ވެރިކަން ކުރާ ޕާޓީ އެމްޑީޕީގައި ފެކްޝަންތަކެއް އުފެދިފައިވާ ތަން ފެންނަނީ އެ ޕާޓީން ގެންގުޅުނު ރީތި އުސޫލުތައް ދޫކޮށްލައި އެމްޑީޕީން "އަމިއްލަ ކަރުގައި ވަޅި އަޅާ ހިސާބަށް ކަންކަން ދިއުމުން" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ މީގެ ކުރިން ވެސް ޕާޓީ ތެރޭގައި ޚިޔާލުތަފާތުވާ ކަންކަން ހުންނަ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ކުރަނީ ޕާޓީގެ އެތެރޭގައި ކަމަށާއި މަޖިލީހުގައި ވާހަކަދައްކާ އިރު ޕާޓީގެ މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ މީގެ ކުރިން އެއްވެސް ޕާޓީ އަކުން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ވަރުގަދަ ސިޔާސީ ތަނަކީ މަޖިލިސް ކަމަށާއި މަޖިލީހުގެ ޕީޖީ ގްރޫޕުން ހިފަހައްޓާ ވަކި އުސޫލުތަކެއް އޮންނަން ޖެހެނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 19 ވަނަ މަޖިލީހުގައި ފާޅުގައި އެމްޑީޕީއާ ދެކޮޅަށް މަޖިލީހުގައި ވާހަކަދައްކަމުންދާ ކަމަށާއި އާއްމުންނަށް އެމްޑީޕީ ބައިބައި ވެފައިވާ ކަމަށް ފެންނަ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ޕާޓީގެ ގޯސް ވާހަކަ މަޖިލީހުގައި ނުދައްކާ ކަމަށާއި، ޕާޓީގެ ސިއްރުތައް ހިފަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ރައީސް ނަޝީދު އިންނަވައިގެން މި ފުރުސަތު ދޭން ފެށުމުގެ ނަތީޖާ އަކީ ޕާޓީގެ ޗެއާޕާސަން ވެސް ތެދުވެވަޑައިގެން އެބަ ވާހަކަދައްކާ. އަމިއްލަ އަށް އަމިއްލަ ކަރުގައި ވަޅި އަޅާ ހިސާބަށް ދިޔައީމަ ޕާޓީގައި ފެކްޝަން އޮންނަ ކަމަށް މީހުންނަށް ފެންނަނީ. މިއީ އެމްޑީޕީ ގަބޫލުކުރާ އުސޫލެއް ނޫން." ރީކޯ މޫސަ ވިދާޅުވިއެވެ.

ފެކްޝަން އުފެދެން ޖެހުނު ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވެރިކަން ބޭނުންފުޅުވުމުން ކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ. އަދި މީގެ ކުރިން ވެސް ރައީސް ނަޝީދާއި ޚިޔާލު ތަފާތު ވުމުން ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ވެސް ޕާޓީ ދޫކޮށްދާން ވަޑައިގަންނަވަން ޖެހުނު ކަމަށާއި، ރައީސް ނަޝީދާ ޚިޔާލު އެއްގޮތް ނޫން މީހުންނަށް އޭރުވެސް ވަރަށް ފުރުސަތު ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުން، ޑރ.ވަހީދުވެސް، ޑރ.މުނައްވަރު ވެސް، ޑރ.ޑީޑީ ވެސް ހުސް ޑޮކްޓަރުން މިއުޅެނީ. އަޅުގަނޑު ކަން ނޭނގެ ދެން މިއުޅެނީ ޑޮކްޓަރު ނޫން މީހަކަށް. ދެން އަލްހާން ފަހުމީ ޕާޓީގެ ލީޑަޝިޕްގައި މަސައްކަތް ކުރި މީހަކަށް. އެންމެ ފަހުން އަލީ ވަހީދަށްވެސް މި ދަންތުރަތަކެއް ދިމާވެފައި ހުރީ." ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ ކޯލިޝަން އަކާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެ އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ފާޑުކިޔާތީ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރަކީ ވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި ރާއްޖޭގައި ކޯލިޝަން އަކާ ނުލާ އެއްވެސް ބަޔަކަށް ވެރިކަމަށް ނާދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮވިޑް

  ރީކޯ އަށް 2023 ފެންނަ ކަހަލަ ދޯ؟

  6
  8
 2. ހުސޭނުބޭ

  ރައްޔިތުން ކަރުގައި ވަޅިއެޅުމަށްވުރެ ކަލޭމެން އަމިއްލަ ކަރުގައި ވަޅިއެޅުމުން ހާސްބައި ރަގަޅު
  7 ފެބްރުއަރީގައި އިސްތިއުފާ ދީފައި ޖެހިގެން އައި ދުވަހު މުޅި ރާއްޖޭގައި ހުޅުޖެހީ..... އެއީތަ ތިބުނާ ރީތި އުސޫލުތަކަކީ

  26
  3
 3. ކުރޮޅި

  މީ އަބަދުވެސް ހޫނުތަނުން ކައިގެންއުޅޭ މީހެއް

 4. އަހުމަދު

  މޫސައަށް ކިހާވަރެއް ލިބިގެންބާ ރައީސްގެ މައުތްޕީސްކަން މިކޮއްދެނީ. ކިތަންމެ ވަރަކަށް ތިހެން އުޅުނަސް މިރައީސްއެއް ދެން އަންނަ ދައުރަކު ނުއެއް ހޮވޭނެ.

  9
  1
  • އަހަންމަދާ

   ވެރިކަމަކީ ކަލޭދޭ އެއްޗެއް

 5. ަަަަަަަަަައަބުދު

  ކަލެޔައް ތިލަފުށިް ލިބުނު ކަހަލަ ނާޖާއިޒު ފައިސާގަނޑެއް ލިބުން ވަރަށް ކާރީގަ އުޅޭހެން ހީވަނީ.

 6. Anonymous

  ރީކޯ މާރީއްޗެއްނޫން އަނގަ ފުޅާކޮއްފަ ވާހަކަ ދައްކާކައް.

  9
  1