ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ގޯސް ބިލްތަކެއް ކަމަށްވާ ނަމަ އެ ބިލެއް ދިފާއުކުރުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ބިލު ރަނގަޅު ކުރަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު އެހެން ވިދާޅުވީ، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލް ދިފާއުކުރަން، ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލުކުރުމުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ނަފުރަތުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ޒާހިރު "ވަގުތު" އަށް ވިދާޅުވީ، ބިލުގައި މައްސަލަތަކެއް ހުރިކަމަށް ސަރުކާރަށް ފާހަގަވެގެން އެ މައްސަލަތަކަށް ހައްލު ހުށަހެޅުއްވި ކަމަށެވެ. ބިލަށް، މިނިސްޓްރީން ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅާފައެވެ. ބައެއް މާއްދާތައް އުނިކުރަންވެސް މިނިސްޓްރީން ހުށަހަޅާފައިވެއެވެ.

ޒާހިރު ވިދާޅުވި ގޮތުގައި ގޯސްކޮށް އޮތް އެއްޗެއް ދިފާއުކުރަން ސަރުކާރުން ބޭނުމެއް ނުވެއެވެ. ސަރުކާރުގެ ވިސްނުމަކީ ގޯސްކޮށް އޮތް އެއްޗެއް ރަނގަޅު ކުރުން ކަމަށް ވިދާޅުވިއެވެ.

"ގޯސް އެއްޗެއް ގޯސް ގޮތަކަށް އޮތީ އެ ދިފާއުކުރަން ސަރުކާރުން މަސައްކަތްނުކުރާނެ. ރައީސް އަބަދުވެސް ވިދާޅުވަނީ ގޯސްކޮށް އޮތް އެއްޗެއް ދިފާއުކުރަން ބޭނުންފުޅުނުވާ ކަމަށް. ބޭނުންވަނީ ރަނގަޅުކުރަން ކަމަށް" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ނަފްރަތުގެ ބިލާ ދެކޮޅަށް އެމްޑީޕީ ފިޔަވާ ހުރިހާ ޕާޓީތަކުން ވަނީ ދެކޮޅު ހަދާފައެވެ. ބިލު ފާސްވެއްޖެނަމަ ގައުމުގެ ތެރޭގައި ފިތުނަ އުފެދިދާނެ ކަމުގެ ބިރުއެބައޮތް ކަމަށް ބުނެ ދީނީ އިލްމުވެރިން ގެންދަވަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަދުރޭ

  ގޯސްކޮށް އޮތް އެއްޗެއް ރަނގަޅުކުރުން މައްސަލައެއް ނެތް. އެކަމަކު ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލަކީ އިސްލާހު ކުރަންކުރަންޖެހޭ
  ޢެއްޗެއް ނޫން. އެބިލަކީ ވަކިބައެއްގެ ޒާތީ މަސްލަހަތަށް ބިނާކޮށްފައިވާ އަދި އެބިލު ގާނޫނަކަށް ވެއްޖެނަމަ އިސްލާމީ އަގީދާއަށް ލޮޅުން އަރައިގެންދާ ގޮތަށް ފަރުމާ ކޮށްފައިވާ ބިލެއް. އެހެންކަމުން އެބިލަކީ މަޖިލީހުން ބޭރުކޮށްލަންޖެހޭ އެއްޗެއް.

  20
  1
 2. 😡

  ސޯލިހެއް ކިޔޢނެކަމެއްނެތް. ތިޔަ ބިލު ބޭރުކުރޭ

  22
  1
 3. ކޮވިޑް

  މިހާރު މި އެނގުނީ އިބޫ ސަރުކާރުން ފާޅުގަ އަންނިޔާ ދެކޮޅަށް ނިކުތީކަން. އަނގަ ބަންދުވެފަ ތިބި ސަރުކާރުގެ ވެރިން އަނގަ ހުޅުވެން ފެށީމަ. އިބޫ ދޮންބެ އަންނި ބާކީކޮށްލައިފި ދެން ލަލަލަލަލަލަ........

  20
  2
  • ޒަވީ

   ބަކީކުރީކީ ނޫންހެން އަހުންނަށް ހީވަނީ ބިލޭބިލޭ ކިޔާތީ މިވަގުރަށް ރައްޔި ތުން ނަށް އޮޅުވާލަން ކުރާ ކަމެއް ތިޔަ އިބޫގެ ހިޔަޅުކަން މާގަދަވާނެހެން ހީވަނީ .ރައްޔިތުން މައިތިރިވީމަ އަންގާވެސް ނުލާ ތިޔަބިލްފާސްކުރާނެ. ޢެމްޑީއެން އާބެހޭގޮތުން ކިހިނެއްވީ. ޢިލްމްވެރިން ބައްދަލުކުރީމަ ބުނީ އެކަން ބަލާނަމޭ މިހާތަނަށްފިޔަވަޅެއްނާޅާއަދިއެކަމާ ބެހޭގޮތުންމައްސަލަހުށައެޅިމީހުނަށްޖަވާބެއްވެސްނުދިން.މިއީތިޔަސާލިޙްގެ ޞާލިހްކަންހުރިވަރަކީ. ބުނޭނުމަޑުން ތިބޭގުރާބާރަށް ދާނާނެއޭ.

 4. އަޒޫ

  އެމްޑީއެން އެއީ އެހެން ވީމާ ރަނގަޅަށް އޮތް އެއްޗެއްތާ ދޯ.

  18
  2
 5. ނުނެގިބިލް

  އެއެއްނޫން ވީގޮތަކީ ހަޅޭއްލަވަންފެށީމާ މިވަގުތައްމަޑުޖައްސާލީ
  އަދިވެސް ބިލްއެބައޮތް

  6
  1
 6. ޑައެލޯގް

  ކޮންވާހަކައެއްދައްކާކަށް ކަލޭތީ މީހަކު އެންމެން އެއްކޮށްފައި އަޑުގަދަކުރާއަކުން ތިމަންނާއަކީ މުސްލިމެއްނޫނޭ ބުންޏަސް ކޯޓުންހުކުމް ނުކުރާހިދަކު ކާފަރެކޭ ނުކިޔޭނެކަމަށްބުނި ގަމާރު މީހެކެވެ. ދެންކަލޭ ބުނާނެދޯ ފިރުއައުނާ ދިމާލަށްވެސް ކާފަރެކޭނުކިޔޭނެއޭ އެއީ ކޯޓަކުން ހުކުމެއްނުކުރެއެއްނޫންދޯ، ތިޔަކޯޓުތަކުގައިވެސް މިހާރުތިބީ ކަލޭމެންގެ ޕަޕެޓުންވިއްޔަ

  4
  2
 7. ާަެެައބދ

  މިދިޔަ ހުކުރު ދުވަހުގެ ޚުތުބާ ގައި ހައްޖަތުލް ވަދާއުގެ ޚުތުބާގެ ބައެއް ވާހަކަތައް ލިޔުނުއިރު އެޚުތުބާގަވާ އަންހެނުންގެ ހައްގު ތަކުގެވާހަކަ ލިޔެފަ ރިބާ މަނާކުރުމުގެ ވާހަކަ ނުލިޔުނީ ކޮންސަބަބަކާ ހެދިބާ؟؟؟؟؟ އެ ޚުތުބާގައިވާ އެއްވެސް ވާހަކައަކީ ސިއްރުކުރަން އުޅުނަސް ސިއްރު ނުކުރެވޭނެ އޭގައި ވަސުއްޔަތް ކުރެވުނު ހުރިހާ ވާހަކަ އެއްމެއްނައް އެންގުން ވާޖިބު އަމާނާތަކައް ވެފައިވާ ކަމެކެވެ.

 8. ސަކޫން

  މަހިތުން އިބޫވެސް ރައްޔިތުންނަށް އޮޅުވާލަނީ ތިޔަބިލް ބޭރެއްވެސް ނުކުރާނެ ޒާހިރުމެން ތިޔަހެންކިޔަކިޔާ ތިއްބާ ކަހާތަން ހިރުވާވެސްނުލާ ތިޔަބިލް ފާސްކޮށްލާނެ. އަންނި ނުރުހޭކަމެއް ކުރާކަށް އިބޫއަކަށް ނުކެރޭބެ. މިހާރުރައްޔިތުން އެތިބީ އަންނިދޭ ބަހުގެ ހަމަލާތަކަށް ގެއްލިފަ. ތިޔަ އަންނިއާ އިބޫގެ ޔަހޫދީ ރޭވުމެއް ހަމަ ނޭނގޭނެ.

  4
  2
 9. މުފައްކިރު

  މީ ރާއްޖެ ދުށް އެންމެ ހިނގުން ތެރިކަން ކުޑަ އިސްލާމިކް މިނިސްޓަރ.

  1
  2