ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ ހައްލެއް ހޯދައިފިއެވެ.
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަށް އަށްލައްކަ ފޫޓުގެ ބޮޑު ބިމެއް ނަގަން ސަރުކާރުވަނީ ނިންމާފައެވެ. އެއީ އެ މަޝްރޫއު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާއަށް ދިނުމަށް އުޅޭ ބިމެއް ކަމަށް ބުނެ އެކި އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
އެކަމާއި ދެކޮޅަށް ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓިއެއްގެ އިތުރުން ޕެޓިޝަނެއް ފޮނުވާފައެވެ. ސިޓީ ފޮނުވާފައިވަނީ ހަނިމާދޫގެ ތިން ޖަމިއްޔާއަކުންނެވެ.
ރައީސް ސޯލިހު މިއަދު ހަނިމާދޫ އަށް ވަޑައިގަތުމުން، ބިމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރަށު ރައްޔިތުން ވަނީ އެމަނިކުފާނާ ބައްދަކުުރައްވާފައެވެ.
ހަނިމާދޫގެ ޖަމިއްޔާތައް ހިމެނޭ ގޮތަށް ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުން މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރަށުގެ އެއާޕޯޓާ މީހުން ދިރިއުޅޭ ސަރަހައްދު ގުޅޭ ބީޗް ފޮރޮންޓު (ފެކްޓްރީ ސަރަހައްދު) އިން ބިން ދޫކުރަން ނިންމާފައިވާތީއެވެ. ގާތްގަނޑަކަށް 30 ވަރަކަށް މީހުން ބައިވެރިވި އެ ބައްދަލުވުމުގައި ރައްޔިތުން ވަނީ އެ ސަރަހައްދަކީ ކުރިއަށް އޮތް ތަނުގައި ގޯއްޗަށް ޑިމާންޑު ބޮޑު ސަރަހައްދަކަށްވާއިރު އޭގެ ސަބަބުން ރަށުގެ އެންމެ "ފްރައިމް ލޮކޭޝަން" ގެއްލޭނެ ކަމަށެވެ.
މަޝްވަރާތައް ނިމިގެން ދިޔައީ ސަރުކާރުން ޑިމާންޑުކުރި ބިމުގެ ބަދަލުގައި އެއާޕޯޓު ތަރައްގީވަމުން އަންނައިރު އުސްކޮށް އިމާރާތް ނުކުރެވޭ ސަރަހައްދުން ބިން ދޫކުރަންށެވެ.
ރަށުގެ ރައްޔިތަކައް ޒުވާނކައް ބިންކޮޅެއްނުދޭތާ 11 ވަރަކައް އަހަރުވީއިރު ބޭރުބަޔަކައް ޓަސްލާފަ މުޅިރައްކަސހަލަގެ ގޮތަކައްދޭވާހަކަ ރައްޔިތުން ބުނީމަ މިބުނަނީ ތަރައްގީއޭ ތިޔަތަރައްގީ ކޮއްދޭން އުޅޭމީހުންގެ ރައްފުށުކިތައްބިލިޔަންމީހުން އެބައުޅޭތޯ ސާފްބޯފެންކޮޅެއްނުލިބި ފާޙާނާތައްޓެއް ލޮލުންނުދެކި މާރަނގަޅެއްނޫންތޯ އަމިއްލަ ރަށުގެ ރައްޔިތުންނައް ކަމެއް ކޮއްދެވޭތޯ ބެލިއްޔާ ތަރައްގީ އަންނަނީ އެއރޕޯޓުންނަމަ ދުނިޔޭގައި މިހާރަކުނޯންނާނެ ތަރައްގީ ނުވާތަނެއް ބާތްކަރތާހޭ
ހަނިމާދޫ އެއާރޕޯރޓް ގައި އިންޑިއާ އިން ގެނައި ކައްޕަޅި ޑޯނިއަރ ބޯޓް ގަނޑެއް ދުއްވަން އިންޑިއާ ގެ އެތައް ހާސް ސިފައިންނެއް ހަނިމާދޫގައި ދިވެހި ސަރުކާރުން ޕޭ ކޮށްގެން އުޅެނީ އެއީ ކިއެއްވެތޭ އެ ފައިސާ އަށް ބްރޭންޑް ނިއު ޑޯނިއަރ އެއް ގަނެގެން ދުއްވާ އޮޅުވާލުމާއި މަކަރާއި ހީލަތޭ މިސަރުކާރުން އިންޑިއާ އާއި ގުޅިގެން ހަދަނީ ޗާރޓް ކުރަހަނީ އިންޑިއާއިން ހިލޭ އެކަަމަކު ޗާރޓް ގަންނަން ޖެހެނީ ސަރުކާރުން އަހަރަކު 25 މިލިއަން ޑޮލަރަށް 50 އަހަރު ވަންދެން ދޯ.
ހަނިމާދޫ އެއާޕޯޓު ހިންގާނީ ދިވެހި ސަރުކާރުން، ބޭރުގެ ސިފައިންނެއް ނުތިބޭނެ ކަމަށް ވިދާޅުވެ ރައީސް އިބޫ ހަނިމާދޫ އެއާރޕޯރޓް އިންޓަރނޭޝަނަލް އެއާރޕޯރޓަކަށް ހަދަން އިންޑިއާގެ ބޭންކަކުން ބޮޑު އިންޓަރެސްޓް ގައި 800 މިލިއަން ޑޮލަރުގެ ލޯން ނެގީ އެއީ ތިޔާއީ ސަރުކާރުގެ އިކޮން ކައުންސިލުން ފާސް ކޮށްގެން ކުރާ ކަމެއްތޭ ހަނިމާދޫން އެތައް މިލިއަން އަކަފޫޓްގެ ބިން ތައް އެތަނުގައި ހުރި ރުއްގަަސް ތައް ކަނޑާ ނަގާ އެއްލާލާއިރު ތިޔާ ކަމަށް ހެދި އީއައިއޭ ކޮބައިތޭ
ހައްލެއްލިބުނީތަ ނޫނީ ގުނބޯހައްދާފަފިލީތަ؟ މިފަރާތުންވިޔަސްއެފަރާތުންވިޔަސް 8 ލައްކައަކަފޫޓުގެބިންދޯ ބަޅާބާއީގެބޭނުމަށްއެދިނީ ތާލިޔާތާލިޔާ