ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށު މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފިއެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ މެއި 22، 2019 ގައެވެ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ދަށުން ހަނިމާދޫގެ 20 މަގެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ. މިއީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރައީސް އެރަށަށް ވަޑައިގަތީ އަނބިކަނބަލުން ފަޒްނާ އަހުމަދާ އެކުގައެވެ. އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެއެވެ.

އެމަނިކުފާނު މިހާރު ވަނީ ހަނިމާދޫ ކައުންސިލާއިވެސް ބައްލުކުރައްވައިފައެވެ. އަދި އެ ރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ އެކި މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ހަނިމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލު ކުރައްވައި އެރަށުގައި ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވައި، ދިމާވާ އެކި މައްސަލަތައް އަޑު އައްސަވައިފައެވެ.

ރައީސްގެ މި ދަތުރުފުޅު ފަށްޓަވާފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށްފަހު ޖުލައި އިއްޔެ ވަޑައިގަތީ ހދ. ކުމުންދުއަށެވެ. މިއަދު ހަނިމާދޫއަށް ވަޑައިގެންފައިވާއިރު މިއީ އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވާ ދަތުރުގެ އެންމެ ފަހު މަންޒިލެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޅި

    ހަނިމާދޫ ގައި ތާރި އެޅުމަކީ އެތަނުގައި އިންޑިއާ ސިފައިން ބައިތިއްބަން ހިންގާ ޖަރީމާ. ތިރަށަކީ އަސްލު އެހާ މުހިންމުތަނެއްނޫން. ޜަށުން މީހުންކޮޅު މާލެކާރިން ތަންކޮޅއެއް ހިްކާފަ. ނޫނީ ކުޅުދުއއފުއްޓައް ފޮނުވޭލެބަލަ