އުތުރަށް ބޭނުންވަނީ އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ދަތުރު ކުރާނެ "ދަބަރުޖެހި ފެރީއެއް" ނޫން ކަމަށާއި، އެ ސަރަހައްދަށް އެންމެ ފައިދާ ބޮޑީ ކުރީ ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން ނިންމި ރައީސް އަބްދުﷲ ޔާމީންގެ އައިހެވެން މަޝްރޫގެ ތަސައްވުރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވަނީ ޔާމީންގެ އައިހެވެން ތަސައްވުރު ޗައިނާއާއި ގުޅިގެން ކުރިއަށްގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެއީ އިންޑިއާގެ ކޮޗިންގްއާއި ދެމެދު ފެރީގެ ނިޒާމެއް ގާއިމް ކުރުމުންވާ ފައިދާއަށް ވުރެ ބޮޑަށް އުތުރަށާއި، މުޅި ރާއްޖެއަށް މަންފާ ލިބޭނެ މަޝްރޫއެއް ކަން އޭނާ ފާހަގަކުރެއެވެ.

"އުތުރަށް އަޅުއްވަންވީ ކޮޗިން ގެ ދަބަރުޖެހި ފެރީއެއް ނޫން. އައިހެވެން ޕްރޮޖެކްޓްއަކީ ހަމައެކަނި އުތުރަށް އެކަނި އަންނާނެ ތަރައްގީއެއް ނޫން. ދައުލަތުގެ އާންމުދަނީ އެތައް ގުނައެއް ކުރާނެ ޕްރޮޖެކްޓެއް. ރައީސް ޔާމީންގެ މި މުހިންމު ވިޝަން ޗައިނާއާއި އެކު ކުރިއަށް ގެންދަވަން ރައީސް ސޯލިހަށް ގޮވާލަން" ޝިޔާމްގެ ޓްވީޓްގައިވެއެވެ.

އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓެއް ފ. އަތޮޅުގައި ތަރައްގީ ކުރުމެވެ. ސައުދީ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން އުޅުނު މި މަޝްރޫއަކީ ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން އެގައުމުގެ ޝާހީ އާއިލާގެ ބޭފުޅަކަށް ދޫކޮށްލަން އުޅުން ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ އިން ސިފަކުރިއެވެ.

އަދި ސިޔާސީ މަޝްރަހު ހަލަބޮލިވުމުން މި މަޝްރޫއުގެ މަސައްކަތްތައް އޭރުގެ ސަރުކާރުން މަޑުޖައްސާލިއެވެ.

އެމްޑީޕީގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެތަން ތަރައްޤީ ކުރެވިގެން ދާނީ "އިންޓަރގްރޭޓެޑް ޕްލޭން" އެއްގެ ދަށުން ކަމަށާއި، އެތަނުގައި ޓޫރިޒަމް އާއި ޓްރާންސިޕްމެންޓް ބަނދަރެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށް އައިރު އެއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަހޫ

  ބޭނުން ވަނީ -/18ރ ތެޔޮލިޓަރެއް ނައިފަރު ފެނަކަ އަށް ވިއްކޭތޯބެލުން. ޢަނގަހުޅު ވަން ލަދުނުގަނޭތަ.

  8
  20
 2. 13ވގ

  އެހެންވެތޯ 7 އަހަރުގެ ދައުރެއްނިންމާލި އިރު އެހާ ފުރިހަމަ އަހެވަންއެެއް އެފެންނަނީ ތެޔޮވަގު

  9
  20
  • އަނދުނޭ

   ފުރިހަމަ އައިހެވަންއެއް ގެ މަސައްކަތް ކުރަން ފުރުސަތު ނުދިނީ ތިބައިގަނޑު. ފުރިހަމަ ފ އަތޮޅެއްގެ މަސައްކަތްވެސް ކުރިއަށް ނުގެންދެވުނީ ތިބައިގަނޑާ ހެދި. އައި ހެވަންގެ ހުރިހާ ރިސާޗް ތަކެއް ހަދާ ނިމިފަ އޮތީ. އެމަސައްކަތް ކުރީ އެމެރިކާ ބަޔަކު. ގަޓެއް ހުރި ބައެއްވީއާ މާދަންވެސް މަސައްކަތް ފަށަންވީ.

   5
   1
 3. ކާފަބޭ2020

  އިންޑިޔާގެގެރިމޯދީ ހޭހުއްޓާތިޔަކަންވިޔަކަނުދޭނެ! ބަޅާބާއީ ބޭނުމެއްނޫންޗޯޓާބާއީ ސަލާންޖަހަންނުޖެހޭގޮތަށްވާކަށް! 30އަހަރުވަންދެންސަލާންޖަހައިގެން މައުމޫނުއުޅުނުގޮތަށް ގެންގުޅެންއަބަދުވެސް ބަޅާބާއީބޭނުމީ! ސަލާންޖަހައިގެން ނުލިބުނު އެމްއާރއައިމެޝިންބަހައްޓާ 25 ފަންގިފިލާގެ ދަރުމަވަންތަހޮސްޕިޓަލާ ބޮޑުހައިވޭފާލަމަކާ ފުލެޓުތަކެއް މަތިމައްޗަށްއަރައިގެންދާންފެށީމަ ވޯޓުފޮށްޓަށްތިމަރައެޅީ! ދެނީކުރެޑިޓްލައިނާލުއިލޯނު! 3 ޕަސެންޓުގަޗައިނާއިންލޯނުނަގާ ލޯނު 8 ޕަސެންޓުގަ ޗޯޓާބާއީއަށް ސަޅިދޯ؟ މަސައްކަތް ބަޅާބާއީގެކުންފުނިތަކަށް! ދަރަނިދަންމަޅިޗޯޓާބާއީކަރަށް! ވާހްވާ ތާލިޔާތާލިޔާތާލިޔާ😆😆😆😆😆😆😆😆😆😆

 4. އަލްޖިބްރާ

  ޔާމީނު ގެވެރިކަމުގައި ދިވެހި ޒުވާނުން މެދުއުޑުގައި ފިޔަޖަހަން ފެށިފަހުން މިއުޅެނީ މެދުއުޑުން ތިރިނުވެގެން ! މިވަރުގެ ތަސައްވުރު ތަކެއް ބޭނުމެއްނޫން ! ޝިޔާމު މޮޔަވީތަ ؟

  1
  4
 5. ައަހުމަދު

  ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުން މަޖިލީހުގައި ތިބެނީ ރައްޔިތުންނަށް ފައިދާވާނެ އެއްކަމެއްވެސް ނުކުރަނެ މުޅިން އަމިއްލަ އެދުމުން ފުރިފައި ތިބެބައެއް ތިބޭތަނެއް ތިއީ އަނެއްކަ އެހާ ލަދުވެސްޑަ ހިތައްނާރާ ރައްޔިތުންގެ ބައިތުލްމާލުންނޭ ތިމަންމެނަށް މުސާރަ މިދެނީ.

  2
  4
 6. ާަެެައބދ

  ޕޕ އެމް އާއި އެމްޑީ ޕީ އަކީ މާޒީ ......! ދެން ކުރާކަމެއްވިއްޔާ ކުރާނީ އެހެންބައެއް....

 7. ޢބދ

  ގަޓު ހުންނަމީހުންނަކީ ޒަމީރުގަ ތެދުވެރިކަން ހުންނަމީހުން ...ފުރަތަމަ މިކަން ގަބޫލުކޮށް ދުލުންބުނެބަލ 100 މިލިއަން ދިވެހިރުފިޔާ ބޭންކު އެކައުންޓުގަ ހުންނަ އުމުރުދުވަހު ސަރުކާރުގަ އުޅުނުމީހަކު އެއީ އަމާނާތްތެރި ރަނގަޅުމީހަކައް ނުވާނޭ . އެފަދަމީހުން ފައިސާ ހޯދި ގޮތެއްބަލާފަ އެފައިސާ އެމީހެއްގެ އަތުން އަނބުރާ ނަގާފަ ...،........! އެ ޚިޔާނާތައް އަދަބުލިބެންޖެހޭނެ..