މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރު މަހާއި ބަނގުއާވި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވި އާއި އޫރު މަސް ނައްތާލާފައި ވަނީ ޖުލައި 10 އަދި 13 ވަނަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުއާވި ހިމެނޭ 300 ކެގްސް އާއި 10،860 ދަޅެވެ. އަދި 6،644.81 ކިލޯގެ އޫރުމަސް ހުރި 458 ކޭސް ވެސް ނައްތާލާފައިވާ ކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.