މާލެ ސިޓީގެ 39 މިސްކިތެއްގައި މާދަމާ އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ މި އަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަމަކު، ކޮވިޑް-19 ގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހުމަދު

    އަންހެނުންނައް އީދުނަ މާދު ކުރެވެނީ ކޮންކޮން މިސްކިތަކު
    އެގޭ މީހަކު ބުނެބަލަ