަސައްކަތް ކުރާ މީހެއް އަދިވެސް އެކަމުގަ ، މިހާރު 60 އަހަރު އަދި ނުލިބޭ އެއްވެސްތާކުން ބިމެއް.

 6. ލޫޓުވާ

  މިސަރުކާރަށް ދެއަހަރާއި ބައި. އެހެންވީމާ 2 އަހަރުގެ ކުދިންނަށް ގޯތިދިނީ މިސަރުކާރުންނޫންތޯ.

  6
  2
 7. ހުސެންދީ

  ކަލޯ ތީ ފެށުނީންސުރެ އެމް.ޑީ.ޕީ ކައުންސިލްއެއް އޮތް ތަނެއް

  5
  1
 8. އަހްމަދު

  ސާބިތު ނުހިފޭވާހަކަ ދެއްކުމަކީ ބައެއްމީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެއް!

  5
  1
 9. އާދަމުގެދަރި

  ތިޔަ ފެންނަނީ ރަތްލާޖެހި ރީނދޫކުލައިގެ މީހުންގެ އިންސާފު ހުންނަ ގޮތް. ތިޔަށް އެމީހުން އިންސާފުވެރިކަމާއެކު ވައުދު ފުއްދުމޭ ކިޔަނީ.

  6
  2
 10. ހުސައިން ރަޝީދު

  1. 2 އަހަރުގެ ކުއްޖަކަށް ނުވަތަ 2 އަހަރުނުވާ ކުޑަ ކުއްޖަކަށް ގޯތި ލިބުމަށް އޮތީ ޤާނޫނީ ގޮތުން ކޮން ހުރަހެއްތޯ؟ ދެ ކަމެއް ފާހަނގަ ކޮށްލެވޭ މި ޚަބަރުން:-
  (ހ) ނޫސްވެރިޔާ މަޢުލޫމާތު ގެނެސްދިންގޮތް ފުރިހަމަ ނުވުން.
  (ށ) މޭޔަރުއަށް ގޯތި ލިބިގެންދާ ގޮތް އެނގިވަޑައި ނުގަތުން.

  4
  1
 11. ޖަންގިޔަ ބޮންގ

  އެމްޑީޕީ ނޫންބައެއް ތިތާނގެ ކައުންސިލުކަން ކޮއްފައެއްނެތް، ކޮރަޕްޝަން ވަރަށް ސާފް. ސޭނޯޓު އެމްޑީޕީ

  7
  1
 12. ސައްލި

  ނިޒާރު އަކީ މަޖިލިސްގައި އުޅުނު ދުވަސްވަރު އެމްއެމްޕީއާރުސީ ފައިސާ ލިބުނު މީހެއްކަމަށް ބުނެއުޅޭ މީހެއް ނުންތޯ ؟