ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން ގޮނޑުދޮށުގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން 310 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މި މަޝްރޫއުގެ ދެބައިކުޅައެއްބައި މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.

މީގެ އިތުރުން އާޒިމް ވަނީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫ ހިނގަމުން އަންނަ ގޮތް ވެސް ބައްލަވާލައްވައިފައެވެ. ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބޮޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން 616 މީޓަރުގެ ބްރޭކް ވޯޓަ އެއް ލުމާއި، 185 މީޓަރުގެ ރިވެޓްމެންޓަކާއި، 326 މީޓަރުގެ ކުއޭ ވޯލްއަކާއި 4320 ސްކޮޔާ މީޓަރުގެ ޕޭމެންޓެއް އަދި، ބަނދަރު ބައްތިޖެހުން މި މަޝްރޫގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިއްދޫ

    ރައީސް ސޯލިހުހއ. ދިއްދޫގެ ރައްޔަތުންބޭނުންވާ ގިނަގުނަ މަސައްކައްތަކެއްކޮއްދެއްވުމުން ގެދާވާކަންފާގަކޮއް އެމަނިކުފާނައް ވަރައްއިހުލާސްތެރިކަމާއެކުދުކުރުދަންނަވަން އަދި އިތޮލު ހޮސްޕިޓަލުގެ މަސައްކަތާ މިނީކޮލެޖުގެ މަސައްކަތް ވަރައަހައް ފެށޭނެކަމުގެ ޔަގީކަން ރައްޔަތުން އުންމީދުކުރޭ ދެހާސްތޭވީސް މަނިކުފާނާއެކު ދިއްދޫ ރައްޔަތުން ތިބޭނީ ބިންހިއްކުން މަގުހެދުން މިިކަންވެސްވާނެ؟

    1
    6