މާލޭގެ ރޯ މަސް މާރުކޭޓުގައިި ގަވައިދާ ހިިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލެ ސިިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މަސް މާރުކޭޓުގެ މަތީ ފަންގިފިލާ ފިހާރަ ހިންގުމާއި، މީހުން ނިދުމަށް އަދި މުދާ ބެހެއްޓުމަށް ބޭނުންކުރަމުން އަންނަ ކަމަށާއި، މި ފަރާތްތައް ދެނެެގަތުމަށް ސިޓީ ކައުންސިިލުން ކުރި އިއުލާނަށް ދިން މުއްދަތުގެ ތެރޭގައި އިޖާބަ ދީފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެތަނުގައި ހިންގަމުން އަންނަ "ލިސްޓު" ނަމަކަށް ކިޔާ ފިހާރަ ފިޔަވާ އެހެން. ހުރިހާ ތަނަކުން މުދާ ހުސްކުރުމަށް އަންގާ ކަމަށެވެ. އެތަނުގައި މުދަލާ އެކި ބޭނުންތަކަށް ތަކެތި ބަހައްޓަމުން އަންނަ ފަރާތްތަކަށް މުދާ ހުސްކުރުމަށްް ދީފައިވަނީ މިމަހުގެ އަށް ދުވަހެވެ.

އެ މުއްދަތުގައި އެތަން ހުސްނުކޮށްފި ނަމަ އެެތަނުގައި ހުންނަ މުދަލާ މެދު އެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށާއި، އެެ މުއްދަތުގެ ތެރޭގައި އެތަނުން މުދާ ހުސްނުކޮށްފި ނަމަ މުދަލަށް ލިބޭ އެއްވެެސް ގެއްލުމަަކަށް ކައުންސިިލުން ޒިންމާ ނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން އަމާޒު ހިފާފައި ވަނީ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށެވެ. މިއާއެކު މާރުކޭޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.