އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި އެ ޕާޓީގެ އެކި ގުނަންތަކުން ބަޔާންތައް ނެރުނަސް އެމަނިކުފާނުގެ ބާރެއް އެ ޕާޓީގައި ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ނަޝީދާއި އެމްޑީޕީގެ އެއް އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ޚިޔާލު ތަފާތުވެ އެ ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕާޓީގެ އެތެރޭގެ ބަހުސްތައް ހޫނުވެގެން ފަހުން ދިޔައީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ނަޝީދު ބޭނުންފުޅުވާ ބައެއް ކަންކަން ނުވާން ފެށި ފަހުންނެވެ.

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއާ އޭގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ވިއުގައަކުން ވަރަށް ބޮޑަށް ރޭވިގެން އިންތިޒާމުކޮށްގެންނެވެ. އެ ކަން ކުރަނީ ވަރަށް ބޮޑަށް ރޭވިގެން އެ މީހުންގެ ބޮލުގައި "ލާދީނީ ލޭބަލް" އަޅުވައިގެން ކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ.

އެ ކަން ކުރުމަކީ ނަފުރަތުގެ އަމަލެއްގެ ގޮތުގައި ހިމަނައިގެން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ފާސްނުކުރުމުން އެމަނިކުފާނު ސަރުކާރާ ދެކޮޅަށް ނުކުތުން ދިފާއުކޮށް ޕާޓީގެ އެކި ގުނަންތަކުން ދަނީ ބަޔާން ނެރެމުންނެވެ.

މި ކަމާ ގުޅިގެން ނަޝީދުގެ ވަރަށް އަރިހުގައި ކުރިން މަސައްކަތް ކުރެއްވި ރީކޯ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހް ދިފާއު ކުރައްވައިފައެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އިސް ލީޑަރަކީ މި ވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުން އެމަނިކުފާނާ ދެކޮޅަށް ބަޔާންތަކާއި ގަރާރުތައް ނެރުމަކީ އަސާސީ ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށެވެ.

"ކިތަންމެ ވަރަކަށް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތް ކަމަށް ދެއްކިޔަސް މިހާރު [އެ ބާރެއް] ނެތް،" ރީކޯ ލިޔުއްވާފައިވެއެވެ.

ނަޝީދު ވަނީ ރައީސް ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް ތާއީދު ކުރުން ހުއްޓާލަން ޖެހުނީ ނަފުރަތުގެ ބިލު ދިފާއު ކުރަން ސަރުކާރުން މަސައްކަތް ނުކުރުމުން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއާއެކު ކޯލިޝަން ހަދަން ނަޝީދު ހުށަހެޅުއްވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި އެ ޝައުގުވެރިކަމެއް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފިސްފިސް

  ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ބޯހަލާކު ކުރީގެރަ އީސް
  ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ބޯހަލާކު
  ކުރީގެރަ އީސް ކުރީގެރަ އީސް ކުރީގެރަ އީސް
  ކުރީގެރަ އީސް ކުރީގެރަ އީސް ކުރީގެރަ އީސް

  5
  2
 2. Anonymous

  ނަޝީދަކީ މާޒީ. އއެމްޑީޕީ އުފެއްދުމުގަ އެންމެ އިސްކޮށް އުޅުނު ގޯގޯ ލަތީފުމެން ޕާޓީ ދޫކޮށްލީ ވެސް ނަޝީދު ޕާޓީ ހިސާރުކޮށް ޕާޓީ އުފެއްދި މަގްސަދާ ރޫހާ ޚިލާފުވުމުން. ދެންވެސް ޕާޓީ ނެގެހެއްޓޭނީ ޕާޓީން ނަޝީދު ބޭރުކޮށްގެން. އެކަމަކު އެއއީ ޕާޓީގެ އާންމު މެންބަރުން ބޭނުންވާނެ ގޮތެއްނޫން.

  17
  2
 3. ސލ

  މޫސަ އެވިދާވި ވާހަކަ ފުޅަށް ތާ އީދު ކުރަމެވެ މޑޕ
  ގަ އި ނަސީދުގެ އާރެ އްވެސް ބާރެ އްވެސް ނެތެވެ. ކުތްޔަށް
  ހިފާފަ އި ތިބި މީހުންކޮޅު ފިޔަވަ އެވެ.

  21
  5
 4. hussain

  ކަލޯ މޮޔަވީތަ!! އެމްޑީޕީގާ 90% އޮތީ އަންނިގެ ބާރު އޭރުވެސް މިހާރުވެސް، ކޮސް ނޮގޮވާާ!! މިކަން ރީކޯޔައްވެސް މާރަގަޅައް އެގޭނެ... އެމްޑީޕީޔައް އަބަދުވެސް ހިދިކޮޅުތައް އައިސް ސާދާނެ މީއާކަމެއްނޫން. އެކަމަކު އަބަދުވެސް އެމްޑީގާ އޮންނާނީ އަންނިގެ ބާރު.. މިކަން ގަބޫލު ކުރިޔަސް ނުކުރިޔަސް މީ ރިއަލެޓީއަކީ!!

  9
  22
 5. އަހުމަދު

  މީނަމިހިރީ ފައިސާޔާ ހެދި މޮޔަވެފަތަ، ސަރުކާރުން ފައިސާދީގެން ނަޝީދު ފަހަތުން ދުވަން ހުރިމީހެއްތަ، މޫސައަކަށް އެމްޑީޕީއެއް މިހާރަކު ނޭގޭނެ. އެމްޑީޕީ ގްރާސްރޫޓް ދަންނަމީހެއްނޫން މިހާރުގެ ރައީސަކީ.

  13
  11
 6. ސައްލި

  ރީކޯ މޫސައަށް އަރާ ބާރެއް ނޭގޭ.މީނާއާއި އެމް.ޑީ.ޕީ.އާއި ކޮންކަމެއް.

  6
  3
 7. ނަސީ

  ސަރުކާރުން ޖޮބެއް ބޭނުންވީތަ