އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ވެސް އެހެން މައްސަލަތަކާއި އެއް އުސޫލުން ތަހުގީގުކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މައްސަލަތައް ބެލުމަށް ފުލުހުން ފަސްޖެހިފައިވާ ކަމަށް ބުނެ ފުލުހުންނަށާއި އަދި ސަރުކާރަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަތައް ވެސް އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ތަހުގީގު ކުރާނެ ކަމަށާއި އަދި އެ މައްސަލައެއް ތަހުގީގުކުރުމަށްފަހު އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ވަކި މައްސަލައެއް ތަހުގީގުކުރުމަށް ނުވަތަ ވަކި މައްސަލައެއް ތަހުގީގު ނުކުރުމަށް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ތަހްގީގު ހުއްޓިފައި އެބަހުއްޓެވެ. އޭގެތެރެއިން އެއް މައްސަލައަކީ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލައެވެ. އެރިޕޯޓް ނެރުމުގައި ބައިވެރިވި ބައެއް މީހުން ރާއްޖޭގައި ތިބިއިރު ވެސް މައްސަލައިގެ ތަހްގީގު ކުރިއަކަށް ނުގެންދެއެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ ބައެއް މީހުންގެ މައްސަލަތައް ތަހްގީގު ކުރަން ފެށި ފަހުން އެފަދަ މީހުން ރާއްޖެ އިން ބޭރަށް ވެސް ގޮސްފައި ވެއެވެ. އެމީހުން ރާއްޖެ އިން ބޭރަށް ދިއުމުގެ ފުރުސަތު ބަންދު ކުރުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓުން ފަދަ އެއްވެސް ކަމެއް ފުލުހުން ކޮށްފައެއް ނުވެއެވެ. އެފަދަ މީހުން ގެންދަނީ ރާއްޖެ އިން ބޭރުގައި ތިބެ އޮންލައިންކޮށް އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އާދަނު

    ކޮންދުވަހަކުންތޯ؟

    9
    1
  2. ހަހަ

    ތި އބަދުވެސް ުރޭ. އެކމ ތި މީހުންގެ ހިޔާދަށުގަ ތިބެ ކުރިއައް ވުރެ ބާރައް ގޮވަނީ.

    6
    1
  3. މަގޭ ޚިޔާލު

    އިސްލާމްދީނަށް ތައުހީނު ކުރުމުގެ މައްސަލައަކީ އެހެން މައްސަލަތަކަށްވުރެ ބޮޑު އިސްކަމެއް ދީގެން ބަލަން ޖެހޭ ކަމެއް. އެހެން މައްސަލަތައް ބަލާ އުސޫލަށްވުރެ ހަރުކަށިކޮށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލަން ޖެހޭ މައްސަލައެއް. މުޖުތަމައުގެ ސުލްހަމަސަލަސްކަމާ ގުޅޭ މިފަދަ ކަންކަމުގައި ކަމާބެހޭ ފަރާތްތަކުން ފަހަތު ފަޔަށް ބުރަ ވުމަކީ އިހުމާލެއް. ޙަޤީޤަތުގައި އިސްލާމްދީނަށް ތައުހީނު ކޮށްފައި ތިބި ބަޔަކަށް މުސްލިމު ދައުލަތެއްގައި ސިޔާސަތުތައް ކަނޑައަޅާފަދަ މަގާމުތަކުގައި ނުތިބެވޭނެ. އަދި އެފަދަ ބަޔަކާ ކޯއެކްޒިސްޓް ވާކަށްވެސް ނުޖެހޭނެ. ވެއްޖެނަމަ އެއީ ފިތުނައަށް ހުޅުވިގެންދާ ދޮރަކަށް ނޫނީ ނުވާނެ.

    11
    2
  4. ހުސޭނުބޭ

    ކާކުތަ ތަޙްޤީޤުކުރަނީ
    ޕައްލަމްބެޔާ ޔަހުޔާ އާއި އަންމަކަޅޭތަ
    ހަމަގައިމުވެސް ޕޮލިހުންނެއް ތިލަމެއް ތަޙްޤީޤެއް ނުކުރޭ
    ތިކަން ތަޙްޤީޤުކުރަންޏާ އެންމެ ފުރަތަމަ ހައްޔަރުކޮށްގެން ތަހްޤީޤްކުރަންޖެހޭނީ ޕޮލިސް ކަމިޝްނަރު

    9
    1
  5. ސަރީފް

    ތަހުގީގު ކު ރެދެވިދާނެ މަށަށްވެސް. އެކަމަކު މިހާރު މިސަރުކާރުގައި އެފަދަ މީހަކަށް އަދަބެއް ނުދެވޭނެ. އެހެންނަމަ ތިތާނގަ ވެރިޔަކަށް ހަމީދެއް ނުހުންނާނެ.

    4
    1
  6. ޝިޔާމް

    ކޮން ދުވަހަކު؟

    5
    1
  7. ހަސަން

    ނުކުރާނެ ނުވެސް ކުރެވޭނެ. ސީޕީ ހަމީދުގެ މައްސަލއެއް ނަޝީދުގެ މައްސަލައެއް އެމްޑީއެން އަދި އުތެމާގެ މައްސަލައެއް ބެލޭނެތަ؟؟؟؟؟

    10
    1
  8. ކޮވިޑް

    އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ވަނީތޯ ސިޕީ ހަމީދު ޑީޖޭގަ ހުރި ވީޑިއޯ އަކީ؟މޮޅު ވާހަކަ ނުދައްކާ ތިބޭ އޭރަށް މާސަލިވާނެ. އިމްރާން ޖިންސީ ފުރައްސާރަ ކުރި ކަމަށް އަންހެނަކު މަގުމަތީ ގޮވީ އެއީ ހަމަ ދީނުގާ އޮތްކަމެއްތޯ؟ ކީއްވެބާ މިކަން ކަން ނުބެލެނީ؟ ޕޮލިސް ބޯރޑުގަހުރި ހާމިދު ހޮޑާ ފުށީގަ ކުރީ ދީނީ އަޅުކަމެއްތޯ؟ ހެޔޮނުވާނެ ޕޮލިހުން މޮޅެތި ވާހަކަ ނުދައްކާ ދެއްކި ދެއްކި ހެން ވާނީ ފަލީހަތް.

    10
    1
  9. ބުރުގާ

    ފުރަތަމަކަމަކައް ފުލުސް އޮފީހުން އިސްލާމް ދީނާ ޚިލާފު ވާހަކަތަކަކީ ކޮބައިކަމާ، އެ ފެތުރުމުގެ މާނައަކީ ކޮބައިކަން ތަފުސީލުކޮއް ހާމަކޮއްދީ.

    7
    1
  10. Anonymous

    ސެކިއުލަރ އިން އިސްލާމް ދީނާ ދެކޮޅުވާނެ. އަސްލު އެމީހުންނަކީ ޑެވިލް ވޯޝިޕާސް.

  11. ޢަޒްރާ

    ކޮންއިރަކު ތަހުގީގު ފެށީ

  12. ބަޅ

    މިހާތަނަށް ކޮށްފައެއްނެތް. ޢެކަމަކު ލާދީނީ އޭ ބުނެފިއްޔާ އެމީހެއްގެ ކަންކަން ތަހްގީގްކު ރޭ. ނިކަން ކެ ރެންޏާ މިއުޅޭ މުނާފިގް ހުސެން ރަޝީދުގެ މައްސަލަ ބަލާބަލަ

  13. ފަންޒީ

    ކޮބާހޭ ކޮއްފަ.. ނަމަކައް ކުރާކަންކަމެއް ބަލައެއް ނުގަނެވޭނެ.

  14. ދުންގުޑާ

    ނުކުރެވޭނެ ވަރަށް ސާބިތުކަމާއެކު މިބުނަނީ ނުކުރާނެ! ނިކަން ކެރެންޏާ ސީޕީގެ މައްސަލަ ތަޙްޤީޤުކޮށްބަލަ އަންނިގެ މައްސަލަ ތަޙްޤީޤުކޮށްބަލަ ސަހިންދާމެންގެ މައްސަލަ ތަޙޤޤީޤުކޮށްބަލަ އެތުމާ ކިޔާ ބައިގަނޑުގެ މައްސަލަ ޔަޙްޤީޤުކޮށްބަލަ އިސްލާމްދީނުގެ ޢަދުއްވުންގެ މައްސަލަ ތަޙްޤީޤުކޮށްބަލަ މަ ބުނާނަން ކުރަންކެރޭނޭ ޔަޤީން ނުކެރޭނެކަން އެހެންވީމަ މިބުނަނީ ހަމަ ނުކެރޭނޭ

  15. އައްމަޑޭ

    ތިއީ ފުލުހުން ހަމައެކަނި ބުނެލާ ބުނުމެއް. އިހަށް ދުވަހު އެމްޑީއެން އިން ކަނޑައެޅިގެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ރިޕޯޓެއް ނެރުނު. ކޮބާތަ އެޅުނު ފިޔަވަޅަކީ؟؟؟ ފުލުހުންނަށް ތަހުގީގު ކުރެވިދާނެ އާރެއް ބާރެއްނެތް އާންމު ރައްޔިތު މީހާގެ މައްސަލަ. ބާރާ ނުފޫޒުހުރި ފަރާތަކުން ދައްކާ އެއްވެސް ވާހަކައެއް ފުލުހުންނަށް އަދިއެއް ނެތް ތަހުގީގު ކުރެވިފައެއް. ފުލުހުންގެ ކަންތައް މިހެން ހުންނާތީ ފުލުހުންނަށް ރައްޔިތުން އިތުބާރު ނުކުރަނީ.

  16. 😑

    ޢަނގައިންތަ
    ޢަމަލަކުންނުދެއްކޭ

  17. ާައއް123

    ސީޕީ ހަމީދުގެ މައްސަލވެސް

  18. ކިޔުންތެރިއެއް

    ޓިކް ޓޮކް އަކީ މިހާރު ރާއްޖޭގައި ލާދީނީ ދިވެހިން އެހެން ދީންތަށް އެންމެ ފުޅާމިނުގައި ފަތުރަމުންގެންދާ އެއް ވަސީލަތް

  19. ވިސްނާލަ ޞާލަ

    އެމީހުން ކުރި ތަހުގީގެއް އެނގެން އެބަ އޮތްތަ! ނެތީއްޔާ ފުލުހުން ހަދަނީ ދޮގު