އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި އެ ޕާޓީގެ "ޒުވާނުންގެ ރޫޚު" އިިން ބަޔާނެއް ނެރުނު ފަހުން އެ ޕާޓީގެ "އަންހެނުންގެ ރޫހު" އިން ވެސް ބަޔާނެއް ނެރެފިއެވެ.

އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ޕާޓީން އެންމެ މުހިއްމު ވައުދެއްގެ ގޮތުގައި ރައްޔިތުންނަށް ހުށަހެޅި ވައުދަކީ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދައި މަރާލާފައިވާ މީހުނަށް އިންސާފު ހޯދައި ދިނުމެވެ.

ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުالله އާއި ބްލޮގަރު ޔާމީން ރަޝީދު އާއި، ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައިގެން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ މީހުންނާ މެދު މުޖުތަމައުގައި ނަފްރަތު އުފައްދައިގެން ކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާއި އެއް ގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ގޮތުން ޖިނާއީ ކުށަކަށް ހަދައިގެން ކަން އެމްޑީޕީގެ އަންހެނުންގެ ރޫހުން ގަބޫލު ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް، ސަރުކާރު ކޯލީޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާ ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ އެކި ގުނަންތަކުން ނަޝީދުގެ ދިފާއުގައި ބަޔާން ނެރެން ފަށާފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނަޝީދުއާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ނަޝީދު ބޭނުންފުޅުވާ ކަންކަން ދިފާއުކޮށް ވާހަކަ ދައްކައިގެންނެވެ.

ނަޝީދު ވަނީ ރައީސް ސޯލިހްއާ އެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޕީޕީއެމް ޕީއެންސީއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ނަޝީދު ފާޅުކުރެއްވިއެވެ. އެކަމަކު ނަޝީދުއާއި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނުވަތަ އެކުގައި މަސައްކަތެއް ކުރަން ވެސް ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް ތާއީދެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަގީގަތް

    އެއްގޮތްނޫން ކަންތައްތަކެއް އެއްގޮތްކަމަށް އާންމުރައްޔިތުންނަށް ވިސްނައިދޭން ކަމަށް ތިކުރާ މަސައްކަތް ކާމިޔާބެއްނުވާނެ. މައްސަލައިގެ އަސްލު އޮތް ގޮތަށް ބާއްވާފައި ހުއްޓުވަން ތިއުޅޭ ކަންތަކަކީ ހުއްޓުވޭނެ ކަމެއްނޫން. ތިމާކުރާ ކަމެއްގެ ވާހަކަ ތިމާއާ ދިމާޔަށް މީހުންލައްވާ ގޮއްވެން ބޭނުން ނޫނިއްޔާ ފުރަތަމަ ތިމާ އެކަމެއްކުރުން ހުއްޓާލަން ޖެހޭނީ. ވައްކަންކުރަންޏާ ވަގަށްގޮވާ އުސޫލުން އިސްލާމްދީނުގެ ތައުލީމާ އިދިކޮޅު ކަންކަން ކުރަންޏާ ލާދީނީއޭ ނުގޮވާނެ ގޮތެއްނުވާނެ. އެއީކީ އަދި ޓެރަރިޒަމަށް ހިތްވަރުދެނީ ކަމަކަށްވެސް ނުވާނެ. ބާރުލިބި އޮތް ދުވަހު ކުރާހާ ކަމަކީ އަދި އިންސާފެއްނޫންކަން އެގޭނެ ދުވަހެއް ލަހުން ނަމަވެސް އަދި ތިމާމެން އެކަން ގަބޫލުނުކުރިނަމަވެސް ނައިހެއްނުދާނެ.

    39
    1
  2. އައްމަޑޭ

    ނަޝީދު ފަޅިޔަށް އެމްޑީޕީގެ އަތާ ފަޔާ ބޮލާ ލޮލާ ދެންވެސް ހުރި ހުރިހާ ގުނަނެއް އެރިޔަސް ނަފުރަތުގެ ބިލު ފާހެއް ނުކުރެވޭނެ. ލާދީނީ ވަންޏާ ލާދީނީއޭ ގޮވާނަން. ކާފަރެއްގެ އަމަލުތައް ހުރިނަމަ ކާފަރެކޭ ވެސް ގޮވާނަން.

    54
    2
  3. މަގޭ ކޮެމއނޓް

    އިންޝާﷲ ތި ބިލެއް ފާސް ވިޔަކަ ނުދޭނަން އަހަރެން ވެސް މީ ޤައުމީ މަޖިލީހުގެ ދާއިރާ ރައީސެއް. އެކަމަކު ނަޝީދު ބުންޏަކަށް މިފަހަރު ބުނެވޭނީ ސޮރީއޭ. އިސްލާމް ދީން ދެކެ އަހަރެން ލޯބިވޭ.

    54
    1
    • Anonymous

      އެހެންވީމާ ޤައުމީ މަޖިލީސް ތެރޭގައި ވެސް އެބައުޅޭތާ ކެނެރީގޭ ބުއްޅަބޭ އާއި ދެކޮޅު އަދިރިދައުލަތްތައް.

      17
      1
  4. ވައުދުތައް

    ތިޔަ ކިޔާ ވައުދުތައްވެސް ފުރިހަމަކުރުން ވ މުހިއްމު. އެކަމަކު ވޯޓުދޭ އެންމެ ބޮޑު ސަބަބަކީ އަނގަޔާ އަތާ ދިމާކުރުން. ވަޒީފާގެ ފުރުސަތު. އަގު ހެޔޮ ބޯހިޔާވަހިކަން. އަގުހެޔޮ ދަތުރު ފަތުރު. އަގުހެޔޮ ތައުލީމް. ކައިރި ގައުމުތަކާ އަޅާކިޔެވޭވަރުގެ ޚިދުމަތްތަކެއް. މާލެއަށް ބަރޯސާ ނުވުން. އިތުރު ސިޓީތަކެއް ތަރައްގީކުރުން. ރިސޯޓުކުދިން ރޭގަނޑު ނިދަން ރަށަށް ދެވުން. ކޮރަޕްޝަން ނެތި ވަޒީފާލިބުން. ކޮރަޕްޝަން ނެތި ޕްރޮޖެކްޓްތައް ލިބުން. ޒީރޯ ޓޮލަރަންސް

    27
  5. އައުފު

    އެމްޑީޕީގެ އަާންމު މެންބަރުން މި ތިބީ ނަސީދުގެ ފަހަތުގަަ އި

    4
    44
    • ޡަނީ

      މަމެންނަށް އެގެޔޭ ތިޔަބައިގަނޑު އުޅޭނީ ރޫހާނީ ލީޑަރ ގެ ފަގަތުގަ ކަން ތިޔަޕާޓީގަ ގިނަވާނީ އަންހެން ފިރިހެން ކިޔާނެކަމެއްނެތް އެކަހަލަމީހުން . ޢަޅެ އިސްލާމް ދީން ގަބޫލުކުރާބަޔަކުނަމަ އަމިއްލަަސިކުނޑިންވެސް ވިސްނާލުން ރަގަޅެއްނު މިބިލްގަ މިބުނަނީ ކީކޭ ތޯވެސް. ކުރިމަތީގަ ހުރެ ރާބުޔަސް ނަމާދެއްނުކޮށްރޯދަނުހިފާރަސޫލާއަށް ފުރައްސާރަކޮށް ޤުރުއާނާ ސުންނަތަށް ދެކޮޅުހެދިޔަސް ބުނެގެންނުވޭ ލާދީނީ މީހެކޭ. ތިޔަތިބީ ރަގަޅަށް ރޫހާނީ ލީޑަރާ ހެދި ހޭބަލިވެފަ

      21
  6. އިސްތިއުފާ

    ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ

    38
    2
  7. ކޮރަލް

    އަންނި ބަގާވާތް ކުރަން ފުރުސަތު ދީގެން ނުވާނެ އެވެ.

    46
    1
  8. Anonymous

    އަންނި އަށް ކަމެއް ކުރެވުނު ކަމަށްވާނީ ވެރިކަން.....................

    14
    2
  9. ކާފަރ އެލެކްސް

    ތިން ކެނައިން ތިބެގެން ބަޔާނެއް ނެރެފަ ބުއްޅަ އައް ތާއީދުކުރާ މީހަކު މިގައުމުގަ ނޫޅެ

    37
    3
  10. ހުސޭނުބޭ

    ކަލޭމެންގެ ސަރުކާރު
    ކަލޭމެންގެ މަޖިލިސް މެޖޯރިޓީ
    ކަލޭމެންގެ ޕޮލިސް ކަލޭމެންގެ ސިފައިން
    ކަލޭމެންގެ މިނިވަން މުއައްސަސާތައް
    ކަލޭމެންގެ ގާޒީންނާއި ކޯޓުތައް
    މިވަރަށް ލިބިފައި އޮންނައިރުވެސް ދައުރުގެ ދެބައިކުޅަ އެއްބައިގައި އެއްވެސް ކަމެއް ނުކޮށްދެވުނީމާ ފޑުފާޑުގެ ބަޔާންތައް ތި ނެރެނީ ..... އެހެންމީހުންނަކީ މޮޔައިންކަމަށް ހީކޮށްތަ
    މިހާރު ތި ބުނެވެނީ ތިމަންމެންނަކީ ކަމެއްކުރަން އެނގޭ ބައެއްނޫނޭ

    43
    1
  11. ސަމާ

    މިކަހލަ 1000 އަހަރުން އެއްފަހަރު އަންނަ ބަލިމަޑުކަމެއްގެ ތެރއިންވެސް ރައްޔިތުން ބަނޑަށް ނުޖައްސައި ގައުމު ހިންގާލެވޭނީ ކުޅަދާނަވެގެން. އިބޫގެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރެވިއްޖެއްޔާ މޑޕ ގެ ރައީސްކަމުގެ 5 އަހަރު ފުރިހަމަ ކުރި ފުރަތަމަ ރައީސަކަށްވާނެ.

    މިކަމާއި މީހަކު މޭކެރުން އެއީ ބައްޔެއް. ނަފުސާނީ ފަރުވާ ހޯދާ !!

    12
    1
  12. އަހުމަދު

    ލާދީނީ ބިލް އައުޓް. މި ބިލާ ދެކޮޅައް އެމް.ޑީ.ޕީ ގެ އެތައް ކައުންސިލަކުން ވެސް ބަޔާން ނެރެފަވޭ. 101 ޝޭހުން ބަޔާން ނެރެފަވޭ.

    11
    1
  13. ވސމ

    ދިވެހި ރާއްޖޭގެ ހިތްފަސޭހަކަމާއި މިނިވަންކަމާއި ތަރައްގީއާއި އެތެރޭގެ ސުލްހަމަސަލަސްކަން ގުޅިފައިވަނީ އިސްލާމީ މުޖުތަމައުއާއި.. އިސްލާމީ މުޖުތަމައުއަށް ގެއްލުން ލިބޭކޮންމެފަހަރަކު ރާއްޖޭގެ އެތެރޭގެ ސުލްހައާއި ހިތްފަސޭހަކަމާއި ތަރައްގޫއަށް ބުރޫއަރާ.. އެއީ ތާރީޚް ބެލިޔަސް އެކަން ފެންނަން އޮތް ގޮތް. ވީނާ އެއްވެސް ދެފުއްކެހެރި ބިލެއް ފާސްކޮއްގެން ގައުމުގެ އިސްލާމީ ވަހްދަތާއި އިސްލާމީ މުޖުތަމައުގެ ބާރު ދެރަވާ އެއްވެސް ބިލެއް ފާސްވެވިގެންނުވާނެ. އެފަދަ ކަމަކުން ގައުމުގެ މިނިވަންކަމާއި ސުލްހަމަސަލަސް ކަމައް ބޮޑެތި ގެއްލުން ލިބޭނެ. އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެ ގައުމައް ލާދީނިއްޔަތު ފާކޮއް އިސްލާމްދީނުގެ މަތިވެރި އަގީދާގެ ނިއުމަތް މި މުޖުތަމައުގައި ބަލިކަށިވާކައް. ވީމާ މިފަދަ ކަމްބަޅިބަކަރީގެ ފޭރާމުގައި ނެރެވޭ މިނިކާވަގު ބިލެއް ފާސް ވެވިޔަދީގެން ނުވާނެ. އަހަރެމެން މަދަދައް އެދެނީ މާތްﷲ ގެ ހަޒްރަތުން.

  14. އިސްމާލު

    ޝުކުރިއްޔާ ޒުވާނުންނާ އަންހެނުންގެ ރޫހު

    2
    11
  15. ގާދިރު

    ހަޖަމް ނުވި ސަހުސިއްޔަތު

    6
    2
  16. ދަންބެރު

    މިސަރުކާރަށް ބަގާވާގެއް ގެނައުމަށް މަސައްކަތްނުކުރެއްވުމަށް އެމްޑީޕީގެ ގުނަންތަކަށް ގޮވާލަމެވެ.

    10
    2
  17. ވޭޕް

    ރައއޔިތުން ތަމްސީލު ނުކުރާ ގުނުވަންތަކެއްގެ ބޮޑުންތަކެއް ބަޔާނެެް ނެރުނަސް ރައްޔިތުން ގަބޫކެއް ނުކުރާނެ !

  18. އާދަމުގެދަރި

    ތިޔަ ވާނީ ބޮންގޮވައިގެން ހަމަޔަށް ހަރަކާތް ނުކުރާ ގުނަވަންފަދަ ގުނަވަނަކަށް.

  19. ހުސޭނުބެ

    101 އިލްމުވެރިންނަކީ އަހަރެމެން ނަށް އެ އްވެސް ބަ އއެ އް ނޫނެވެ

    1
    3
  20. ކުޑަބެ

    ނަޝީދު ހަފަޅިވިއަސް މިޤައުމުގައި އޮންނަންޖެހޭނީ އިސްލަމްދީ ލާދީނީބިލެއް ފާހެއްނުވާނެ

    3
    1