ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ހަތަރު ހާހަށް ވުރެ ގިނަ ބިދޭސީން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ލިޔެކިޔުމެއް ނެތް ބިދޭސީންގެ ތެރެއިން ހަތަރު ހާހަށް ވުރެ ގިނަ ބިދޭސީން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެކަމުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައިވެސް ވަކި ތަފާތެއް ނުގެން ގުޅެއެވެ.

ލިޔެކިޔުމެތް ނެތް ބިދޭސީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފެބްރުއަރީ މަހު ފަށައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަލްޓަން ޕާކްގައެވެ.

އެމްއާރްސީ މާލެ ސިޓީ ބްރާންޗް މެނޭޖަރު މުހައްމަދު އަދީލް "ވަގުތު" އަށް މިއަދު ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހިންގަމުންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ލިޔެކިޔުން ނެތް 4508 ބިދޭސީއަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ މީހުންގެ ތެރެއިން އެއްބަޔަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާއިރު ބާކީ ތިބި މީހުން ދީފައިވަނީ ސިނަފޯމް ވެކްސިކެނެވެ. އާދިލް ވިދާޅުވީ މިއަދަދަކީ ލިޔެކިޔުމެތް ނެތް މީހުންނަށް އަޅައިބަލާއިރު މަދު އަދަދެއް ކަމަށެވެ. އީދު ޗުއްޓީއަށް ފަހު ލިޔެކިޔުމެތް ނެތް ބިދޭސީންނަށް ވެކްސިން ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް އެމްއާރްސީން މައުލޫމާތުދެއެވެ.

ރާއްޖޭގައި މިހާތަނަށް 320،776 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 250،000 އަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮމެންޓު

    އެމީހުން ތިބެނީ ލިޔެ ކިޔުންޔުން ކޮންމެސް ގޮތަކުން ހޯދައިގެންކަން ސާބިތުވީ. ވެކްސިން ޖަހަންވީމަ ލިޔެކިޔުން ހިފައިން ގޮސް ވެކްސިން ޖަހައިން އެތިބީ. ދައްކަންޖެހޭ ފީ ތަކާ ގާނޫނަށް އަމަލު ކުރަންވީމަ އެމީހުން އަތުގަ ލިޔެކިޔުން ނެތް ކަމަށް ވަނީ

    17
    2
  2. އިއްބެ

    އެމީހުންނަކީ ހުރިހާދިމާލެއްގަ އެބުރޭ މަސައްކަތުގައުޅޭ މީހުން އަހަރެމެންގެ މީހުންތިބެނީ ކަންކަން މަތީބިއްޖެހިފަ ދިވެހިން ހިވެހިގައުމައް ހިޔާނާއްވެއްޖެއްޖެ ވެކުސިންވެސް ޖަހަން އުޅެނީ ބޭރުމީހުން ކޮންމެދިމާލެއްގަވެސް ބޭރުމީހުން މީގައުމެއްތަ

  3. ޟޫސަބޭ

    އެމީހުންނަކީ ހުރިހާދިމާލެއްގަ އެބުރޭ މަސައްކަތުގައުޅޭ މީހުން އަހަރެމެންގެ މީހުންތިބެނީ ކަންކަން މަތީބިއްޖެހިފަ ދިވެހިން ހިވެހިގައުމައް ހިޔާނާއްވެއްޖެއްޖެ ވެކުސިންވެސް ޖަހަން އުޅެނީ ބޭރުމީހުން ކޮންމެދިމާލެއްގަވެސް ބޭރުމީހުން މީގައުމެއްތަ

  4. Brother

    އެއީ ރެފިއުޖީންތޯ.ނުވަތަ ޓެރަރިސްޓުންތޯ.
    އެމީހުންގެ ޤައުމުތަކުގެ އެމްބަސީންލިއުންގެނެސް މީހާދަނެގަނެވުނީމަވެކްސިންޖެހުންމުހިންމު.

  5. ޙަސަނާ

    މިކަމުގަ ވެސް ދިވެހިރައްޔިތުންނައްވުރެ މިމީހުން މާމުހިންމު ވެއްޖެ ތިއައްވުރެ މާގިން މީހުނަެްވަނީ ވެކުސިންދީފަ..

  6. ހުސެން

    ލިޔެކިޔުން ނެތީ ކީ އްވެތޯ.ރާ އްޖެ އަށް ވަގަށް ތޯ ވަނީ އެމިގްރޭޝަނުގަ އެމީހުންގެ ބަޔޯ ޑޭޓާ ނެތީތޯ. ގަ އިމު ޕާސްޕޯރޓް އާ އެކީ ވިސާވެސް އަދި ސްޕޮންސަރ އެ އްވެސް ހުރެގެން ރާ އްޖެ އަށް އެތެރެ ވެވެނީ އެމީހުން ރާ އްޖެ އަށް އެތެރެވީ ކިހިނެ އްތޯ؟