މިއަދު ރާއްޖެ އިން އިތުރު 80 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 16 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 56 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު އަށް މީހުން ފައްސިވިއެވެ. މިއަދަކީ ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ މަދުވި ދުވަހެވެ.

މިއަދު 6928 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %1.15 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2516 މީހުންނެވެ. މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 23 އަށް އިތުރު ވެފައެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 11 މީހުންނަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު 142 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މާލޭގެ ކާފިއު އުވާލާ ލުއިތައް ދިންތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދި ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންނެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު