ދެކުނު އެންމެ ބޮޑު އެއް ސިޓީކަމަށްވާ ފުވައްމުލަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރާ ޕީސީއާރް މެޝިނެއް ބަހައްޓައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ކޮވިޑް ޓެސްޓު ހެދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އަަލަށް ބެހެއްޓު ޕީސީއާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުން ވެލިޑޭޝަން ހަދައި ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

އެ މެޝިން ބޭނުންކޮށްގެން 80 މީހުންގެ ޓެސްޓު ހެދޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރަމުން އައީ ޖީން އެކްސްޕާޓް މެޝިނުންނެވެ. އެ މެޝިނުން ޓެސްޓު ކޮންމެ ދުވަހަކުވެސް ޓެސްޓު ކުރެވެނީ ހަތަރު ސުންކެވެ.

ފުވައްމުލުގައި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ބަލިޖެހިގެން ފަރުވާހޯދަމުންދާ މީހުންގެ އަދަދު އުޅެނީ 52 ގައެވެ. އެންމެ ފަހުން ރިޕޯޓް ކޮށްފައިވަނީ ފަސް ވޭދަނައެވ. އާބާދީގައި 13،037 މީހުން އުޅެމުންދާ ފުވައްމުލަކު މިހާތަނަށް 819 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ބަލިން 768 މީހަކު ވަނީ ރަނގަޅުވެފައެވެ. މި ވަގުތު އެ ސިޓީގެ 720 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އެ ސިޓީގައި ކޮވިޑުން ދިފައުވާ ވެކްސިންގެ ފުރަތަމަ ޑޯޒް 5941 މީހަކު ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު އުޅެނީ 4352 ގައެވެ.