ލައިސަންސް ނުނަގާ ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވައިގެން ކުރި ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސަށް އެދެވޭ ގޮތަށް އެެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

މީގެ ކުރިން އަމަލުކުރަމުން އައި ގަވައިދުގައި ބުނާ ގޮތުން ލައިސަންސްގެ ނަގަން ހަދާ ތިއަރީ ޓެސްޓުގައި ބައިވެރިވެވޭނީ ހުއްދަ ނެތި އެއްގަމު އުޅަނދު ދުއްވައިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތްނަމަ އެ ޖޫރިމަނާ ދެއްކުމަށް ފަހުއެވެ.

ބުރާސްފަތި ދުވަހު ޓްރާންޕޯޓް މިނިސްޓްރީން އާއްމުކުރި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ލައިސެންސްއަށް އެދި ހުށައެޅުމުގެ މާއްދާގެ ދަށުން ވަނީ އުނިކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަދުރޭ

    މި ޤަވާޢިދު ހަދާފަ މިއޮތީކީ ރައްޔިތުންނަށް ފަސޭހަކުރާކަށް ނޫން އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާކަށްވެސް ނޫން. ވިސްނާލަބަލަ މި ޤަވާޢިދު ގައި ނެތޭ ޢަޑުގަދަވާ ގޮތަށް ހަދައިގެން ސައިކަލު ދުއްވާ ގޭންގް މީހުންނަށް އަޅާނެ ފިއަވަޅެއް . ސައިކަލެއްގައި ގޮސް މީހަކަށް ޙަމަލާދީފިއްޔާ ލައިސަންސް އަށް ވާނެގޮތެއް ނެތް މީގައި . އެންމެ ގިނަ ގޭންގް ޙަމަލާތައް ހިނގާފަ ހުރީ އެގޮތަށް. ވީމާ މީ ރައްޔިތުންގެ މަޖްލީހުގައި ތިބި މީހުން ނިކަމެތި ރައްޔިތުންނަށް ދުއްޕާން ކުރަން ހެދި ޤަވާޢިދެއް . މުޅިންވެސް ހުރީ ޕާކު ކުރުމާ މާލޭގެ ތޮއްޖެހުން ބޮޑު ކަމުން ރައްޔިތުންނަށް ދިމާވާ އުނދަގުތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ފިއަވަޅު އަޅަން ނިންމާފަ .

  2. ްއަލިބެ

    ރައްޔިތުންނައް ބަލާ ބޮޑުކުރުންނޫން ކަމެއް ނުކުރެ

  3. ައަހުމަދު

    ޤްާނޫން އާއި ޤަވާއިދުތައް ތަންފީޒް ނުކުރެވެންޏާ އެ ނެހެދިޔަސް މަރަނގަލުވާނެ، ފައިސާއާއި ވަގުތު ސަލަމަތްކުރެވޭން، ރައްޔިތުންގެ ވާހަކލަ ދައްކަނެކަމެއްނެތް އެއީ ރައްޔިތުންގެ ފައިދާއަށް ޤަނޫން ހަދާއިދާރާތާއި ތަންފީޒީ އިދާރާތްތަކެއް މަސައްކަތެއްނުކުރޭ، ތިވެސް އިސްލާހް ތިކުރި ކުއްވެރިންނަށް ފައިދާކުރަން، އެނޫން ކަމެއްގައެއްނޫން.