ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ފާޅުކުރައްވައިފިއެވެ.

މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ސޯބެ ފާޅުކުރެއްވީ "އައްޑޫލައިވް" އިން ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސޯބެ ވިދާޅުވީ މަޖިލީހަށް އިންތިހާބަށް ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް ވަކި ދާއިރާއެއް އަދި ނުނިންމާ ކަމަށެވެ. "އެކަމަކު ޝައުގުވެރިކަން އެބަހުރި ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވާދަކުރުމުގެ" ސޯބެ ވިދާޅުވިއެވެ.

ކެބިނެޓްގެ މަގާމުން ފުރުސަތެއް ލިބިއްޖެނަމަ ގަބޫލުފުޅުކުރައްވާނަންތޯ ސުވާލުކުރެއްވުމުން ސޯބެ ވަނީ އެފަދަ މަގާމަކަށް ވުރެ ބޮޑަށް އިހުތިޔާރު ކުރައްވާނީ އިންތިހާބީ މަގާމެއް ކަމަށެވެ. މިހާތަނަށް ވެސް ހިދުމަތް ކުރެއްވުނީ ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ސިޔާސީ ކަންކަމަކީ ބަދަލުވަމުންދާ ކަންކަން ކަމަށް ސޯބެ ވިދާޅުވިއެވެ. "އެކަމަކު ޝައުގުވެރިކަން ބޮޑަށް ހުރީ އިންތިހާބީ މަގާމަކަށް އައުމުގެ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ފުރަތަމަ އައްޑޫ ސިޓީގެ އަތޮޅު ކައުންސިލަރު ކަމަށް އައްޔަން ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. ކައުންސިލްތައް އުފެދި ފުރަތަމަ 2011 ވަނަ އަހަރު ކައުންސިލްތައް އިންތިހާބު ކުރުމަށް ފަހު އައްޑުއަށް މޭޔަރު ހޮވިއިރު ސޯބެ މޭޔަރަކަށް ހޮވުނެވެ. މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލްގައި ވެސް މޭޔަރު ކަމަށް ސޯބެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ނަމަވެސް ކުރީގެ މެންބަރު އަލީ ނިޒާރު ވަނީ ސޯބެގެ މައްޗަށް ޕްރައިމަރީގައި ކުރި ހޯއްދަވާފައެވެ.

އޮސްޓްރޭލިއާ އިން މަތީތައުލީމް ހާސިލް ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ސޯބެ ފުރަތަމަ އަދާކުރެއްވީ ސްކޫލް ޓީޗަރެއްގެ ވަޒީފާ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޮއި

    ސޯބެގެ ވިސްނުން ރަނގަޅު.
    ރާއްޖޭގައި އޮންނަ ނިޒާމަކީ ރައްޔިތުން ބަލައި ނުގަންނަ މީހުންނަށް އިސް މަގާމު ދިނުން.
    ޓީޗަރުން އަދި ޕްރިންސިޕަލުން ގޯހެއް ހަދައިފިނަމަ ޕްރޮމޯޝަނަކާއި އެކު ބަދަލުކޮށްލުން.
    ޜައްޔިތުން ބަލައި ނުގަތީމާ ދެން 12 އަހަރު ހުއިހައްޕައިގެން ލިބުނު އެއްޗަކާއި އެކު ގޭގައި މަޑުކޮށްލާ.

    5
    1
  2. ސޮއި

    މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ވަކާލާތު ކުރި މީހުންގެ ހޭވެރިކަމެއް ނެތް.
    މިމީހުން ޒުވާނުންނަށް ފުރުސަތު ނުދީ ރިޕީޓްކޮށް މަޖިލިހުގައި، ކައުންސިލްގައި އަދި ދެންވެސް އޮތްކަމެއް ކުރަން.

  3. ހުސޭނުބޭ

    އުނހު! ތިގޮތަށްވުރެ މާ މޮޅު ގޮތެއް އެބައޮތް
    ކަލޭމެންގެ ސުޕަ މެޖޯރިޓީ
    ކަލޭމެންގެ މެމްބަރުންލައްވާ ރައްޔިތުންގެ މަޖިލީހުގައި އިތުރު ގޮނޑިއެއް ސޯބެއަށްޓަކައި ބެހެޓީމާ އެ އޮތީ ރައްޔިތުންގެ މަޖިލީހުންގެ ގޮނޑިއެއް ލިބިފައި
    ޑިމޮކްރަސީ ......... ރައްޔިތުންގެ ވިންދު......... ކެެކެކެކެކެކެކެކެކެ

  4. ކޮއްޕަން

    މީނާ ކައުންސިލް ހިންގި ގޮތް ބަލަން އެބަޖެހޭ. އެއަށް ބަލާފައި އެއްޗެކޭ ބުނެވޭނީ.
    12 އަހަރު ގޮނޑީގައި އިނދެ ކުރިކަމެއް ނެތް ފެންނާކަށް.
    މިހާރުގެ ކައުނިސލަރުން ނުވަަތަ މޭޔަރު މިކަމަށް ޖަވާބުދޭންޖެހޭ އެބަ.

  5. ޕާޕަ ޕާޕާ

    އަދިވެސް އައުމީހަކަށް ފުރުސަތެއް ނެތް ؟

  6. ަސދަސަ

    މިއީ ފާޑެއްގެ ބައްޔެއް.
    ވެރިކަން ބޭނުން ނޫންކަމަށް ބުިނ އައްނި ވެރިކަން ކުރީ ސިޝުއޭޝަން ކްރިޢޭޓްކޮށް އިބްރާ، މުނައްވަރު ބޭރުކޮށްލީ. އަލްހާން އާއި ޑީޑީ މަގުމަތިކޮށްލީ.
    މަޖިލިސް ރައީސްކަންވެސް ބޭނުން ނުވި މީހާ އޭނާގެ ތާއީދު އިތުރުކުރަން ބޭނުންކުރި އަސްލަމް ބޭރުކޮށްލާފައި އެކަންވެސް ކުރީ.
    މަގާމުތަކުގަިއ ތިބޭ މުއްދަތު ދިގުވާހަކަ ދެއްކި އަސްލަމް، މަވޯޓާ އަދި ސޯބެ އެއުޅެނީ ހޭވެރިކަން ނުވެގެން.
    ތިއީ މިހާރު އައްޗިވާން ތިއުޅެނީ. ދެން ގޭގައި މަޑުކޮށްލާ.

  7. އެއްޗެއް އެޑްކޮށްލަން

    ސޯބެ އަކީ ވަރަށް ނައިސް މީހެއް.
    ހޮސްޕިޓާ ވަށައިގެން އޮތް ގްރީން ޒޯން ބަހާލީ ރައްޓެހިންނަށް އަދި ޕާޓީ ކުދިންނަށް.
    ކިޔާތީ އަޑުއިވޭ ކްލަބްހައުސްގައި އުޅޭ ވޭސްޓްމެނޭޖްމަންޓް އައްޑޫ މެނޭޖަރުގެ އާއިލާއަށްވެސް 3 ގޯތި ލިބުނުކަމަށް.

    އެކަމާއި އެސޮރުވެސް މިހާރު ކހ ގައި ދެވަނަ ވާހަކައެއް ނުދައްކާ.
    އިންސާފުން ބަޔަކަށް ލިބޭނަމަ އެ ޕްރައިމް ލޮކޭޝަން އެގޮތަށް ބަހައި ހުސްކޮށްގެން ނުވާނެ.

    އަދި އެއްޗެއް އެޑްކޮށްލާނަން.........

    ގްރީން ޒޯނަކީ ރަށަށް އަންނަ ހުޅުދޫ މީދޫ އަދި މަރަދޫ ފޭދޫ މީހުންނަށް ފަސޭހައިން ކައިބޮއި، އަދި އެކޮމަޑޭޝަން ހަމަޖައްސައި ޕާކްތަކާއި ތަންތަން ހަދަން ބާއްވާފައި އޮތް އެރަށް ރަށުގެވެސް މިލްކެއް.