ތައުލީމީ ސެޓްފިކެޓެއް ނެތި ވަޒީފާ އަދާކުރަމުންް އަންނަ ފަރާތްތަކަށް ތައުލީމީ ސެޓްފިކެޓެއް ހޯދުމަށް ރަޖިސްޓްރީވުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ފުރުސަތު ހުޅުވާލައިފިއެވެެ.

ތައުލީމީ ސެެޓްފިކެޓެއް ނެެތި ވަޒީފާ އަދާކުރަމުން ދާ ފަރާތްތަކުގެ ހުނަރު ރަސްމީ ސިފައިގައި ބަލައިގަނެވޭނެ ނިޒާމެއް ހަޔަ އެޑިއުކޭޝަނުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިފްްތިތާހުކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައި ވަނީ އިމްތިހާނަކަށް ފަހުއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އިމްތިހާނަށް ތައްްޔާރުތޯ ބަލާނެ ކަމަށް ޕޮލިޓެކްނިކުން ވަނީ ހާމަކޮށްފައެވެ. އިމްތިހާނަށް ތައްޔާރުވުމަށް އެެހީތެރިކަންް ފޯރުކޮށްދޭނެ ކަމަށާއި، މިފަރާތްތަކަށް ފުރަތަމަ ދޭނީ ޕްރީ އެސެސްމެންޓެއް ކަމަށް ވެސް ޕޮލިޓެކްްނިކުން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮގްރާމަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ރަސްމީ ސެެޓްފިކެޓެެއް ނެތް ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެެންދާ ޕްރޮގްރާމެއް ކަމުން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ޕޮލިޓެކްނިކުން ވަނީ ނިންމައިފައެވެ. އެއް ރަށަކުން މަދު މީހުން މި އިމްތިހާނުގައި ބައިވެރިވާނަމަ އިމްތިހާނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެންމެ ކައިރީގައި އިމްތިހާނު ހަދާ މީހުން ތިބޭ ރަށެއްގެ ބަޔަކާ އެކުއެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސެޓްފިކެޓަކީ އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއްކަމަށް ޕޮލިޓެކްނިކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ދިދަ

    އެއްބުރުން ސެތްފިކެޓް ނަންވާނީ ޔާމީން

  2. އއއ

    ވ.ރަނގަޅު ކަމެއް ، ބޭނުންތެރިކަމެއް.. މިކަމަށް އެޕްލައި ކުރާނީ ކިހިނެއްތޯ