މިއަދު ރާއްޖެ އިން އިތުރު 114 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 18 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 82 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ނުވަ މީހުން އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށްތަކުން ފަސް މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 7101 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %1.61 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2378 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 11 މީހުންނަށެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިމަހުގެ ދެވަނަ ހަފްތާއަށްވުރެ މިހަފްތާގެ ފުރަތަމަ ދެދުވަހު ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.