ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރޭ ބޮމުގެ ހަމަލާއެއް ދިނީ ނަޝީދު އަމިއްލަފުޅަށް ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ ޖާގަ ދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާޢިރާގެ މެމްބަރު ކަން ކުރިން ކުރެއްވި އަލްހާން ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުވާ ކަމާއި ބައެއްގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުމަކަށް ޖާގަ ދެމުން ދިޔައީ ވެސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އަލްހާން ވިދާޅުވީ ހުޅަނގު ގައުމުތަކުގެ ސަގާފަތް ރާއްޖެއަށް ގެންނަން ނަޝީދު މަސައްކަތް ކުރުމަކީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި މަގުމަތީ އިންސާފު ހޯދުމުގެ ވިސްނުން ބަޔަކުގެ ތެރޭގައި ފެތުރެން ފެށި އެއް ސަބަބު ކަމަށެވެ.

"ރައީސް ނަޝީދު އެ މީހުން ޓްރިގާ ކުރަނީ. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެ ބޮން ގޮވަން ޖެހުނީ. ދެން ރައީސް ނަޝީދު އެ ވާހަކަ ދައްކަވަނީ." އަލްހާން ވިދާޅުވިއެވެ

އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ އެފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް އަސަރު ކުރާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަތައް ހުންނެވީ "ލާދީނިއްޔަތުގެ ދައުލަތެއް" ގެންނަން އުޅޭ ފަދަ ގޮތަކަށް ކަމަށް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑު މި ތަނުގައި ހުރެގެން ދީނަށް މަލާމާތްކޮށް ނުވަތަ މި ރާއްޖޭގައި އެހެން ދީނެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި މި ތަނުގެ މީހުން ޖިންސު ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށް، އަޅުގަނޑު މި ކަހަލަ ވާހަކަ ދައްކަންޏާ މީހުން ރުޅިގަދަވާނެ،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށާއި ރާއްޖެ އޮންނާން ޖެހޭނީ އެ ގޮތުގައި ކަމަށެވެ. އެހެން މިސްރާބަކަށް ރާއްޖެ ގެންދިއުމަކީ ރާއްޖޭގެ ސުލްހަ ގެއްލޭނެ ކަމެއް ކަން މިހާރު ވެސް ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެވިއެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވުމަށް ފަހު، އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

މި މައްސަލާގައި މިހާތަނަށް ނުވަތަ މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރެއިން އަމަލީ ގޮތުން އުޅުމުގެ ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމްއާއި، މއ. ފޭރުގެ މުޖާޒް އަހްމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދުއާއި، ބ. ދަރަވަންދޫއިން އިން ހައްޔަރުކުރި ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހުއާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Anonymous

  އަލްހާން ކުޑަ ގޮޅިޔައް ލާން ޖެހޭވަރު އެއްޗެއް ބުނެފަ އެއޮތީ މައްސަލަ ބަލާ ހައްޔަރު ކުރަން ކޮބާ ހަސަން ލަތީފު...؟؟؟

  12
  18
 2. ހުސޭނުބޭ

  މިތަނުގައި އެންމެ ފުރަތަމަ ބޮންގޮއްވީވެސް ނަޝީދު
  1990 ވަނަ އަހަރުގެ ސާކް ސަމިޓް ބޭއްވިޔަނުދިނުމަށް

  21
  2
 3. އަހުމަދު

  ބޮން ގޮއްވުން ކުއްވެރި ކުރަން. އެހެނަސް މިތާނގެ މައްސަލައަކީ ދީނީ އިލްމު ފުރިހަމައަށް ދަސްކޮށްް މުދިމުން. އަމިއްލަ އައް ދީން ދަސްކުރަން ދޫކޮއްލީމާ ވާގޮތަކީ އެއްބަޔަކު ލާދީނީވެ އަނެއް ބަޔަކު ހަރުކަށިވަނީ.

  15
  1
 4. ތެދު

  އާ އަލްހާނަކަސް ތިބުނީ ތެދެއް
  އެމީހުން މިތާ ކޮން ދުވަހެއް އުޅެނީ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިތަ ނުކުރެ
  ބަޔަކައް އަނިޔާއެއް ދިންތަ ނުދޭ

  16
  4
 5. ށޯބިރާ

  100% ތެދުވާހަކައެއް

  18
  3
 6. ާަެެައބދ

  ތާއީދު

  16
  3
 7. އަދުރޭ

  އަލްހާން ބުންޏަސް މިއީ ހަމަ ރަނގަޅު ވާހަކައެއް.

 8. އަހުމަދު

  މިމީހުން ބޭނުންވަނީ އަފްއާނިސްތާނުގަހެން މަގުމަތިން ހުކުންކޮއް ތަންފީޒް ކުރަންބާ؟، އޭރަށް އޮންނާނީ އެމީހަކާ އެމީހެއްދޯ؟، އެހެންވިއްޔާ ސަރުކާރެއް ބޭނުމެއް ނެތެއްނު.

 9. ޓަކިބެ

  ނަޝީދު އެބުނާ ހަރުކަށި ފިކުރަކީ ނަޝީދު ވަރަށް ބިރުގަންނަ ފިކުރެއް. އެއީ އިސްލާމްދީނުގެ ސާފު ސީދާ އުސޫލުތައް. އެ އުސޫލުތަކަކީ ހަރުކަށި ފިކުރުމަށް ނަޝީދު ގޮވަމުން ދިއުމުގެ ނަތީޖާއަކީ ނަޝީދާ މެދު ނަފްރަތު އުފެދި މަސްލަހަތު ގެއްލިގެން ދިއުން.

 10. ތެރަ

  އަލްހާނަކި ސިކުނޱި ހަމަޖޭމީހެއްކަމަށް ގަބޫލެއް ނުކުރަން

  1
  3
 11. Happy 123

  ޢަލްހާން ހައްޔަރުކުރޭ😡

  1
  5