ކޮވިޑް-19 އަށް އެޗްޕީއޭ އިން ދިން އެންމެ ފަހުގެ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނައްސި ނަތީޖާއަކާއިއެކު ދަތުރު ކުރެވޭ ގޮތް ހެދުމުން ވެކްސިން ފުރިހަމަ ނުކޮށް ވެސް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ބައެއް ރަށްރަށުގެ ކައުންސިލްތަކުން ބުނާ ގޮތުގައި ރަށަށް ދަތުރު ކުރާ އެންމެންގެ އަތުގައި ވެކްސިން ކާޑު އޮތްތޯ އާއި ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ފުރިހަމަ ވެފައިވޭތޯ ބެލުން ވަނީ ވަރަށް ދަތިކަމަކަށް ވެފައެވެ.

"ކޮންމެ ދުވަހަކު ދެތިން ސަތޭކަ މީހުން ދަތުރު ކުރާއިރު ކޮންމެ މީހަކު ވެކްސިން ފުރިހަމަ ކޮށްފައި އޮތްތޯ ބެލުން އެއީ ކައުންސިލަށް ކުރަން ފަސޭހަ ކަމެއް ނޫން." މާލެ ކައިރީ ރަށެއްގެ ކައުންސިލަރަކު ވިދާޅުވިއެވެ.

އެހެން ކައުންސިލަރަކު ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ދަތުރު ކުރެވޭ ގޮތައް އޮތުމުން އެއާލައިންތަކުންނާއި އަދި ފެރީ ދަތުރުތައް ކުރާ ފަރާތްތަކުން ވެސް ދަތުރު ކުރާ މީހުން ވެކްސިން ފުރިހަމަ ކުރޭތޯ ބަލާނަމަ ވެކްސިން ފުރިހަމަ ނުކުރާ މީހުން ދެނަގެނަ އެމީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު ބަންދު ކުރެވޭނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ އުސޫލާއި ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާފައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ދަތުރު ކުރާ މީހުން ދަތުރު ކުރަނީ އުސޫލާއި އެއްގޮތައްތޯ ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓްގައި ހިމެނޭ ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދާއި ދިމާކޮށް ދެހަފްތާއަށްވުރެ ގިނަ ދުވަހަށް ސަރުކާރު އޮފީސްތައް ބަންދު ކޮށްފައި ވާއިރު މާލެ އިން ގިނަ ބަޔަކު ދަނީ މާލެ އަތޮޅުގެ ގެސްޓްހައުސް ގިނަ ރަށްތަކަށް ދަތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދޮންކާނަ

  ރަށު ކައުންސިލުން ބަލަނީ ކޮންމެ ކަމަކުންވެސް ބޯދަމާގަނެވޭތޯ ..ތީމާބޮޑު ކަމެއްނޫން ރައްރަށުގަ އަރާފައިބާ އޮންނަނީ އެއް

 2. ދޮންކާނަ

  ރަށު ކައުންސިލުން ބަލަނީ ކޮންމެ ކަމަކުންވެސް ބޯދަމާގަނެވޭތޯ ..ތީމާބޮޑު ކަމެއްނޫން ރައްރަށުގަ އަރާފައިބާ އޮންނަނީ އެއް ބަނދަރު ފެރީލަފާ ގަޑީގަ ބަނދަރުގަ ތިބެގެން ތިކަން ބެލޭނެ ފެރީލަފާ ގަޑިތަށް ރަށު މީހުނަށް އެނގޭ އިރު ކައުންސިލް އައް ވެސް އެގެންޖެހޭނެ ނުވަންޏާ އެސްތިއުފާ ދީފަ މަހައް ދޭ

 3. ރައްޔިތު

  ވެރިންނައް ތިބި މީހުން ފެއިލް ވީމަ ވާނެ ވަރު ތީ ދެންއޮތީ އެމީ ހަކާއި އެމީހަކު ވާނެއެއްޗެއްވާން ދޫ ކޮއްލީ ދެވަނަ ޑޯޒްގެ ވާހަކަ ދެންއޮތީ އެ ނުލިބި ތިބިމީހުން ގިނައީ

  2
  1
 4. Anonymous

  ދެން އީދު ބަންދު ނިންމާލާފަ ކޮވިޑައިގެން އުޅޭނީ.

 5. ވާހަކަ

  " ރަށްރަށަށް އަރައި ފައިބާ ޕޯރޓްތަށް ގިނަކަމުން އެއީ ކައުންސިލަށް ކުރަން ފަސޭހަ ކަމެއް ނޫން "

 6. އިބްރާހިމް

  އަޅުގަނޑުވެސް މިހުރީ ޗުއްޓީގައި ހުރިހައި ލިޔުންތަކެއް ހަމަކޮށްގެން އައިސް. އެއްވެސް އިދާރާއަކުން ހޭވެސް އަހައިނުލާ. ސަރުކާރެއް އޮތްހެންވެސް ހީނުވޭ. ފަރުދީ ޒިންމާ ފިޔަވައި އިތުރު ކަމެއް މިވަގުތު ރާއްޖެއަކު ނެތް.