ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އިން ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށެވެ.

މެޓް އިން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދު ތަކަށް އުދަ އަރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 8:00 އަށެެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރުނުއިރު، އިއްޔެ އާއި އޭގެ ކުރީ ދުވަހު މާލެއަށް ވަަރަށް ބޮޑަށް އުދަ އަރާފައި ވެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުނެފަައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަންޑާ

    މެޓް އޮފީހަށް ނޭނގިވެސް އުދަ އަރާފަ އެބަހުރި. އެލާޓެއް ނެރޭތަނެއް ނުފެނޭ.

  2. ކޮރަލް

    ގިނަ ނޫސްތަކާ ސޯސަލް މީޑިޔާގަ ތިޔަ ވާހަކަ ނެތެވެ.