ރާއްޖޭގައި ބޮމެއް ގޮވަން ޖެހޭ ހާލަތަށް އައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަތަކާއި ބަސްފުޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާމް ފަހްމީ ދެއްކެވި ވާހަކައަކީ ނިރުބަވެރި ކަމަށް ހިތްވަރު ދިނުމުގެ ވާހަކައެއް ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާޢިރާގެ މެމްބަރު ކަން ކުރިން ކުރެއްވި އަލްހާން ދެއްކެވި އެ ވާހަކައިގެ ވީޑިއޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން އިންތި ވިދާޅުވީ، އެއީ ނިރުބަވެރިކަމަށް ހިތްވަރު ދިނުމުގެ ވާހަކައެއް ކަމަށެވެ.

"ސީދާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާ ޚިލާފު ވާހަކައެއް، އަދި ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއް، މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ،" އިންތި ލިޔުއްވާފައިވެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަލްހާން ރޭ ވިދާޅުވީ ހުޅަނގު ގައުމުތަކުގެ ސަގާފަތް ރާއްޖެއަށް ގެންނަން ނަޝީދު މަސައްކަތް ކުރެއްވުމަކީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި މަގުމަތީ އިންސާފު ހޯދުމުގެ ވިސްނުން ބަޔަކުގެ ތެރޭގައި ފެތުރެން ފެށި އެއް ސަބަބު ކަމަށެވެ.

"ރައީސް ނަޝީދު އެ މީހުން ޓްރިގާ ކުރަނީ. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެ ބޮން ގޮވަން ޖެހުނީ. ދެން ރައީސް ނަޝީދު އެ ވާހަކަ ދައްކަވަނީ." އަލްހާން ވިދާޅުވިއެވެ

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެވިއެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވުމަށް ފަހު، އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

މި މައްސަލާގައި މިހާތަނަށް ނުވަތަ މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރެއިން އަމަލީ ގޮތުން އުޅުމުގެ ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމްއާއި، މއ. ފޭރުގެ މުޖާޒް އަހްމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދުއާއި، ބ. ދަރަވަންދޫއިން އިން ހައްޔަރުކުރި ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހުއާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮވިޑް

  އިންތި ނަޝީދު ދައްކާ ނިރުބަވެރި ވާހަކަ އަޑުނާހަނީ ދޯ؟ ބަލަ ނަޝީދު ގެ ޓޫއީޓްތައް ބަލާބަލަ އޭގަ ހުރީ ކޮންކަމަކަށް ހިތްވަރުދޭ ވާހަކަތޯ؟އަދާލަތު ޕާޓީއޭ ސަރުކާރޭ ކިޔާފަ ހަމަ އެ ދައްކަނީ ތި މާނަކުރާ ގޮތުންނަމަ ހަމަ ނިރުބަވެތި ވާހަކަ.ވަކި މީހަކު ވަކި ބަޔަކު އެއްޗެއް ބުނީމަތޯ ނިރުބަވެރި ވަނީ؟

  28
  1
 2. ބެއްޔާ

  "ރައީސް ނަޝީދު އެ މީހުން ޓްރިގާ ކުރަނީ. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެ ބޮން ގޮވަން ޖެހުނީ. ދެން ރައީސް ނަޝީދު އެ ވާހަކަ ދައްކަވަނީ." އަލްހާން ވިދާޅުވިއެވެ މިއީ ހަޤީޤަތަކީ އިންތިއަށް ހަޖަމް ނުވަނީ. ނަފްރަތު ބިލުގެ މަޤްޞަދަކީ ނަޝީދާ ދިމާލަށް މީހަކަށް އެއްޗެކޭ ނުބުނެވޭގޮތްހެދުން.

  25
  1
 3. ސޭފް

  ލދީނިއްޔަތަށް ހިތްވަރު ދިނުމަށް އިމްތިޔާޒު ނަޝީދު ޙިމާޔަތުގައި ނުކުތުމަކީ ލާދީނިއްތަތަށް ޤައުމު ބަދަލުކުރުމުގައި އިމްތިޔާޒުމެން ހިފާފަހުރވަރު އަދި ދުޔޭގެ އެދުމަށް ހެއްލިފައިވާވަރު ވަރަށް ސާފުކޮށް ފެންނަން ހުރި ހަޤީގަތް.

  21
  1
 4. ޢބދ

  އަލްހާނުބުނީ ތެދު އިންތި އަކީ ތެދު ބުނެފިނަމަ ކޮއްމެވެސް މާލީ ގެއްލުމެއްވެދާނެތީ ނޫނީ އެމްޑީޕީ އިންބާކީ ކޮއްފާނެތީ ބިރުން އުޅޭ މީހަކާ ވައްތަރީ.

  23
  1
 5. ހައިރާން

  އިންތި ތިހިރީ ހަމަ ރަނފަޅަށްވެސް މޮޔަވެ އަވަދިވެފަ. ދެން އެންމެ ރަނގަޅުވާނީ އަންނި ކައިރިއަށް ވިލާތަށް ގޮސް ހުރުން. މަޖިލީހުގެ މެންބަރެއްގެ ހުންނަންވީ ހަމައެއް ގޮތެއްފޮތެއް އިންތި ގަޔަކު ނެތް.

  10
 6. ލލ

  އެމްޑީޕީގެ ލީޑާޝިޕަކީ ކަށި ހަރު ފިކުރުގެ ލީޑާ ޝިޕެއް !

  10
 7. ޖާނޭ

  ތިޔޭ ކަލޭމެން ތިޔަ ކިޔާ ނުރަތުގެ ބިލްގެ ހުރި މައްސަލައަކީވެސް. ދީނާ ޚިލާފު ވާހަކ ދައްކާމީހާ ކޮންމެ ވާހަކައެއް ދެއްކިއަސް ބަހެއް ބުނެގެން ނުވާނެޔޯ. ޢެއީ ދުލުގެ މިނިވަންކަމޭ. ޢެއީ އެވާހަކަ ދެއްކި މީހާގެ ހައްޤެކޭ. އެކަމާ އެއްޗެކޭ ބުނެފިއްޔާ އެއި ހަރުކަށިވުމޭ. ޙަރުކަށި ފިކުރޭ. ނަފުރަތު އުފެއްދުމޭ. ޢެގޮށް ތިޔަބުނާ ނަޝީދު ކޮންމެ އެއްޗެކޭ ކީކަމުގައި ވިއަސްް އެއީ ނަޝީދުގެ މިނިވަން ކަމޭ. ޢަލްހާނު އެވިދާޅުވަނީ ނަޝީދުވެސް ވިދާޅުވާ،އެއްޗެތީގެ ސަބަބުންނޭ.

 8. ލަދުކުޑޭ

  ބަލަ ޓިންޓިީ ތިޔަޕާޓީގެ އިސްމަޤާމެއްފުރާފަ ހުރިމީހެކޭ އެވާހަކަ އެދެއްކީ ކަލެއައް ހަޖަމް ނުވިޔަސް ހަގީގަތައް އެއްޗެއްބުނީމާ ހިންދިރުވާލާފަނަވަވެސް ހަޖަމް ވޭތޯ ބަލަންވާނެ