22:02

މިއަދު ކޮވިޑަށް ފައްސިވީ 80 މީހުން

18:40

މިދިޔަ ހަފްތާ އަންގާރަ ދުވަހު ކޮވިޑް-19 ވޭދަނައެއް ފެނިގެން ބަންދުކުރި، ށ. އަތޮޅު ފޯކައިދޫން ކޮވިޑް ޖެހުނު އަދަދުތައް 40 އަށް އަރައިފި

16:38

ކ. އަތޮޅު ކާށިދޫން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:13

ތައިލެންޑުން ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވެ، ބަލީގައި މަރުވަމުންދާތީ އެގައުމުގައި ކޮވިޑާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށް އާންމުން އެއްވެ އުޅުން މަނާ ކޮށްފި

12:51

ކޮވިޑް ޖެހުމުން ހަށިގަނޑުން 203 އަލާމާތެއް ފެންނާނެ!

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު 11 އަށް މަދުވެއްޖެއެވެ. މިއީ ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިހާރު އެޑްމިޓް ކޮށްފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ނުދާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއްވައެވެ. އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދަނީ ތިން މީހުންނަށެވެ.

އިތުރު 114 މީހަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 18 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 82 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ނުވަ މީހުން އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށްތަކުން ފަސް މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 7101 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %1.61 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2378 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު