ހދ. ހަނިމާދޫގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއަޕޯޓަކީ މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއަށާއި، ފަތުރުވެރިކަމުގެ ތަރައްގީ އަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އުތުރުގެ އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ހދ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެ ރަށުގެ ކައުންސިލްއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއާޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމެވެ. އެއަޕޯޓާ ގުޅިގެން އެކި ގޮތްގޮތުން ރަށަށް ލިބޭނެ ކުރިއެރުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ވާހަކަތައް އައްޑުއެއްސުވުމަށް ފަހު ރައީސް ވަނީ އެއާޕޯޓްގެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދުވާނެ ކަމަށް ބެލެވެނީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. އަދި އެ މަސައްކަތަށް ދެ އަހަރު ނަގާ އިރު، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް ސޯލިހުގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ހަނިމާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ.

އަދި، އެއަށްފަހު ރައީސްގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބޭ

  އެހެންވެ ބޮޑުތިލަދުންމަތީ ތަރައްޤީ އިންޑިޔާއަށް ވިއްކާލައިގެންނު ތީނީ
  އިބުރާހީމާ ކަލޭގެ ލަދު ކޮބައި

 2. ދިއްދޫ ހަޚިމް

  ހަނިމާދޫ އެއާޕޯރޓް އޮތީ އިންޑިޔާއަށް ދީފަ، އަދި މިލިޔަން ޑޮލަރވެސް އެއާޕޯރޓާ އެކް އިންޑިޔާއަށް ދީފަ

 3. ޤާދިރު

  ހަނިމާދޫ އެއަރޕޯޓު ގުޅެނީ ޤައުމުގެ އަޅުވެތިކަމާ..

 4. މަސްޢުދު

  އެއީ އިންޑިޔާއަށް ވިއްކައިލަިގެންތޯ؟ އިބުރާހިމާ ކަލޭ ޖަހާހައިމަޅިޔަކު ދެންދިވެހިރައްޔިތުންނެއް ނުޖެހޭނެ! ލައްކަ ދޮގުހަދައިފި! ރައްޔިތުން ތިބީ ފުދިފައި! އަވަހަށް އިނަސާފުގެ ކުރިމައްޗަށް އަންނަން ތައްޔާރުވޭ އިންޑިޔާއާ ކިތައްމެ ގާތަސް ފިލައިގެނެއް ނުދެވޭނެ! އައިހެވަން މަސްރޫޢު ބޮޑުތިލަދުންމައްޗަށް ގެންނަން އުލުނީމައި އެކަމާ ދެކޮޅުހަދައިފައި ދެންކޮންބޮޑުތިލަދުންޗޭ ކިޔާކަށްތަ!

 5. ކާފަބޭ2020

  ތަންތަނަށްގޮސްދުފާއެއްޗިއްސޭ ނުކިޔާނުހުރެވޭނެތޯ؟ އަމިއްލަގައުމުގަ އެތައްމިލިއަންބަޔަކުސާފުބޯފެންފޮދެއްނުލިބި ބަނޑުހައިހޫނުކަމުގަސަލާންޖަހަންމަގުމަތީނިދާހަދައިގެންއުޅޭއިރު އެމީހުނާއަޅާނުލާ އަރުވާޖަހާފަމިޤައުމު ތަރައްގީކުރަންއެއުޅެނީ ހަމައަމިއްލައެދުމެއްނެތިބާ؟ 3 ޕަސެންޓުގަނަގާލޯނު 8 ޕަސެންޓުގަމިދެނީ ހަމަހެޔޮއެދޭތީތޯ؟

 6. ޢަލީ

  ތިއޮތީ ބިންދޭން އެއްބަސްވެވިފަ ފަހުން ނުރޯތި، ތިޔަ ބި މެއް ނަގަންޖެހޭ އެއްވެސް ސަބަބެއްނޭގުނު

 7. ކަލްދޯބަޖޭންގާ

  އެހެންވީމަ ދެއްތޯ މަލިކު އެއޮތީ އިންތަރނެޝަލް އެއަރޕޯޓް އަޅާށ ތަރައްގީވެފައި ކަލްދޯބަޖޭގަ ދުނިޔެ އުމުރު މިދުއްވާލަނީ ތިޔަތާގައި އިންޓރނެޝަނަލްވެގެން ދިވެއްސަކައް ވައިވެސް ނޭޅޭނޭ އެންމެފަހުންވާނީ ހަމަ މާފިލާގަ ވަޒަންވެރިކުރުވަން ވެގެން އެރަށައް އެރިމީހުންނައްވީހެން ހަނިމާދޫގެ ރއްޔިތުން ޖެހޭނީ ރަށުންފގައިބަން މިހާރު ތިޔަޖައްސާ ސުޓަންޓަކީ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން