ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ކުރިން އޮންނަ ގޮތުން ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން، ކުރަނީ ހަމައެކަނި ޖޫރިމަނާ އެކެވެ. ކުރިން ލައިސަންސް ހިފެހެއްޓުމާއި ބާތިލް ކުރުން ފަދަ ފިޔަވަޅުތައް އެޅެނީ ނުރައްކާތެރިކޮށް ދުއްވުން ފަދަ ހާލަތްތަކުގައި އެކަންޏެވެ.

ގަވާއިދުގައި ބުނެފައި ވަނީ ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ ކަމަށާއި ޓްރެފިކް ގަވައިދުތާއި ހިލާފުވާ އިރު ހިލާފުވާ ކުޑަބޮޑުމިނަށް ބަލައި އެކި އަދަދުތަކުން ޕޮއިންޓް ކެނޑެމުން ދާނެ ކަމަށެވެ. ޕޮއިންޓް ހުސްވުމުން ދެން ޖެހޭނީ ޓެސްޓްތައް ހަދައިގެން އަލުން ލައިސަންސް ނަގާށެވެ. އަލުން ލައިސަންސް ނަގަން ހުށަހެޅޭނީ ލައިސަންސް ބާތިލް ކުރާތާ ހަމަސް ފަހުންނެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ޕޮއިންް އުނި ކުރާނެއެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެ ކަމަށާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދުދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕޮއިންޓް އުނިވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރުވެއްޖެނަމަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 25 ޕޮއިންޓް އުނިވާނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 20 ޕޮއިންޓް އުނިވާނެ އެވެ.

ގާނޫނުގައި ނުވަަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސްއިން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސުން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެއެވެ.

ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެއެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލލ

    ދުއްވާ އެއްޗެހި މަދުކުރަން އުޅެނީ ، އެތެރެ ކުރުންވެސް މަދުކުރަންވީ ނުންތޯ ؟

    • ޕާކިން

      ޒުވާނުންވެސް ޕާކިންގ ޒޯނު ދައްކާލަދޭނެ ރިޔާސީ އިންތިހާބުގަ..

  2. ނާޅި

    ދުއްވާ އެއްޗެހި މަދުކުރަން މާލޭގެ ބޮޑެތި މަގުގައި ބަސްދަތުރު ފަށަންވީ، ސައިކަލަށް 3 ނުވަތަ 4 މީހުން އެރޭގޮތަށް ހަދަންވީ !

    6
    1
  3. އަލްޖިބްރާ

    މިމާލޭގައި އެންމެ ގިނަ ދުއްވާ އެއްޗަކީ މޮޓޯސައިކަލް ! މިތަކެތި ޕާރކް ކުރާނެ ތަން ތަން ނުދައްކާ ސްޓިކަރ ޖަހައިގެން ސަރުކާރަށް މިލިއަނުން ލާރި ނެގުމަކުން މިކަން ހުއްޓުމަކަށް ނުގެނެވޭނެ ! ރައްޔިތުން ކުރާ ކަންތަކާދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ފުރިހަމަ ކޮށްފަ އޭގެ ފަހުން ! އާއްމުންގެ ލައިސަންސް ގަޑު ވީދާ ކުދިކުދި ނުކޮށް ތިޔަ އެއްޗިހި އެތެރެ ކުރާ ފަރާތްތަކަށް އަހަރަކު އެތެރެ ކުރެވޭނެ ކޮންމެވެސް އަދަދެއް ކަޑައަޅާފަ ކޯޓާ އެއް ހެދިއަސް ތިއަށްވުރެ ރަގަޅުވާނެ !

  4. ސަމްސިއްޔާ

    ހަމަ މިމީހުން 16 އަހަރުގެ ކުދިންނަށް ލައިސަންސް ދޭން މިއުޅެނީވެސް.

  5. މޯޑް

    އޯގާތެރިކަމުނ ފޭރޭ ސަރުކާރު.
    ސްޓިކަރ ނުޖަހެއްނުން،

  6. ނަސީރު

    މިގަވައިދައް ހަމަ ސާބަސް ދަންނަވަން ، މިހާރު ލަސްވެސް ވެއްޖެ މިކަން ކުތަން .
    ހަގީގަތުގައިވެސް ހަމަ ވަރައް މުހިންމު ގަވައިދެއް ، ދިވެހިން ގަވައިދައް އަމަލުކުރުވަން ޖެހޭނީ މިކަހަލަ ގޮތަކައް ، އެއީ އަޅުގަނޑު ކަމުގައިވިޔަސް.
    👋👋👋👋👋👋👋👋👋👋

    3
    7
  7. އަދުރޭ

    މައިގަނޑު ޕޮއިންޓަކީ އިންޑިއާ މީހުންނަށް އިންޑިއާ ލައިސަންސްގައި ދުއްވޭގޮތް ހެދުން

    8
    1
  8. ނަސީރު

    މިގަވައިދައް ހަމަ ސާބަސް ދަންނަވަން ، މިހާރު ލަސްވެސް ވެއްޖެ މިކަން ކުރަން .
    ހަގީގަތުގައިވެސް ހަމަ ވަރައް މުހިންމު ގަވައިދެއް ، ދިވެހިން ގަވައިދުތަކައް އަމަލުކުރުވަން ޖެހޭނީ މިކަހަލަ ގޮތަކައް ، އެއީ އަޅުގަނޑު ކަމުގައިވިޔަސް.
    👋👋👋👋👋👋👋👋👋👋

    2
    5
  9. ދޯނި

    ސަޅި

    2
    2
  10. ސިންގާސަނާ

    ލާރި ކޮޅު ހުސްވީ ދޯ ބޯއިސް؟ ތީ އޭ ވާވަރަކީ!

  11. ރަކިވެގެދީ

    މޮޅެތި ގަވާއިދުހަދާފަ ފޮތުގަލިޔެފަ އޮތީމަ ނިމުނީ. 2018 ވަނަ އަހަރު ހުޅުމާލެތެރެއިން ހިނގިއެކްސިޑެންޓް ގައި ކަނައަތުފައި ދިޔައީބިންދައިގެން. ފުލުހުން ،ގެ ދައުރުއަދާކުރުމުގަ އަމަލުކޮށްފައިވަނީ ވަރަށްމޮޅައް. އެކްސިޑެންޓް ވީމަފުލުހުން ބުނީ ދެގަރާތުްން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮން އަނިޔާވި މީހާއަށް ފަރުވާކޮށްދީ ގެއްލުމުގެ ބަދަލު ދޭނަމަ ފުލުހުން މައްސަލައިގެ ތެރެެއަށް ނުވަންނާނެކަމައް ، އެކްސިޑެންޓް ވިމީހުންގެއަތުގަ ޑްރަްިވިންގް ލައިސަންސް އޮތްތޯ ނެތްތޯ ނުބެލި. ވެރިރަށް މާލޭގަ އެހެންގަޮތެއް ހުޅުމާލޭގަ އެހެން ގޮތަކަށް ފުލުހުން އަމަލުކުރާނަމަ ގަވާއިދުހެދުމުގެ ބޭނުމެއްނުވިސްނޭ . އިތުރުން އުފެދޭ ސުވާަލަކީ ދުރުއަތޮޅު ރަށްރަށުގަ ފުލުހުން ކަންކުރުމުގަ އަމަލުކުރާނީ ކިހިނެއްބާއޭ.؟

  12. ފަރީ

    ހާދަ މަޖާ ގަވައިދެއް، ސައިކް ވެރިމީހާ ނޫން މީހަކައްވެސް، ސައިކަލް ވެރި މީހާ ގޭގަ އޮއްވާ އޭނަގެ ލައިސެންސް ބާތިލް ކުރުމުގެ އިހްތިޔާރު އެބަ ލިބޭއެއްނު ތިޔަ ޖޯކް ގަވައިދުން..

    8
    1
  13. ދޮންމަނިކް

    ދެ އުޅިއެއް ނުވާ ސަރުކާރަކުން ހަދާނީވެސް ހަމަ އެކަހަލަ ދެއުޅިއެއް ނެއް ތާކުން ތާކު ނުޖެހޭ ގަވައިދު.

  14. ބަނޫ

    ސަރުކާރު މިވަނީ ހުރިހާ ދިމާލަކުން ފޭލްވެފަ، ހިންގަން ނޭގުނީމާ ހުރިހާ ނޮހޮރުއްޕާނެއް ރައްޔިތުންނައް، އަްދިވެސް ތާކުން މީހަކް ފެންނައިރައް ގެނެސް ވެރިކަމައްލާ..

  15. ޑައެލޯގް

    ގައިމު ކިނބޫބުނި ކިބޫގެ ވެރިކަމެއްގައި ސްޓިކާނުޖަހާނެވާހަކާއި ރައްޔިތުންނަށް އުދަގޫނުކުރާނެވާހަކަ އެކަމު މިކަމުންވެސް ޑަބަލްގޯސްމިވީ. ސްޓިކާޖެހުންވެސް ދެގުނައަދި ލައިސެންސް ބާތިލްކުރުން