ކޮވިޑް-19 އާ ގުޅިގެން ލ. މާވަށް މޮނިޓަރިިންގައި އޮންނަތާ 71 ދުވަހަށް އެ ހާލަތު އުވާލައިފިއެވެ.

މާވަށަށް އަރައި ފޭބުން މަނާ ކުރީ އެ ރަށުން އުމުރުން ދުވަސްވީ މީހަކު މި ބައްޔަށް ފައްސިވުމާއި ގުޅިިގެންނެވެ. މާވަށަކީ ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރި ހާލަތު ގޯސްވި ރަށެކެވެ. އެރަށުން 334 މީހަކު ފައްސިވެފައިވާ އިރު، މި ބަލީގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާވަށު ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ފިޔަވާ އެންމެން ވަނީ ބަލިިން ރަނގަޅުވެފައެވެ. މީގެ ތެރެއިން ދެމީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާވަށު މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ ވަކި ތަރުތީބެއް ނެތި އެރަށުންް ނެގިި ހުރިހާ ސުންކެއް ނައްސިވެފައިވާތީއެވެ. މިއާ އެކު ލ. އަތޮޅުގެ އެއްވެސް ރަށެއް މިވަގުތު މޮނިޓަރިންގެ ހާލަތުގަައެއް ނެތެވެ.

އެއަތޮޅު ގަމާއި ފޮނަދޫ އިިންވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތު އުވާލާފައެވެެ. ލ. އަތޮޅަކީ މާލެ އަތޮޅު ފިޔަވާ މިހާތަނަށް އެެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެެފައިވާ އަތޮޅެވެ. ލ. އަތޮޅުން މިހާތަނަށް އަށް މީހަކު ކޮވިޑް ބަލީގައި ވަނީ ފައްސިވެފައެވެ.