ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވަން އުޅުނު ބަޔަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ ދެއްވަން ގޮވާލެއްވުމުން ގިނަ ބަޔަކަށް އެކަން ބޮޑު ޖޯކަކަށްވެއްޖެއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ގެންދަވަނީ ހދ. ގެ އަތޮޅުގެ ރަށްތަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ލިބިގެންދިޔަ ހދ. ކުޅުދުއްފުއްޓަށެވެ.

އެމަނިކުފާނު ވަޑައިގެންނެވި ވަގުތާ ދިމާކޮށް އިދިކޮޅުގެ ސަޕޯޓަރުން ގެންދެވީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އެ ނުރުހުން ފާޅުކުރުމުގެ ތެރެއިން ރައީސްގެ އިސްތިއުފާއަށް ވެސް އިދިކޮޅުގެ ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ.

ސަރުކާރާ ދެކޮޅަށް ޝޫއުރުފާޅުކޮށް އަޑުއުފުލަމުން ދިޔަ ސަޕޯޓަރުން ޖޯޝުގައި ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް "ދޫ އޮޅިގެން" ދެން ގޮވުނީ ޔާމީންގެ އިސްތިއުފާއަށެވެ. "ރައީސް ޔާމީން" ގޮވަމުން ދިޔަ ވަރަކަށް ސަޕޯޓަރުން ދިޔައީ "މިނިވަން ކުރޭ" ގެ ބަދަލުގައި "އިސްތިއުފާ"އަށް ގޮވަމުންނެވެ. ސަޕޯޓަރުންނަށް ރޭކަލީ މާ ފަހުންނެވެ.

Riyaz Ahmed - Kaaku isthiufaa ey.?😂😂😂 | Facebook

ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި، ކުމުންދޫގެ އިތުރުން ހަނިމާދޫއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. ކޮވިޑް-19 ގެ ހާލަތާހެދި މަރުހަބާކިޔަން މީހުން އެއްތަން ނުވާން ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރައްވާ ސަރުކާރުން އެ ރަށްތަކަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގުއިރޯޏޫ

    އެވަރުކަމެއް ވެދާނެ...އެހާޖޯޝުގަ...

    72
    9
  2. ބޮކި

    ތިހީ ހަތަރެސްކަންހަމަވެފަ.

    29
    15
  3. އާދަނު

    ތިވާނީ ކުރިން އެމްޑީފީއަށް މަރުދިން ބަޔަކު ކުރި ކަމެއް ކަމަށް. ފަސްއަހަރު ޔާމީނު އިސްތިއުފާ ގޮވާފައި އޮތީމަ އެގޮތައް ފަރިތަ ވެފައި ހުރީކަމަށް ވާނީ. ކުރިން ސަޕޯޓް ކުރި މީހުންވެސް މިހާރު ދެކޮޅުކަން.

    56
    6
  4. ދިދަ ދަނޑި

    މަޖާކަމަކަށް ވިޔަސް އިސްތިއުފާ ދޭންވީ ކާކުކަން އިނގޭނު ސުރުހީ ބަލާލީމަވެސް… ޖޯކަޖަށް ނުހަދާ ދެން އިސްތިއުފާ ދީ އަވަހަށް…

    55
    14
  5. މޫސަ

    ތިޔަކަންތިޔަކުރީ އެމްޑީޕީގެ ބަޔަކާވައްތަރީ

    42
    9
  6. ރަބަރޭ

    ޔާމީން އިސްތިއުފާ😀

    20
    42
  7. ކިޔުންތެރިއެއް

    އެވަރުކަމެއް ވެދާނެ. މިސަރުކާރުން އޮޅިގެން ބޮޑެތި ވައްކަން ތައްވެސް ކުރަނީތާ.

    44
    11
  8. ހަކަންތައް

    ދެ ކަމަކަށް އެއްފަހަރާ ގޮވާލަންޔާ އެހެން ވެދާނެ. އިބޫ އިސްތިއުފާ، ޔާމީން މިނިވަންކުރޭ، އެއްފަހަރާ ގޮވަން ހަދައިގެން ކިޔޭނީ އިބޫ މިނިވަންކުރޭ ޔާމީން އިސްތިއުފާ ކަހަލަ އެއްޗެކޭ.

    23
    1
  9. ހުއްބުލް ވަތަން

    ތީ އޮޅިގެން ހިނގި ކަމެއްނޫން! ރައީސް ޔާމީނާ ދެކޮޅު އޮއިވަރެއް "މިނިކާބާޒުތައް" މިހާރު ޕީޕީއެމްގަ އެބައޮތް. ރައީސް ޔާމީނަށް މާ ހެޔޮއެދިގެންކަމަށް ހެދި އެމަނިކުފާނު ދޫކޮށްލަން ގޮވާލާ ކަމަށް ހެދިގެން އަޑިއަޑިން އެމަނިކުފާނު ދޫނުކޮށްލުމަށް މަސައްކަތްކޮށް ނޫސްތަކުގަ އަމިއްލައަށް ޕްރޮމޯޓުވާ ބަޔަކު އެބައުޅޭ. ވ.ވިސްނުންތެރިކަމާއެކު ނޫޅެއްޖެއްޔާ މިމިނިކާ ބާޒުތައް ޕާޓީ ޖަހައިގަނެދާނެ.

    9
    1
  10. ކުޑަބެ

    އަސްލު ގޮވީ ސާލިހުގެ އިސްތިއުފާއަށްކަން ޔަޤީން

    16
    1
  11. އައްޔު

    އެމްޑީޕީ ކުދިން ފަރިތަވެފަތާ ހުންނާނީ މައުތް ޓޫ މައުތް ވާހަކަ ދައްކާބައެއް ވިއްޔާ އަމިއްލަ ސިކުނޑި އޮންނާނީ މަތާރަންފިލާމަތީ ނިދަން

  12. ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ޙެ ޔަށް ގޮތް ވީ މަ ތިހެން ވެސް ވެދާނެ.

    6
    2
  13. އަނީދާ

    ނާގާބިލް ރައީސް އިބޫ އިސްތިއުފާ.

    12
    3
  14. Anonymous

    ޔާ މީންގެ އަތްބުރިކުރެވޭނެތަ ޝަރީއަތުގެ ދަށުން