ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ޕްރެޝަރުތައް އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅަކީ މުޅިން ހަގީގަތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިސްވެ އޮވެ އުފެއްދި ދެވަނަ ސަރުކާރާ ދެކޮޅު ވެއްޖެ ކަން އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދު ދުނިޔެއަށް ހަމާކުރެއްވުމާ އެކު، ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިއާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ޚަބަރުތައް ގެނެސްދެމުންނެވެ.

މި ގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ޖީހާން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ކޯލިޝަންގެ ބައިވެރިންގެ ސަބަބުން ވައުދުތައް ނުފުއްދޭ ވަރަށް ޕްރެޝަރުތައް ރައީސްއަށް ކުރިމަތި ކުރުވަމުން އަންނަ ވާހަކައަކީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އެ ފާހަގަކުރާ ފަދަ ޕްރެޝަރުތަކެއް އަންނަ ނަމަ ރައްޔިތުންގެ މަޖިލީހަށް ނަފުރަތުގެ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމުގެ ބިލެއް ނުވެސް އައިސް ފުރަތަމައިނުން،" ރައީސް ސޯލިހްއާއި ނަޝީދުއާ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މިހާރު ވެސް އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު މަޝްވަރާތައް ކުރުމާއި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ހޯދަން ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ކަމަށް ޖީހާން ފާހަގަކުރެއްވިއެވެ.

"ބިލު އަދިވެސް އޮތީ ޖުޑިޝަރީ ކޮމިޓީގައި، ބިލު ބޭރުކޮށްފައެއް ވެސް ނެތް، ރައީސް ސޯލިހްގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނު ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާ،" ޖީހާން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހުގެ ގެނައުމުގެ ބިލު ކޮމިޓީން ފޮނުވި ގޮތަށް ފާސްނުކުރުމުން ރައީސް ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

ރައީސް ނަޝީދުއާއި އެމަނިކުފާނުގެ އަރިސް މެންބަރުން ގެންދެވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރުމަށެވެ. ކޮމިޓީ މަރުހަލާގައި ވެސް، އެހެން ބިލުތަކަށް ޚިޔާލު ހޯދާހާ ފުޅާ ދާއިރާއެއްގައި ޚިޔާލު ހޯދާފައެއް ވެސް ނުވެއެވެ. ކޮމިޓީއަށް އިދާރާތަކުގެ އިސް ބޭފުޅުން ހާޒިރު ކޮށްފައި ނެތްއިރު، ދީނީ އިލްމުވެރިންނާ ވެސް ބައްދަލު ކުރައްވައިފައެއް ނެތެވެ.

މީގެ އިތުރުން އެމްޑީޕީގައި ތިއްބެވި ބައެއް މެންބަރުން އެދިވަޑައިގެންނެވި އިސްލާހުތައް ވެސް ކޮމިޓީ މަރުހަލާގައި ގެނެސްފައި ނުވާތީ، މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިއާއެކު އެ އިސްލާހުތައް ވެސް ގެނެސް އަދި އިތުރަށް މަޝްވަރާކޮށްގެން ބިލު ފުރިހަމަ ކުރަން އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަނޫންގޮތަކަށް ބަހެއްބުނެފިނަމަ އެއްކަލަބޮޑުސަފާރީ😆😆😆😆😆😆😆😆😆😆

  2. ހުސޭނުބޭ

    ރޯޔަލް ސަފާރީ ރޭޕް ކޭސް ............ ވީ ހިސާބެއްވެސް ނޭނގޭ

  3. ކުމާރު

    ރޯޔަލް ފެމެލީގެ މައްސަލައަކީ ރަނގަޅަށް ހިނގައިފައިވާ ކަމެއްހެއްޔެވެ؟

  4. ޙަލަ

    ރޯޔަލް ރޭޕަ އެއްގޮތަކަށްވެސް ރަނގަޅެއްނޫން

    20
  5. ބޭޗާރާ

    ތިޔަ މީހާއަކީ އެއްވެސް އިރެއްގައި ހަމަޖެހޭ ވާހަކަދެއްކި މީހެއް ނޫން. އެނގޭނީ ދޮގުހަދައިގެން ފިތުނަފަސާދަ އުފައްދައި ހަމަޖެހުން ނަގައިލާ ވާހަކަ ދައްކަން.

  6. ަޔާމީން

    ތިމާގެ ފިރިމީހާ އެއޮތް ކުރި ހަޑި މުޑު ދާރު ކަމެއް ދޯ؟

  7. ކާފާދި

    ފިރިކަލުންނާމެދު ކެންޔާ އަންހެންމީހާ ދެއްކި ވާހަކަވެސް ރަނގަޅެއްނޫން

  8. ސޮއި

    ކަމަނާ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ފިރިކަލުންގެ ސަލާމަތް އޮތީވެސް ތިގޮތަށް ހުރެގެން.

  9. އައިސައްތަ

    ނަޝީދު ދެން ދުވަހަކުވެސް ވެރިކަމެއް ނުކުރާނެ ކަމަށް ދިޔެގެ އަލިދީދީގެ ހަމީދު ވަނީ ވަރަށް ވަރުގަދަ ފާލެ ބައްލަވާ ރަމަލު ޖައްސަވާފަ. އަޅުގަނޑު ނަޝީދަށް ވެރިކަން ލިބޭތޯ ފަންޑިތަ ހަދަން ދިޔައީމާ އޭނާ ވަރަށް ދިގު ކިޔައިދިން. މިކަން އެމްޑީޕީއަކަށް ނޭގޭނެ. އެއީ އަޅުގަނޑު އަމިއްލަ ފައިސާ ކަރަދުކޮށްގެން ކުރި ކަމެއް. އާހިރަތުގެ ނަތީޖާ ގައި ހަމީދުބޭ ބުނީ ކޮއްކޯއޭ ތިޔަ ނަސީދުވަކަށް ދެން ދުވަހަކުވެސް ވެރިކަމެއް ނުލިބޭޅެޔޭ އެއީ ކޮންމެސް އެވެނި ބުރުޖަކުން ކޮންމެސް ކަމެއް ވަނީޔޯ. 22 ހާސްރުފިޔާގެ ފާލު ބެލިން. ބެލިފައިތާ ހުންނާނީ. ނަތީޖާ އަކީ ދެން ނަސީދު ވެރިކަމެއް ނުކުރާނެ. މި ބުނަނީ ދެން ނުކުރާނެޔޭ..