ކޮވިޑް-19އާ ގުޅިގެން މެއި އެއް ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ މޮނީޓަރިންގ ހާލަތު 80 ދުވަސް ފަހުން ނަގައިފިއެވެ.

ކޮވިޑާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މިއަދާއި ހަމައަށް ބަންދުކޮށްފައި އޮތީ ހިތަދޫ، މަރަދޫ މަރަދޫފޭދޫ، ފޭދޫއެެވެ،

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓާރު (އެޗްއީއޯސީ)ން ވިދާޅުވީ، އައްޑޫގެ ސިޓީގެ މި ރަށްތަކުގެ މޮނީޓަރިންގ ހާލަތު ނަގާފައިވާ ކަމަށެވެ.

މިއާއެކު މިހާރު މޮނީޓަރިންގ ހާލަތުގައި ހުރި ރަށްތަކުގެ އަދަދު އަރަނީ 14 އަށެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރެއާ ހަމައަށް އައްޑޫން 546 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އައްޑޫގައި ކޮވިޑްް ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު 70 އަށް އަރާއިރު، ފަހުން އެ ސިޓީން ކޮވިޑް ޖެހެމުންދިޔަ މީހުންނަކީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.