20:57

އައްޑޫސިޓީ މަރަދޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

15:46

ކޮވިޑް-19އާ ގުޅިގެން މެއި އެއް ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ މޮނީޓަރިންގ ހާލަތު 80 ދުވަސް ފަހުން ނަގައިފި.

ކޮވިޑް-19 އަށް އެޗްޕީއޭ އިން ދިން އެންމެ ފަހުގެ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނައްސި ނަތީޖާއަކާއިއެކު ދަތުރު ކުރެވޭ ގޮތް ހެދުމުން ވެކްސިން ފުރިހަމަ ނުކޮށް ވެސް ދަތުރު ކުރާ މީހުންގެ އަދަދު މިހާރު ވަނީ އިތުރު ވެފައެވެ. އެޗްޕީއޭގެ އުސޫލު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެތައް ބަޔަކު އަމިއްލައަށް އެމީހުން ދަތުރު ކުރަން ބޭނުން ތަނަކަށް ދަތުރު ކުރަމުން ދަނީ، އެކަންްކަން ބަލާނެ މުއައްސަސާއެއް ނެތުމުންނެވެ.

ކޮވިޑްގެ އުސޫލުތަކަށް ތަބާނުވުމުން މިހާތަނަށް ތަޖުރިބާކުރަން ޖެހުނީ ހިތްދަތި އެތައް ކަމެކެވެ. އެހެންކަމުން މިހާރު ދަތުރު ކުރުމުގެ ކަންކަން ހުރި ގޮތައް ބަލާއިރު ކުރިއަށް އޮތްތަނުގައި އަނެއްކާވެސް ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑްގެ އުސޫލުތަކަށް ބެލުމެއް ނެތި ގިނަ ބަޔަކު ދަތުރު ކުރަމުން ދިޔަ ނަމަވެސް އަދިވެސް އެޗްޕީއޭގެ އުސޫލުގައި އޮތީ ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށް އެކަނި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާޅު

    ކައުންސިލުތަކުގެ ޒިންމާއެއް އެރަށަކަށް އަރާ މީހުން އެޗްޕީއޭގެ ގައިޑުލައިނާ އެއްގޮތަށްތޯ އަމަލު ކުރަނީ، ނުލާހިކު ބޮޑެތި މުސާރަދީފަތިބޭ ބަޔަކަށް މިވަރުކަމެއްވެސް ނުބެލޭބާ!

    12
    3
  2. މޫސަ

    ރަނގަޅު ވާހަކައެއް

    4
    2
  3. Anonymous

    ކޮވިޑް އޭޖެންޓް ވަގުތު ތިހާވަރަށް ހިތާމަ ނުކުރޭ. ހެހެހެ

    3
    2
  4. ދިވެހި ދިދަ

    މިސަރުކާރަށް ތިކަން އެނގިތިބެ ޖަހާ ބޮޑު ސަކަރާތެއްމީ...ދިވެހިންގެ ބޯހަރުކަން އެނގިހުރެ މިހުއްދަދެނީ ފަހުން އަނެއްކާ އަނެއް ރޯޅި

  5. ޓުތ

    މޯޑިސް

  6. ޢަކިއޯ

    ތިމީހުންނަށް ރަ އްޔިތުންނަށް ލުޢިވެ ބަޢެއޢް މީހުން ހުޢްދަ ނުހޯ ދަތުރު ކުރާތީ ހާދަ ފޯރި ހުރެޢޭ .... ތިހާ އިހުލާސްތެރިނަމަ ކޮރެޕްޝަން ވާހަކަ އާއޢި ފްލެޓް އަގު ބޮޑު ވާހަކަ ދަޢްކަން ވީނު.... ސަރުކާރު މި އޮއތްހާދުވަހު ކުޑަ ކުދިން ނުނެރި ބަހަޢްޓާ މެންޓަލްވި ....ތި އެއއޢްވެސް ނޫހަކު ނުޖަހާ😡