އައްޑޫ ސިޓީން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފަަައްސިވެއްޖެއެވެ.

އައްޑޫން މިއަދު ފައްސިވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ފައްސިވި ދެ މީހަކާއި، މަރަދޫން ފައްސިވި ހަ މީހެކެވެ.

މިއާއެކު އައްޑޫން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 542 އަށް އަރާފައެެވެ.

އައްޑޫގައި މިފަހަކުން ފައްސިވަމުންދާ ގިނަ މީހުންނަކީ ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ.

އައްޑޫން ފައްސިވާ އަދަދުތައް ދަށަށް ނުދިޔަ ނަމަވެސް އެ ސިޓީގެ ބައެއް ރަށްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ.

އައްޑޫން ބަލި ފެނިގެން އެ ސިޓީ ބަންދުކޮށްފައި ވަނީ މެއި އެއް ވަނަ ދުވަހުއެެވެ. އޭގެ ފަހުން އެ ސިޓީގެ ގިނަަބަޔަކަށް ބަލި ޖެހުނުއިރު، މިހާރު އެ ސިޓީން ބަންދުކޮށްފައިވާ އެ ސިޓީގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫއެވެ.

އެ ސިޓީން ކޮވިޑް ޖެހުނު ދެ މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.