ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރަން އެ ސިޓީގައި އޮތް އެ ޕާޓީގެ ލީޑާޝިޕާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފިއެވެ.

ހދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ގެންދަވަނީ އެ ސިޓީގެ އެކި އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ.

ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ލީޑާޝީޕްގެ ބޭފުޅުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ އެ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި މަގު ހެދުމާއި ސިއްހީ ހިދުމަތާއި ގެދޮރާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހްގެ ވަޒީރުންގެ ތެރެއިން އެމްޑީޕީގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި އުތުރު ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީގެ ވެރިކަމެއްގައި އެ ޕާޓީގެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާ އިރު، ރައީސް ސޯލިހް ވަނީ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދުނު ހަތަރު ވަނަ ސިޓީގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާ ކުރުމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވާފައި މި ވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ސޯލިހް މި ކަމާ ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް ތަރުޖަމާނާ ސުވާލު ކުރުމުން ވިދާޅުވަނީ ރައީސްގެ ހުރިހާ ސަމާލުކަމެއް އޮތީ އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުމަށެވެ.

ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހްއާ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވާ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހެދުމުގެ ބިލު ފާސްނުކުރާނަމަ ސަރުކާރަށް ތާއީދު ނުކުރެވޭނެ ކަން ވެސް މިއަދު ދުނިޔެއަށް ހާމަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ސޮރީ 2023 ގައި ނެތް ވޯޓް ދެވޭކައް، އެނގޭ ވޯޓައްކަން ތިޔަ ފޫގަޅަނީ.

  11
 2. Anonymous

  ކޮނަމެތަނަކު ވެސް އުޅޭނެ ބޯގޯސް ކަނު ބީރުމީހުން ހަމަޔަގީނުން ވަޒީފާގެ ތަހިވެތިކަމުގަ ވެސް ގައުމް ވިއްކާ ޑިއުޓީތަކާ އެއްޗެހިނަގާއިރު މިމީހުން އެނއމެގިނައިން ފިހާރަތަކުގަމައްސަލަ ޖައްސަނީ މީމީހުން ހިންނަވަރުމޯޑީ ހެފަހަތުގަވެސް ބޮލައްބޭސްކުރަންވީ

 3. ރަތުނާ

  ކޮވިޑްގެ މިނުރައްކާތެރި ހާލަތުގައިވެސް ޕާޓީ ގެ މަސައްކަތުގައި ސިޔާސީ އެއްވުންތައް ބޭއްވުމުގައި ވެރިމީހާ. ކިތަންމެ ވަރަކަށް ފެލިޔަސް ނެތް އެއްޗަކުން ނެތް ދިޔައެއް ނުފެލޭނެ. ތާއީދެއް ނެތް. ތިއޮތީ ބޮޑު ކުޅުއްދުއްފުށި ސިޓީން ނުކުމެލިވަރު. ތިވެސް ވާނީ ވަޒީފާގައި ތިބި އެކްޓިވިސްޓުން ކަމަށް. ތާއީދެއް ނެތޭ. އިސްތިއުފާދީފައި ރަށަށް ، ރަށުގެ ނޫރާނީއާގެ އަށް ވަޑައިގަންނަވާ ސޯލިހޫ

  14
  1
 4. ލުޓޭރުންގެ ސަރުކާރު

  ހުރިނަޒާހަތްތެރިކަމެއްތާ....ރަަސްމީދަތުރުގަގޮސް ސިޔާސީހަރަކާތް އިތުރުކޮށް ފުޅާކުރަން މަސައްކަތްކުރަނީ...ޒީރޯޓޮލަރެންސްގަ....ކޮން މޑޕ ހަރަކާތެއްގެ ވާހަކައެއް މުހައްމަދުނާޒިމުޕާޓީ މނޕ އަށް މީހުންހޯދަން މެޓާދޮލަނގު ބަހަން މީހުންހޯދާ ވާހަކަބުނެބަލަ....ހުރިހާ ކޮރަޕްޓް ބައިގަޑު އެކު ވެ ގައުމު އަޅު ވެތިކޮށް އިންޑިއާއަށް ވިއްކާފަ ލާރިކޮޅެބަހާލަނީ....2023ގަ ގައުމު ވިއްކާގްރޫޕަށް ވޯޓުދޭންތިބޭތި ވޯޓު ވިއްކާމީހުން..

 5. ހަޑިމިލޭރު

  ދެބޯގެރި ދުއްވަނީ މޯޑީ ބުނެގެން އުތުރުގެ މީހުން ރުއްސަން ކެމްޕެއިން ކުރަނީ. ދިވެހިން އަޅުވެތި ކުރުމުގެ ކެމްޕެއިން މެޑަމްއާައެކީ މެކުހަށް ޖަހާފަ. ކުޅުދުއްފުށީ ގަމާރުންތައް ކޮނޑުހުޅުންނެއްޓެންދެން އަތްތިލަފޫދައްދެން ބާރަށްއަތްޖަހަގަ. ގުއިރޯނުގަޖެހިގން ތިބެގަ. ތިޔާރަށުގަވެސް ފެންނަންހުރީ ޔާމީން ގެނެސްދެއްވި ތަރައްގީ. ހޮސްޕިޓަލްގަވެސްފެންނަންހުރީ ޔާމީން ކޮށްދެއްވި ކަންތައްތައް. މިސަރުކާރުން ހެޑލައިން ނިއުސް ހެދުން ކަމަކީ. ލަދުކޮބާ.

 6. ބަކުރު

  ބޭރު ގައުމުތަކުން ރަށްޔަތުންނަށް ދިންލާރިތަށްމިކަލޭގެ ބަށްކޮށްގެން ކެމްޕެއިން ހިންގަނީ 2023 ގަ ވެރިކަންހޯދަން މިއީކީ ވާނެކަމެއްނޫން މިކަލޭގެޔަށް ވެރިކަންދިނުމަށްވުރެ ކުޑަސޮރުބޭގޯތި މަންމަނަށް ވެރިކަންދިނަސް މާރަނގަޅުވާނެ.