އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް "އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން" ނަޝީދުގެ ފަޅިއަށް އަރައި ބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.
އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށާއި މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގާވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭންގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް ޒުވާނުންގެ ހިތްވަރުން ބުންޏެވެ.
"ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްﷲ އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެން" ކަމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރަށް ސާފުވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ކަމަށް ވެސް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބުންޏެވެ.
ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, އެމްޑީޕީ އިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެންކަމަށާއި, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ޒުވާނުންގެ ހިތްވަރުން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އަޅުގަނޑަކީ ޒުވާނެއް އަބަދުވެސް މޑޕ އާ ދެކޮޅު.
ޢެމްޑީޕީގެ ޒުވާނުންގެ ހިތްވަ ރުން
ނަޝީދު ކޮޅަށް އެ ރުމަކީ.މަމެން ހައި ރާންވާ ކަމެއް ނޫން .އެއީ އެ ގް ރޫޕްގަ ގިނަވާނީ ގިނަ ވަގުތު ހަމަހޭގަ ތިބެން ބޭނުންވާ މީހުން.
އެމީހުންގެ މޮޓޯއަކަށްވާނީ
"ބޯން ވާނެ ބޮވެން ވާނެ"
މީ އަންނިވެސް ގަބޫލުކު ރާ ގޮތް ކަމަށް އޭނާ ވަނީ މީގެ ކު ރިން ބުނެފައި.
މުޖުތަމައުގައި ނަފްރަތު އުފެއްދަނީ ކެނެރީގެ އަންނި. އެކަން މުޅިދުނިޔެ ގަބޫލްކުރޭ. ހޮޅި ވާހަކަ ނުދައްކާ އިސްލާހު ވޭ. ދިވެހި ރާއްޖެ އަކީ ކަލޭމެންގެ އަމާބަފާގެ ވާރުތަ މުދަލެއްނޫން ކަން ހަދާން ބަހައްޓާތި.
ޤާނޫނުގައި މީހުން މެރުން ކުށަކަށް ނެތީމަދޯ ރާއްޖޭގައި އެހާ ގިނައިން އެކިގޮތްގޮތަށް މީހުން މަރާލަނީ؟؟؟ ކޮސްނުގޮވާ ޒުވާނުންނޭ ކިޔާފަ
ބަލަ މި ޤައުމުމިހާލަތައް ދިޔައީ އެމްޑީޕީ އުފެދުނީސްސުރެ މައުމޫނު ވެރިކަމުން ފެށިގެން ރައްޔަތުންގެ މެދުގާ އޭރަކު އޮންނަ ސަރުކާރަކާ މެދު ނަފްރަތު އުފައްދައިގެން ކަން ޒުވާނުންގެ ނަމުގާ ތިޔަ ބަޔާން ނެރުނު ފަރާތައް ނޭގުނީބާ؟ ނަޝީދު ކޮން ވާހަކައެއްބާ ދެއްކީ ނަފްރަތު ނޫފެދޭ ގޮތަށް ތިބުނާ ޒުވާނުން ބުނެދީބަލަ؟ ރިލުވާނާ ޔާމީންގެ އާއިލާ މަގުމައްޗައް ނެރެގެން އެމްޑީޕީ ކުރީ ކީއްތޯ؟ ކޮބާތޯ އިންސާފް ؟ ކޮބާތޯ ހައްޤު؟ ކޮބާތޯ އިމްރާން އަތުގަ ހުރި ކަމަށް އިމްރާން ބުނާ ލިއުންތައް؟
މިމީހުންގެ މައިގަނޑު ސިޔާސަތަކީ، ޒުވާނުން މަގުފުރައްދާފައި ވެރިކަމުގައި ބަގުޑިބެއްދުން. މިއީ އެއްވެސް ހާލެއްގައި ރައްޔިތަކަށް ހެވެއް އެދިގެން އުޅޭ ބައެއްނޫން. މަޖާކޮށް ނާޗަރަންގީ ކުޅެވުނީމަ މިމީހުންނަށް އެނިމުނީ. އުޅޭ އުޅުމުގައި މިނޫން ދުވަހެއް އޮތްކަން ހިތަށްވެސް ނާރާ.
ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ
ބޯވައެއްގެ ފައިތަކުން މުޅި އެތި ހިސޯރުކޮށްފައި އޮންނަގޮތަށް މުޅި އެމް. ޑީ. ޕީ ހިސޯރުކޮށްފައި. ނަންވާނީ ރައީސް މައުމޫނު.
ޢެއްވެސްވަރަކަށް ނުވިސްނާބައެއްތާ ދިވެހިންނަކީ ވަރށް ބޮޑަށް ވާނުވާ އެގިގެން ތިބި ބައެއް ނަފްރަތު އުފެދޭ ގޮތަކަށް އުޅެވޭ ބައެއް އުޅޭނަމަ އަމިއްލަ އަށް އިސްލާހު ވުން މާ ރަނގަޅުވާނެ .
ސާބަސް ދަރިންނޭ!!
މަވެސް ރ. ނާޝީދު ފަޅިއަށް👍
އެމްޑީޕީ ވެސް ވަނީ ފެއިލް ވެފައި ސަރުކާރު ވެސް ވަނީ ފެއިލް ވެފައި ދެން މީގައި އެންމެ ރަނގަޅު ގޮތަކީ މިހާރުން މިހާރަށް ސަރުކާރު ވެސް އިސްތިއުފާ ދީފައި އަވަސް އިންތިޚާބެއް ބޭއްވުމޭ މިނޫން ގޮތެއް ނުފެނެއޭ އަވަސް އިންތިޚާބެއް ބާއްވަންވީއޭ ބާއްވާށޭ ބާއްވާށޭ..
ސަރުކާރަށް ކުރާ ތާއީދު އެމްޑީޕީގެ ރައީސް ނަޝީދު ރަސްމީ ކޮށް އަނބުރާ ގެންގޮސްފައިވާތީވެ މިސަރުކާރގެ ލެޖިޓިމަސީ ގެއްލުނީއޭ ދެން ސަރުކާރު ޖެހޭނީ އަވަހަށް އިސްތިއުފާ ދީފައި އަވަސް އިންތިޚާބެއް ބާއްވަން މަގުފަހި ކުރަން މަޖްލީހުގެ ރައީސާއި ވެރިކަން ހަވާލުކުރާށޭ މިކަން ކުރަން ސަރުކާރުން އެންމެހާ ތައްޔާރީ ތައް ކުރިއަށް ގެންދާށޭ..
ސަރުކާރުން ފޮނުވި ބިލަކާމެދު ސައްކު!
ޒުވާނުންނޭ ލާދީނީ ބިލާއި ދެކޮޅައް ވެސް ނުކުތީ.
އެމްޑީޕީގެ ޒުވާނުން ނަޝީދު ފަޅިއަށް އެރުމަކީ އަހަރުން އެއްގޮތަކަށްވެސް ސަޕްރައިޒްވާ ކަމެއްނޫން. ބޯންޖެހޭނެ ބޮވެންޖެހޭނެޔޭ ބުނެ ޒުވާނުންގެ ސިކުނޑިތަކަށް ޗިޕް ޖެހި މީހަކީ ނަޝީދު.
އަންނިގެ އޯޑަރަށް މިޤައުމުގެ އެތައް ތަނެއްގައި ހުޅުޖަހާ އަޅިއަށް ހަދާލި އިރު ތި ޒުވާނުން ކޮބާ... މި މައްސަލަ ތައް އަދި ބެލޭނެ ކަން ހަނދާން ބަހައްޓާތި އެއީ ހަމަ ރައްޔިތުންގެ ފައިސާ.....
އެމްޑީޕީ އަކި ކަށި ހަރު ފެއިލް ވެފައިވާ ބައިގަޑެއް !
ސާބަހޭ ޒުވާނުން❤