ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހޮސްޕިިޓަލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއް ކަމަށެވެ. އަދި ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ ފަސް ސަރަޙައްދުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިހާރުގެ ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން ގިނަ އައު ހިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ހިދުމަތްތައް ހިމެނެއެވެ.
އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.
ކުޅުދުފުށީހޮސްޕިޓަލުގެ ޙިދުމަތްތަށް މަތިކުރާއިރު
ފުވައްމުލަކުގެ ޙިދުމަތް ތިރިރުރާނަން އަޅުގަޑުމެން
ވޯޓުދިނީ ތަފާތުނުކުރަން ހާސްވައުދުވުމުން ސޯލިހަށް. ސާބަސް އަދިވެސްސާބަސް
އިންޑިޔާ ޕަޕެޓް އިސްތިއުފާ!
މުސްލިމުންގެ އަދުއްވު މޯދީގެ ޕަޕެޓް އިސްތިއުފާ..
ހޮސްޕިޓަލުގެޚިދުމަތްފުޅާކުރާނަން އަންނަމަހުބުރިޖުއަޅާނަން އަންނަމަހު2000ހައުސިންޔުނިޓްއަޅާނަން އަންނަމަހުގޯތިދޭން ފަށާނަން އަންނަމަހު ވެންޓިލޭޓަރުހޯދާނަން އަންނަމަހު މަރުތަކުގެތަހުގީގުނިންމާޝަރީއަތަށްފޮނުވާނަން އަންނަމަހު އެމްއެމްޕީއާރުސީގެރިޕޯޓު( އުނިކުރިބައިނުލާ) ޝަރީއަތަށް ފޮނުވާނަން އަންނަމަހު އުންސުރާފަސުރުދިމާނުވާތީ ރިޕޯޓު އިތުރަށްއުނިކުރަންފޮނުވާނަން މިއީ ކޮންމަހެއްތޯ؟😆😆😆😆😆😆😆😆😆
ދިވެހިންނާއި ދިވެހި ފަސގަޑު ގެ އަދުއްވު ކަލެާމިވަނިީ ދިވހިރަާއްޖޭގެ މިނިވަންކަން ނަގާލާފަ މިހާރުން މިހާރައް ކަލެޭ އިސްތިއުފާދިީ