ޏ.ފުވައްމުލަކު ގެއަކުން ވަގަށް ނަގާފައިވާ ބައެއްތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުވައްމުލަކު ގެއެއްގެ އަލަމާރި ތެރެއިން، އަތުގައިއަޅާ 2 ރަން ކެވެލިކޮޅާއި، ފައިގައިއަޅާ ކެވެލިކޮޅަކާއި، ކަރުގައިއަޅާ ރަންފަށަކާއި، ކަންފަތުގައިލާ މުންޖަކާއި އަދި ރިހި ފައްޓަރުބައެއް ވަގަށް ނަގާފައިވާ ކަމަށް ހުށަހެޅުނު މިމައްސަލައާއި ގުޅިގެން، ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރިހި ފައްޓަރުބަޔަކާއި ރަން ކެވެލިކޮޅެއް މިމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިކަމެއް ނުވާނެ