22:01

މިއަދު ކޮވިޑަށް ފައްސިވީ 63 މީހުން.

21:56

ކުރިއަށް އޮތް ދެދުވަހު މާލޭގައި ސުންކު ނަގާ ސެންޓަރުތައް ބަންދު ވާނެ.

17:18

އއ. ރަސްދޫން ފަތުރުވެރިއަކާއި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް ބަންދު ކޮށްފި.

17:01

މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސް އަށް ދިޔަ ދެ އެތްލީޓުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:44

16:31

ކޮވިޑް-19 ގެ ސަބަބުން ހައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުން އަމަލު ކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފު 20 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައީ ހާއްސަކޮށް ރާއްޖެ އަށް އިންޑިއާގެ އެތައް ބަޔަކު އައިސް "ކަރަންޓީން މަރުކަޒަކަށް" ރާއްޖެ ވެގެން ދިއުމުން ޑެލްޓާ ވޭރިއަންޓް ފެތުރިގެންނެވެ. އެހާލަތުން ރާއްޖެ އަރައިގަނެ އަނެއްކާވެސް ދެކުނު އޭޝިއާގެ މީހުންނަށް ރާއްޖެ ހުޅުވާލުމާއިއެކު އިންޑިއާ އިން މެދުއިރުމައްޗަށް ދަތުރު ކުރާ މީހުންގެ ކަރަންޓީން މަރުކަޒަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

އޮޅުވާލައިގެން ސައްހަ ނޫން ލިޔުންތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު ދެތިން ސަތޭކައެއްހާ މީހުން އަނބުރާ ފޮނުވާލާ އަދި ތިން ގެސްތްހައުސްއެއްގެ ހުއްދަ ބާތިލް ކުރި ނަމަވެސް މިއީ ގަވައިދާއި ހިލާފަށް އެތެރެވާން އުޅޭ މީހުން ހުއްޓުވުނީ ކަމަށް ދެކިގެން ނުވާނެއެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އަދިވެސް ވަރަށް ގޯހެވެ. އިންޑިއާ އިން ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައިވާ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ. އަދި ބައެއް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް ޑެލްޓާ ވޭރިއަންޓުން ދިފާއު ވުމުގެ ނިސްބަތް ކުޑަކަމަށް މިހާރު ދިރާސާތަކުން އަންނަނީ ދައްކަމުންނެވެ. އެހެންކަމުން ކޮންމެ ގޮތަކަށް ބެލި ނަމަވެސް "ކަރަންޓީން މަރުކަޒަކަށް" ރާއްޖެ ވެއްޖެނަމަ ހާލަތު އަނެއްކާވެސް ގޯސް ވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟަލަސަ

    މިއީ އިންޑިޔާގެ ސިޓީއެއް ނަސީދުގެ ބާރުން މކަންކުރާނެ މިކަން ހަޖަމުނުވެގެން ބައެއްމެބްބަރު ފޮޅެނީ ނުރުހުމުގެ ބިލުވެސް އިންޑިޔާ ހިމާޔައްކުރުން؟

  2. ޖިންނި

    ލާދީނީ ސަރުކާރާއި ޝިރްކް އިންޑިއާ އިން މި ޤައު މް ފަނާކުރަން ކޮން މެ ކަ މެއްވެސް ކޮށްފާނެ

  3. ާ

    އަދި ވެސް ގިނަ ލުއިދީ... ބޯހަލާކު

    7
    1
  4. ބުއްޅަބެ

    ވަރަށް ބޮޑު ތެދެއް. މިހާރު ވެސް ބަނޑޮސް ރިޒޯރޓަށް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ އިންޑިޔާ މީހުން އާދެ. އެއްދުވަސް ރިޒޯޓްގަ ކޮށްފަ، އަނެއްދުވަހު ފުރައިގެން ދަނީ ސެޓްފިކެޓް ހިފައިގެން އެހެން ޤައުމަކަށް. ބަނޑޮހަކީ ކުރީ ފަހަރުވެސް އިންޑިޔާ މީހުންގެ ކަރަންޓީން ހަބަކަށް ހެދި ތަނެއް. މެނޭޖް މަންޓް އޯކޭ ޑޮލަރެއް ހިފައިގެން އަންނަނިކޮށް. މުވައްޒަފުން ހުރިހާ ނުރައްކަލެއްގަ، ސާވިސްޗާރޖް ބޮޑުން ކައިފަ ބާކީ ހުރި އެތިކޮޅު ސްޓާފުންނަށް. ޤައުމުގެ ހާލަތު.

    13
  5. ާގޮއްޔެ

    އަދި ވެސް ގިނަ ލުއިދީ... ބޯހަލާކު

  6. ކިނބޫ އައުޓް

    ބިރުބޮޑުވާނެ ކަމެއްނެތް. އިންޑިއާ ގެރިމޯދީ ބުނާގޮތަކަށް މިތަން ހިގާނީ. އިންޑިއާ ގެރިފަޅިތައް ފުއްޕާފަ މިގައުމުގަ ބޭނުންގޮތަކަށް އުޅެނީ. ކޮންކަމެއް ކުރެވޭނީ. ގެރިމޯދީ ޑޮލަރު ބަހައިގެން ގެނައި ވެރިކަމެއް. ގެރިކަލޭގެ ބުނާގޮތަށް ކިނބުލަށް ޖެހޭނީ ކަންތައް ކުރަން. ޖުލައި 26 މިއޮތީ ބޯމަތިވެފަ. ކިނބޫ މިނިވަންކަމޭ ކިޔާލާއިރު ގައިގަ އަންނައުނު ހުރިތޯބަލާތި.