ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގަމާށް ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަން އަދި ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް ޙުސައިން އިސްމާޢީލް، ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވާފައިވާ މުޙައްމަދު ޝިހާބު ޢައްޔަން ކުރައްވައިފިއެވެ.

މި ދެ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެއްވީ މިއަދުއެވެ.

ޙުސައިންއަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާ އިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ހާސިލްލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމާއި ހަމައަށް އޭނާއަކީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސްއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތައްވެސް އޭނާ ވަނީ މީގެ ކުރިން ފުރުއްވާފައެވެ. އޭގެ ތެރޭގައި ޔޫތް އެންޑް ސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ހިމެނެއެވެ.

ޝިހާބަށް ބަލާއިރު، އޭނާއަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކާފަބޭ2020

  ސާބަސް! ސާބަސް! ގާތްޕާޓީކުދިންކޮޅަށް ގޯނީގެ ތުންމޮހާލާފަބަހައްޓާ! ޢާދައިސިވިލްސާވަނަޓުންގެބޮލަށް މިރުސްހުސްކުރިގޯނި ކިނބިހިއަޅައަޅާއަތްދޮވެދޮވެހަދަންގޭގަ ޕާޓީކުދިންނަށް ވަށިވަށިންމުސާރަ ސާބަސް! ޙަމަސާބަސް!

  11
 2. Anonymous

  ލާރި ލާރި މިސަރުކާރުން ހިލޭ ލާރިބަހާނަން.

  25
 3. ޙހހ

  ޅ. ޢަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރ ކަން 6 އަހަރު ވަންދެން ކުރެއްވި ވާހަކަ ނެތީ ކީއްވެތޯ؟

  12
  1
  • was

   މަތިބަރު ސަރުކާރު😡

   10
 4. އަލީ

  އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ގެ ކޮއްކޮ.

 5. ލޫޓުވާ

  ދެން ސޭވް އައްޑޫ ކިޔާކަށް ނުކުރޭނެ. އިންޑިޔާ އައުޓް ކިޔާކަށް ނުކުރޭނެ. މަޤާމް މުހިއްްމުވާނެ ގައުމާއި ރަށަށްވުރެ.

  12
 6. Happy

  މުސާރަ ބޮޑު ކުރަންވީމަ ބުނީ ލާރިނެތޭ... ފިނޭންސުން. ޢެކަމަކު ބޮޑެތި މުސަރައިގއި މިއޮއްވައްދަނީ މީހުން😡

 7. ޝާން

  ހުސޭން އިސްމާއިލް އަކީ ފައްުޔާޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އޭ ނުލިޔުނު ކަމީ ދެރަކަމެއް.

  10
 8. މަބޭ

  ސިހާބުގެ އަންގަ ބަންދުކޮއްލީ

  10
 9. ޝަމީމް

  ޝިހާބް ތިމަޤާމަށް ހަމަޖެއްސުމަކީ ރަނގަޅުނިންމުމެއްކަމުގައި ދެކެން. ޝިހާބަށް ފާގަތި ދުވަސްތަކަކަށް އެދެން

 10. ނ

  މީ ދޯ އައްޑޫގައި ެެްެެްެެްެެްެެެްެެްެެްެެްެެެްެެްެެްެެްެެެްެެްެެްެެ... ގައި އެންބަސީ އެޅުމާ މާބޮޑަށް ދެކޮޅު ނުވި ސަބަބަކީ...ޝިހާބް ގެ އގުވެސް ވެއްޓިއްޖޭ...

  8
  1