އައިޖީއެމް ހޮސްޕިޓަލް ކައިރީގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

މި މާރާމާރީ ހިންގާފައި ވަނީީ މިއަދު އިރުއޮއްސި 6:39 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަރަހައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރިއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މާރާމާރީއާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މާރާމާރީގައި ބަޔަަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި މިއަދު މާރާމާރީއެއް ހިނގިއިރު، އިއްޔެ ހަމަމިހާކަން ހާއިރު މާލޭގައި މާރާމާރީއެއް ހިންގައި ކުޑަކުއްޖެގެ ބޯ ވަނީ ފަޅާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޭންގެ

    ފަސޭހަވާނެ ހޮސްޕިޓަލަށް ވައްދަން

    17
    2
  2. ފޫހި

    ކޮން ގައްޑާއެއް ވާކަށްތަ… 😡

  3. ފޫހިވޭ

    ކޮން ގައްޑާއެއް ވާކަށްތަ… 😡

  4. ނާނި

    އަނެއްކާ މާރާމާރީތައް ގިނަވީ،
    މިކަންވެސް ހުއްޓެނެ ގޮތެއް ހަދަން ވެއްޖެއްނު، ކޮވިޑުގެ ބިރު ކުޑަވީއިރަށް މާރާމާރީގެ ބިރު ބޮޮޑު،ސަލާމަތެއްނެތް.
    މާރާމާރީ ހިންގާ މީހުންނަށްވެސް މަރުގެ އަދަބު ދޭންވީ،
    އެނޫނީ މިކަމެއް ނުހުއްޓޭނެ.

  5. ދޮންފުތު

    މިގައުމުގެ ހުރިހާވެސް މައްސަލައަކީ ބޮޑުވަޒީރު އޭނާ މިވެރިކަމާ ހިއްޕުޅާނުވީމާ ގައުމު ހަލަބޮލިވަނީ ނަންވަނީ ޔާމީން ޔާމީނު ވެރިކަމުގާވެސް ހުރިހާވެސް މައސަލަޔަކީ ބޮޑުވަޒީރު ތަޅާނެކުދިން ހޯދައިގެން ތަޅަން މީހުން ނެރެގެން ގައުމު ހަލަބޮލިހުރީ މިގައުމުގެ ހަލާކަކީ ބޮޑުވަޒީރުހަމަ.