އައްޑޫސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތާފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ދެމީހަކު ފައްސިވެފައިވަނީ ހިތަދޫންނާއި މަރަދޫ ފޭދޫއިންނެވެ.

އެއެންމެންނަކީ ވެސް ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުން ކަމަށް އެސެންޓަރުން ބުންޏެވެ.

މިއާއި އެކީ އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 500 އިން މައްޗަށް އަރާފައެވެ. އެހެން ނަމަވެސް 400 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ އެސިޓީން މި ބަލި ޖެހިގެން ނިޔާވެފައެވެ.